Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކޮމިއުނިޓީ އަރބަން ފާމިންގ

ކޮމިއުނިޓީ އަރބަން ފާމިންގ މަޝްރޫއުގެ ގުރުއަތު ނަގައިފި

29 ޑިސެމްބަރު 2020 | އަންގާރަ 11:04

ތިން ގިންތިއަކަށް ބަހާލާއިގެން ތިން ދަނޑުވެރިން އެކުލެވޭ ގްރޫޕުތަކުން 16 ގްރޫޕެއް ވަނީ ހޮވާފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 29 ޑިސެމްބަރު 2020 | އަންގާރަ 11:04
ކޮމިއުނިޓީ އަރބަން ފާމިންގ މަޝްރޫއުގެ ގުރުއަތު ނެގުން

ކޮމިއުނިޓީ އަރބަން ފާމިންގ މަޝްރޫއުގެ ގުރުއަތު ނެގުން

ހުޅުމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ރަށްވެހި ދަނޑުވެރިކަން ނުވަތަ ކޮމިއުނިޓީ އަރބަން ފާމިންގ މަޝްރޫޢުގެ ދަށުން ހުޅުމަލޭގައި ދަނޑުވެރިކަން ކުރަން ހުޅުވާލި ފުރުސަތަށް ކުރިމަތިލި ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިފައެވެ.

އެގޮތުން ހުޅުމާލޭ ގާޒީ ސްކޫލުގައި ބޭއްވުނު ގުރު ނެގުމުގެ ރަސްމިއްޔާތުގައި ވަނީ ތިން ގިންތިއަކަށް ބަހާލާއިގެން ތިން ދަނޑުވެރިން އެކުލެވޭ ގްރޫޕުތަކުން 16 ގްރޫޕެއް ހޮވާފައެވެ. ހުޅުމާލެ ނެއިބާހުޑް ތިނަކުން ޖުމްލަ 19،877.26 އަކަފޫޓު 16 ޕްލޮޓަށް ބަހާލައިގެން ހުޅުވާލި މިފުރުސަތުގައި 393 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ.

އަންހެނުނަށް ހާއްސަ ކެޓަގަރީއަށް 168 ބޭފުޅުން ފޯމު ލާފައިވާއިރު، "ޒުވާނުން އަދި ނުކުޅެދުންތެރިކަމެއް ހުންނަ" ފަރާތްތަކުގެ ކެޓަގަރީއަށް 78 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. އަދި "އެހެނިހެން" ކެޓަގަރީއަށް 147 ފޯމު ހުށަހަޅާފައިވެއެވެ.

މި ތިން ގިންތިއަށްވެސް ވަކި ގުރެއް ނެގުނުއިރު، ފުރަތަމަ ގުރު ނަގާފައިވަނީ "އަންހެނުންނަށް" ހާއްސަ ކެޓަގަރީންނެވެ.

މި ކެޓަގަރީން ވަނީ ހަ ގްރޫޕުގެ ނަމްބަރު ނަގާފައެވެ. "ޒުވާނުން އަދި ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކަށް ހާއްސަ "ކެޓަގަރީން ފަސް ގްރޫޕް ހޮވުނުއިރު، "އެހެނިހެން" ކެޓަގަރީންވެސް ވަނީ ފަސް ގްރޫޕް ހޮވާފައެވެ. މި ކެޓަގަރީގެ ގުރު ނަގާފައިވާއިރު، އެހެނިހެން، ޒުވާނުން އަދި ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީން ހޮވިފައިނުވާ ހުރިހާ ފަރާތްތަކެއްވެސް ހިމަނައިގެން ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުންވެސް ކޮންމެ ކެޓަގަރީ އަކުން ވެއިޓް ލިސްޓުގެ ގޮތުގައި އިތުރު ތިން ނަންބަރުވެސް ނަގާފައިވާ ކަމަށާއި އަދި މި މައުލޫމާތުތައއެޗްޑީސީގެ ވެބްސައިޓުގައި ހިމަނާފައިވާ ކަމަށް މައުލޫމާތުދެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ދަނޑުވެރިކަމުގެ ސިނާޔަތް ކުރިއަރުވައި، ދަނޑުވެރިކަމަށް އަހުލުވެރިކޮށް، އެ ދާއިރާއިން ގިނަ ބަޔަކު ބިނާކުރުން ކަމަށް އެޗްޑީސީން ބުނެއެވެ.

މާލެ ސަރަހައްދުގެ ތޮށްޖެހުން ކުޑަކޮށް ބޯހިޔާވެހިކަމަށް ދިމާވެފައިވާ ދަތިތަކަށް އެދެވޭ ހައްލެއް ހޯދުމުގެ ގޮތުން އެކުލަވަލާފައިވާ ހުޅުމާލެ މާސްޓަރ ޕްލޭނުގެ ދަށުން، ހުޅުމާލެ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އެގޮތުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ގިނަ ޕާކުތަކާއި ހުސް ޖާގަތަށް ވަނީ މި ޕްލޭނުގައި ހިމަނާފައެވެ.

އެގޮތަށް ހުންނަށް ހުސްޖާގަތަށް ހެޔޮގޮތުގައި ބޭނުންކޮށް، އަދި ކޮވިޑް19 ގެ ސަބަބުން މާލީގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ ފަރާތްތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އާމްދަނީ ލިބޭން ގޮތެއް ހޯދައިދިނުމަކީވެސް މި މަޝްރޫއުގެ އެންމެ މައިގަނޑު އެއް މަގުސަދެއް ކަމަށް އެޗްޑީސީން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

30 އޯގަސްޓު 2019

ކޮމިއުނިޓީ ފަންޑުގެ ދަށުން 5 ރަށަކަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދީފި

30 އޯގަސްޓު 2019
ކޮމިއުނިޓީ ފަންޑުގެ ދަށުން 5 ރަށަކަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދީފި
09 ޖޫން 2019

އީދު ކިހިނެއް؟: ގުރުއަތުން ހޮވުނު ފަރާތްތައް ބީއެމްއެލް އިން ހާމަކޮށްފި

09 ޖޫން 2019
އީދު ކިހިނެއް؟: ގުރުއަތުން ހޮވުނު ފަރާތްތައް ބީއެމްއެލް އިން ހާމަކޮށްފި
22 އެޕްރީލު 2019

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

22 އެޕްރީލު 2019
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
14 އެޕްރީލު 2019

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީ 5 ރަށަކަށް

14 އެޕްރީލު 2019
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީ 5 ރަށަކަށް
19 ފެބުރުއަރީ 2019

ބޭންކް އޮފް މޯލްޑިވްސް އިން 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހުކޮށްފި

19 ފެބުރުއަރީ 2019
ބޭންކް އޮފް މޯލްޑިވްސް އިން 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހުކޮށްފި
03 އޮކްޓޯބަރު 2017

ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ ގުރުއަތުނެގުން މިރޭ

03 އޮކްޓޯބަރު 2017
ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ ގުރުއަތުނެގުން މިރޭ
02 އޮކްޓޯބަރު 2017

"ޑިޕް އެންޑް ވިން" ޕްރޮމޯޝަންގެ ވީކްލީ ޕްލައިޒް ލިބޭ ފަރާތް ގުރުއަތުން ހޮވައިފި

02 އޮކްޓޯބަރު 2017
"ޑިޕް އެންޑް ވިން" ޕްރޮމޯޝަންގެ ވީކްލީ ޕްލައިޒް ލިބޭ ފަރާތް ގުރުއަތުން ހޮވައިފި
01 އޮކްޓޯބަރު 2017

ނޮވެލްޓީ ބުކް ފެއާ: ގުރުއަތުން ހޮވޭ ފަރާތަކަށް 11،111.11 ޑޮލަރު

01 އޮކްޓޯބަރު 2017
ނޮވެލްޓީ ބުކް ފެއާ: ގުރުއަތުން ހޮވޭ ފަރާތަކަށް 11،111.11 ޑޮލަރު
09 ޖުލައި 2017

ސިޓްރޯން"ރޯދަ ވެދުން"ގެ ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވައިފި

09 ޖުލައި 2017
ސިޓްރޯން"ރޯދަ ވެދުން"ގެ ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވައިފި
04 އެޕްރީލު 2017

ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ

04 އެޕްރީލު 2017
ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް