Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
2020: ކުޅިވަރުގެ ދާއިރާ

2020: ގިނަ މަޝްރޫއުތަކެއް ހިންގި ނަމަވެސް، ބޫޓު ބާލައި ގޭގައި ތިބެންޖެހުނު ހިތްދަތި އަހަރެއް

ކުޅިވަރުގެ ބަޖެޓުން 200 މިލިޔަނަށް ވުރެންވެސް ބޮޑު އެއްޗެއް އުނިކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2020 | ބުރާސްފަތި 07:41
އަހަރުގެ ފަހުކޮޅު ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން މާޒިޔާގެ ކުޅުންތެރިން

އަހަރުގެ ފަހުކޮޅު ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން މާޒިޔާގެ ކުޅުންތެރިން

2020 ވަނަ އަހަރަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގެ ކުޅިވަރު ހަރަކާތްތައްވެސް އެއްކޮށް މެދުކަނޑާލަން ޖެހުނު އަހަރެކެވެ. ކޮވިޑް-19 އާއެކު ތަސައްރަފުފުދިފައިވާ ބޮޑެތި ސަރަހައްދުތަކަށްވެސް ވަނީ މާލީ އެތައް ދަތިކަމެއް ކުރިމަތިވެފައެވެ. މި އަހަރު ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ގިނަ ޕްލޭންތަކެއް ހަދައި، ބަޖެޓް އެކުލަވާލި ނަމަވެސް، ކޮވިޑާއެކު ގިނަ މަޝްރޫއުތަކެއް ހުއްޓާލަންވެސް ޖެހުނެވެ. އެއާއެކުވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މުޅި ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ގިނަ މަޝްރޫއުތަކެއް ހިންގިތަނެވެ.

މި އަހަރު ކުޅިވަރަށް 500 މިލިޔަން ރުފިޔާގެ ބަޖެޓެއް ކުޅިވަރާ ބެހޭ ވުޒާރާއިން އެކުލަވާލި ނަމަވެސް، މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަނީ ކޮވިޑާއެކު އެ ބަޖެޓުން 200 މިލިޔަނަށް ވުރެންވެސް ބޮޑު އެއްޗެއް އުނިކުރަން ޖެހުނު ކަމަށް ވިދާޅުވެފައެވެ. މިހާރުވެސް ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި ގިނަ މަޝްރޫއުތަކުގެ ތެރޭގައި ކުޅިވަރުގެ ދާއިރާގެ މަޝްރޫއުތައް ހިމެނޭއިރު، ވަޒީރު ވިދާޅުވީ މި ހާލަތު ނައިނަމަ މި އަހަރު ކުޅިވަރުގެ އާއިލާއަށް ފެނިގެންދާނީ މުޅިން އެހެން މަންޒަރެއް ކަމަށެވެ.

ކޮވިޑާއެކުވެސް އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ ކުޅިވަރާ ބެހޭ ވުޒާރާއިން މީގެ ކުރިން ސޮއިކޮށްފައި ހުރި މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށްގެންދިޔުމެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، މި އަހަރުގެ ތެރޭގައި މި ސަރުކާރުން ވަނީ ހަތް ރަށެއްގެ ޓާފް ދަނޑުތައް ނިންމާފައެވެ. އަދި އަންނަ އަހަރު ނިމޭއިރު 20-25 ދަނޑުގެ މަސައްކަތް ނިމޭނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ބޮޑު ފުޓްބޯޅަ ދަނޑުގެ އިތުރުން މި އަހަރު މި ސަރުކާރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް ގިނަ ދަނޑުތަކެއް އަޅާފައެވެ. އެގޮތުން މިހާތަނަށް މި ސަރުކާރުން 58 ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. ފުޓްސަލް ދަނޑުތަކުގެ އިތުރުން މިދިޔަ އަހަރު ސޮއިކުރެވުނު މާލޭ ސްވިމިންގ ޓްރެކް ތަރައްގީކުރުމުގެ މަޝްރޫއުގެ ގިނަ މަސައްކަތްތައްވެސް ކޮށްފައިވަނީ މި އަހަރުއެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ޓްރެކް ހުޅުވުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުމުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް މި ސަރުކާރުން ބޮޑު ޚަރަދެއް ކޮށްފައިވާއިރު، މި އަހަރު ހަތަރު ރަށެއްގައި ވަނީ ސްވިމިންގ ޕްލެޓްފޯމުވެސް އަޅާފައެވެ.

މީގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝަނުގެ މުބާރާތްތައް މިއަދާ ހަމައަށް ބާއްވަމުން އައި އަދި އެތައް ބަޔަކު ބޭނުން ކުރަމުން އައި މާފަންނު ސްޓޭޑިއަމުގެ ޓްރެކް ސަރަހައްދުގައި ޒަމާނީ ސިންތެޓިކް ޓްރެކެއް ތަރައްގީކުރުމުގެ މަސައްކަތް ފެށީވެސް މި އަހަރުއެވެ. އަދި ގައުމީ ބިލިއާޑް ޓީމު ފަރިތަކުރުމަށާއި، ފުރަތަމަ ފަހަރަށް ދުނިޔޭގެ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް މާލޭގައި ބިލިއާޑް ފެސިލިޓީއެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ އިތުރުން، ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި މި އަހަރު މި ސަރުކާރުން ވަނީ ޕޫލް ބިލިއާޑް ހައުސްއެއްވެސް ގާއިމުކޮށްފައެވެ.

ރާއްޖޭގައި ދެވަނައަށް އެންމެ ފޯރިގަދަ ކުޅިވަރު ކަމަށްވާ ވޮލީބޯޅައަށް ބަލާއިރު، މުޅި ރާއްޖޭގައި ވޮލީބޯޅަ ފުޅާކުރުމުގެ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާއިން މި އަހަރު ވަނީ މިހާތަނަށް ތިން ރަށެއްގައި އައުޓްޑޯ ވޮލީބޯޅަ ކޯޓުތައް އަޅާފައެވެ. އަދި ދެ ރަށެއްގައި ކޯޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓަކާއި ހޭންޑްބޯޅަ ކޯޓެއް އެޅުމުގެ މަސައްކަތްވެސް މި އަހަރު ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ފަށާފައެވެ.

ކޮވިޑާއެކުވެސް ކުޅިވަރާ ބެހޭ ވުޒާރާއިން ގިނަ މަޝްރޫއުތައް ކުރިއަށްގެންދިޔަ ނަމަވެސް، މި އަހަރަކީ ރާއްޖެއަށް ކުޅިވަރުގެ ދާއިރާގައި ހިތާމަވެރި އަހަރެކެވެ. އެގޮތުން މިދިޔ އަހަރު ރާއްޖެއިން 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމުގެ ތާރީޚީ ބިޑް ކާމިޔާބުކުރި ނަމަވެސް، މި އަހަރުގެ ތެރޭގައި އެ ފުރުސަތު ވަނީ ރާއްޖެއަށް ގެއްލިފައެވެ.

ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ރާއްޖޭގައި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުން ހިމެނޭއިރު، މީގެ ކުރިން ވަނީ މި އަހަރު ބައިނަލްއަގުވާމީ ގިނަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށްވެސް ނިންމާފައެވެ. އެގޮތުން 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް ހޯސްޓް ކުރުމަށް ބިޑާއި އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް (އަންހެން ޑިވިޝަން) މުބާރާތް ރާއްޖޭގައި ހޯސްޓް ކުރުމަށް ބިޑް ކާމިޔާބުކޮށްފައިވީ ނަމަވެސް، އެ މުބާރާތްތައް މިހާރު ވަނީ ކޮވިޑާ ގުޅިގެން އަންނަ އަހަރަށް ފަސްކޮށްފައެވެ. އަދި ރާއްޖޭގައި ކުޅޭ ގިނަ މުބާރާތްތަކެއް މި އަހަރު ބޭއްވިފައެއް ނުވެއެވެ.

އުނދަގޫ އަދި އެހާމެ ދަތި އަހަރަކާ އަޅުގަނޑުމެން އައުލްވަދާއު ކިޔާއިރު، 2020 ވަނަ އަހަރަކީ ކުޅިވަރު ކުޅުންތެރިންނާއި ކުޅިވަރުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ ބޫޓު ބާލައި ގޭގައި ތިބެންޖެހުނު ހިތްދަތި އަހަރެކެވެ. ކޮވިޑުގެ އުނދަގޫ ހާލަތް މުޅި ދުނިޔެ ތަހަންމަލުކުރިއިރު، އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ދާއިރާއަށް ކުޅިވަރު ވެގެންދާނެއެވެ. މުޅި ދުނިޔޭގެ ތަފާތު ހިސާބުތަކަށް ބަލާއިރު އެތައް މިލިޔަން ރުފިޔާއަކަށް ކުޅިވަރުން ލިބުނު ގެއްލުން އަރާނެއެވެ. ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި މުޅި ކުޅިވަރުގެ އާއިލާއަށްވެސް މި ގެއްލުން އެތައް ގުނައެއް ބޮޑެވެ.

އެހެން ނަމަވެސް އައު އަހަރާ އަޅުގަނޑުމެންގެ ކުޅިވަރު އާއިލާ ކުރިމަތިލާފައި ވަނީ އުންމީދުތަކާއި އެކުގައެވެ. ކުޅިވަރުން ލިބުނު ގެއްލުމުން އަރައިގަނެ ކުޅިވަރުގެ ދާއިރާގެ ޗެމްޕިއަނުންތަކެއް 2021 ވަނަ އަހަރު އުފެދިގެންދާނެ ކަމުގެ ޔަގީންކަމާ އެކުގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

07 އެޕްރީލު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު