Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިސްކޯ ހޯދުމަށް މަސައްކަތްކުރުން

އިސްކޯ ހޯދުމަށް އާސެނަލުން މަސައްކަތްކުރަނީ

ރެއާލާއެކު އިސްކޯ ހަދާފައި އޮތް އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2020 | ބުދަ 14:08
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު އިސްކޯ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު އިސްކޯ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު އިސްކޯ ހޯދުމަށް އާސެނަލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 28 އަހަރުގެ އިސްކޯ ހޯދުމަށް އާސެނަލުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނިއިރު، ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްލަން އިސްކޯ ނިންމާފައިވާ ކަމަށް ސްޕެއިންގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ރެއާލް ދޫކޮށްލަން އިސްކޯ ބޭނުންވަނީ ޒިނެދިން ޒިދާނުގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން މަދުވުމާ ގުޅިގެންނެވެ. އެގޮތުން މި ސީޒަނުގައި މިހާތަނަށް ރެއާލުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އިސްކޯ ކުޅެފައިވަނީ އެންމެ ތިން މެޗެވެ. އެކަމަކު ރެއާލާއެކު އިސްކޯ ހަދާފައި އޮތް އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އާސެނަލުން މިހާރު އަންނަނީ ހަ މަސް ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން އިސްކޯ ހޯދުމަށް ރެއާލާއެކު މަޝްވަރާކުރަމުންނެވެ. ލޯނު އުސޫލުން އިސްކޯ ހޯދުމަށް އާސެނަލުން މަސައްކަތް ކުރަމުން އަންނައިރު، ރެއާލް މެޑްރިޑުގެ ސްޕެއިން މިޑްފީލްޑަރު ޑެނީ ސެބާޔޯސްވެސް އަންނަނީ ލޯނު އުސޫލުން އާސެނަލަށް ކުޅެމުންނެވެ.

އާސެނަލުގެ އިތުރުން ހުލެން ލޮޕެޓެގީ ކޯޗުކޮށްދެމުން އަންނަ ސެވިއްޔާއިންވެސް އިސްކޯ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި އިސްކޯ ހޯދުމަށް 15 މިލިޔަނާއި 20 މިލިޔަން ޔޫރޯގެ އަދަދެއް ޚަރަދުކުރުމަށް ސެވިއްޔާ އޮތީ ތައްޔާރަށް ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ވެލެންސިއާއިން ކެރިއަރު ފަށައި މަލާގާއަށްވެސް ކުޅުނު އިސްކޯ ރެއާލާ ގުޅުނީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 318 މެޗުގައި 51 ލަނޑު ޖަހާފައެވެ. އަދި ވަނީ ރެއާލާއެކު ސްޕެނިޝް ލީގު ދެ ފަހަރު، ސްޕެނިޝް ކަޕް އެއް ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގާއި ފީފާ ކުލަބު ވޯލްޑް ކަޕް ހަތަރު ފަހަރު އަދި ޔުއެފާ ސުޕަ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު