Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް

އިޤްތިޞާދީ، އަދި އިޖްތިމާޢީ މައްސަލަތަކުން ސަލާމަތްވެވޭނީ އެއްބައިވަންތަކަން އިސްކޮށްގެން: ނައިބު ރައީސް

28 ޑިސެމްބަރު 2020 | ހޯމަ 02:04

ދިވެހި ހުރިހައި ފަރުދުން ވެސް މިއަދު ކުރައްވަމުން ގެންދަވަނީ ނަމޫނާ މަސައްކަތްތަކެއް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 28 ޑިސެމްބަރު 2020 | ހޯމަ 02:04
ނައިބު ރައީސް ފައިސަލް ނަސީމް، ގއ ވިލިނގިލީގައި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ނައިބު ރައީސް ފައިސަލް ނަސީމް، ގއ ވިލިނގިލީގައި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން

މިއަދު ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ، އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތަކުން ސަލާމަތްވެވޭނީ އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކޮށް، އަދާވާތްތެރިކަމާއި ނަފްރަތުން ދުރުހެލިވެގެން ކަމުގައި ވިދާޅުވެ، އެކުގައި މަސައްކަތް ކުރުމުގެ ރޫޙު ކުރިއަށް ނެރުމަށް ކޮންމެ ދިވެހި ރައްޔިތަކުވެސް ޢަޒުމް ކަނޑައަޅައި މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މި ކަމަށް ގޮވާލައްވައި ވާހަކަފުޅު ދައްކަވާފައި ވަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި އާދިއްތަ ދުވަހުގެރޭ ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މީގެ 15 އަހަރުކުރިން އަޅުގަނޑުމެންނާ ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިޘާގެ ހަނދާންތައް އައުކުރައްވާ، އެ ކަޅު، އަނދިރި، ނާމާން ދުވަހު އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ފުރާނަތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށާއި، އެ ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ނައިބު ރައީސް ދުޢާ ދެންނެވިއެވެ. އަދި، އެ ކާރިޘާއާ ގުޅިގެން ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމާއި، އެކުވެރިކަމުގެ ރިވެތި ނަމޫނާއަށް އެމަނިކުފާނު ތަޢުރީފު ކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ނައިބު ރައީސް ވިދާޅުވީ، އަޅުގަނޑުމެން މިއަދު އިސްކުރަންވީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު ކަމުގައެވެ. އަދި، އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، ސުލޫކު ހެޔޮ ދަރިންތަކެއް ބިނާކުރެވޭނީ، އަދި ތަރައްޤީ ހާސިލުކުރެވޭނީ، އަދި އަމާން ޤައުމެއް ކަށަވަރު ކުރެވޭނީވެސް އެކުވެރިކަމާއި އެއްބައިވަންތަކަށް އިސްކޮށްގެން ކަމުގައެވެ.

އެކި ޚިޔާލުތަކާއި ވިސްނުންތަކަށް ފުރުޞަތުދިނުމުގެ މުހިންމުކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ޚިޔާލު ތަފާތުވުމުގެ ބޭނުމަކީ ރަނގަޅު، ބިނާކުރަނިވި އަދި ފައިދާކުރަނިވި ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރުން ކަމުގައެވެ. ނަމަވެސް، ޚިޔާލު ތަފާތުވުމަކީ އަނިޔާވެރިކަމާއި ދެކޮޅުވެރިކަމަށް ދެވޭ ފުރުޞަތަކަށް ނުހެދުމަށާއި، އިންސާފުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކާއަށް އިޙްތިރާމް ކުރުމުގެ ރިވެތި އާދަތައް އިސްކުރުމަށް މަސައްކަތް ކުރުމަށް ވެސް އެ މަނިކުފާނު ދިވެހިރައްޔިތުންނަށް ގޮވައިލެއްވިއެވެ.

މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް އަދި އިޖްތިމާޢީ ގޮތުން ކުރިމަތިވެފައިވާ ހާލަތުގެ މައްޗަށް ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނާއި، ދިވެހި ހުރިހައި ފަރުދުން ވެސް މިއަދު ކުރައްވަމުން ގެންދަވަނީ ނަމޫނާ މަސައްކަތްތަކެއް ކަމުގައެވެ. އަދި، އަޚުވަންތަކަށް އިސްކޮށްގެން ނޫނީ، މިހާރު ކުރިމަތިވެފައި އޮތް ހާލަތުން އަރައި ނުގަނެވޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ޤައުމީ ތަރައްޤީގެ ދާއިރާއިން ސަރުކާރުން ހޯދަމުންދާ ކުރިއެރުންތަކަށް ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވިއެވެ. މި މަސައްކަތްތަކަކީ، އެ މަނިކުފާނު ސިފަކުރައްވާ ގޮތުގައި، ދިވެހި ހުރިހާ ރައްޔިތުންގެ އަޑު އަހާ، އެންމެންގެ ބައިވެރިވުމާއި، އެހީތެރިކަމާއެކު ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެކެވެ. އަދި، އެކަން އެ ގޮތަށް ކުރުމަކީ ސަރުކާރުގެ މައި ސިޔާސަތެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ތަރައްޤީއާ ތަމަންދުން ހޯދައިދިނުމަށް ސަރުކާރުން ކޮށްފައިވާ، އަދި މިހާރު ވެސް ކުރަމުންދާ، މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާފައެވެ.

މި ޖަލްސާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅު ނިންމަވައިލެއްވީ ހެޔޮ ކަންކަމަށް ގޮވައިލާ، އެ ފަދަ ކަންކަމަށް ބާރުއަޅާ ބަޔަކަށްވުމަށް އެންމެން ވެސް މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ. މި ގޮތުން، ތަރައްޤީއަށް ހުރަސްއެޅޭ ފަދަ އަމަލުތަކުން ދުރުހެލިވެ، އަޅުގަނޑުމެންނަކީ ދިވެހި ދަރިންނަށް ނަމޫނާ ދައްކާ، އެކުގައި މަސައްކަތް ކޮށްގެން ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރި، ފާގަތި ޤައުމެއް ބިނާކޮށްދޭނެ ބަޔަކަށްވުމަށް ޢަޒުމް ކަނޑައަޅައި މަސައްކަތް ކުރުމަށް އެ މަނިކުފާނު ގޮވައިލެއްވިއެވެ.

ނައިބު ރައީސް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެ ވަޑައިގަންނަވައެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި ވިލިނގިއްޔަށް ލިބުނު ގެއްލުމާއި، އެ ކާރިޘާއާ ގުޅިގެން އެ ރަށުގެ ރައްޔިތުން ދައްކައިދިން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ރޫޙު ދައްކުވައިދޭ ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއް މި ޖަލްސާގައި ދައްކާލާފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2019

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް ފަތުހުﷲ އާއި ނާޝިދުގެ ނަން އިޤްތިޞާދީ ކޮމިޓީއަށް ފޮނުވައިފި

14 އޮކްޓޯބަރު 2019
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް ފަތުހުﷲ އާއި ނާޝިދުގެ ނަން އިޤްތިޞާދީ  ކޮމިޓީއަށް ފޮނުވައިފި
05 އޮކްޓޯބަރު 2019

ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކްލަބްތަކާއި ޖަމިއްޔާތަކަށް މިނިސްޓްރީން ގޮވާލައިފި

05 އޮކްޓޯބަރު 2019
ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކްލަބްތަކާއި ޖަމިއްޔާތަކަށް މިނިސްޓްރީން ގޮވާލައިފި
20 ސެޕްޓެމްބަރު 2019

ދިވެހިންގެ ތެރޭގައި އޮތް ދީނީ އެއްބައިވަންތަކަން ނަގާ ނުލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި

20 ސެޕްޓެމްބަރު 2019
ދިވެހިންގެ ތެރޭގައި އޮތް ދީނީ އެއްބައިވަންތަކަން ނަގާ ނުލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި
20 ސެޕްޓެމްބަރު 2019

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ: ނައިބު ރައީސް

20 ސެޕްޓެމްބަރު 2019
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ: ނައިބު ރައީސް
28 އޯގަސްޓު 2019

އިޖްތިމާޢީ ސިއްހީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީޤު ކުރައްވައިފި

28 އޯގަސްޓު 2019
އިޖްތިމާޢީ ސިއްހީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީޤު ކުރައްވައިފި
28 އޯގަސްޓު 2018

ފެއިލް ވެފައިވާ ސިޔާސަތެއްގެ ގޮތުގައި ޔާމީންގެ އިޤްތިޞާދީ ސިޔާސަތު ކިޔަވައިދޭނެ: އަމީން

28 އޯގަސްޓު 2018
ފެއިލް ވެފައިވާ ސިޔާސަތެއްގެ ގޮތުގައި ޔާމީންގެ އިޤްތިޞާދީ ސިޔާސަތު ކިޔަވައިދޭނެ: އަމީން
13 ޖޫން 2018

މޭމަހު ޖެންޑާއަށް ހުށައެޅި މައްސަލަތަކުން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް!

13 ޖޫން 2018
މޭމަހު ޖެންޑާއަށް ހުށައެޅި މައްސަލަތަކުން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް!
19 ނޮވެމްބަރު 2017

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ރާއްޖެ އަށް ދަނީ އިޤްތިޞާދީ ގެއްލުންތަކެއް ލިބެމުން:ޖެންޑާ މިނިސްޓަރު

19 ނޮވެމްބަރު 2017
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ރާއްޖެ އަށް ދަނީ އިޤްތިޞާދީ ގެއްލުންތަކެއް ލިބެމުން:ޖެންޑާ މިނިސްޓަރު
05 އޯގަސްޓު 2017

ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ގުޅިފައި ވަނީ ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާ: ނައިބު ރައީސް

05 އޯގަސްޓު 2017
ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ގުޅިފައި ވަނީ ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާ: ނައިބު ރައީސް
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް