Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަރުޝަދު އަޝްރަފް

ލީޑަރުންގެ ލީޑަރުގެ ގޮތުގައި އަރުޝަދު ކުރަނީ ނަމޫނާ މަސައްކަތްތަކެއް!

ދަރުމަވެރި މަސައްކަތަށް އަރުޝަދު އެންމެ ފުރަތަމަ ނުކުތީ ރަށުގައި އުޅުނު ދުވަސްވަރު

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2020 | ހުކުރު 10:13
އަރުޝަދު އަޝްރަފް، ލީޑަރުން ބިނާ ކުރުމުގައި އަރުޝަދު އަންނަނީ ނަމޫނާ ދައްކަމުން

އަރުޝަދު އަޝްރަފް، ލީޑަރުން ބިނާ ކުރުމުގައި އަރުޝަދު އަންނަނީ ނަމޫނާ ދައްކަމުން

ހއ. ހޯރަފުށްޓަށް އުފަން އަރުޝަދު އަޝްރަފަކީ ޒުވާނުންނަށް ނަމޫނާއެކެވެ. ހާއްސަކޮށް މުޖުތަމައަށް ޒުވާން ލީޑަރުން ނެރެދިނުމާއި، ޒުވާނުން ބާރުވެރި ކުރުމުގައި އަރުޝަދުގެ މަސައްކަތަކީ ނަމޫނާ މަސައްކަތްތަކެކެވެ. މީގެ އިތުރުން އަރުޝަދަކީ ދަރުމަވެރިކަމަށް ބާރު އަޅާ، ދަރުމަވެރިންގެ މަސައްކަތްތަކަށް ޒުވާނުން ނެރެދީފައިވާ ހުނަރުވެރިއެކެވެ.

ދަރުމަވެރި މަސައްކަތަށް އަރުޝަދު އެންމެ ފުރަތަމަ ނުކުތީ ރަށުގައި އޭނާ އުޅުނު ދުވަސްވަރެވެ. މި މަސައްކަތްތަކުގެ ތެރެއަށް ނުކުމެވުނު ދޮރަށް ވެގެންދިޔައީ އުފަން ރަށުގައި ހިނގަމުންދިޔަ ތަފާތު އިޖުތިމާއީ ހަރަކާތްތަކެވެ. މިފަދަ ހަރަކާތްތަކުގައި ޝައުގުވެރިކަމާއެކު ބައިވެރިވުމީ އަރުޝަދަށް ލިބުނު ބޮޑު އުފަލަކަށްވެގެންދިޔައެވެ. މީގެ ތެރޭގައި ރަށު ލެވެލްގައި އާއި ގައުމީ ލެވަލްގައި ބޭއްވުނު ހަރަކާތްތަކުގައި އަރުޝަދުގެ ދައުރު ބޮޑެވެ.

އާންމުންގެ އެއް ބަޔަކަށް އަރުޝަދު އެނގިގެންދަނީ މަދަރުސާއެއްގެ ޕްރިންސިޕަލެއްގެ ގޮތުގައެވެ. އަރުޝަދަކީ މާފަންނު މަދަރުސާގެ ކުރީގެ ޕްރިންސިޕަލެވެ. ތައުލީމީ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކޮށްފައިވާ އަރުޝަދު ގިނަ ދުވަސްތަކެއް ވާންދެން ތައުލީމީ ދާއިރާއަށް ޚިދުމަތް ކުރެއްވިއެވެ. އެއަށްފަހު ދާއިރާ ބަދަލުކޮށް އަރުޝަދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައެވެ.

ހަމަ އެހެންމެ، އަރުޝަދު ދެން ފާހަގަވެގެންދިޔަ އަނެއް ތަނަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އެވެ. އެގޮތުން 2013 ވަނަ އަހަރު އެމްއެންޔޫ އާއި ގުޅުމަށްފަހު އަރުޝަދު ފާހަގަވެގެންދިޔައީ ދަރިވަރުންނާއި ލެކްޗަރާއިންގެ ލޯބި ހޯދި ދަރިވަރެއްގެ ގޮތުގައެވެ.

"ރާއްޖެ.އެމްވީ" އަށް ދިން ހާއްސަ އިންޓަރވިއުގައި އަރުޝަދު ވަނީ އޭނާ ޔުނިވަރސިޓީ ހަޔާތް ވަރަށް ތަފްސީލު ގޮތެއްގައި ކިޔައިދީފައެވެ. އެގޮތުން 2013 ވަނަ އަހަރު އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަނާއި ގުޅުމަށްފަހު ޔުނިވަރސިޓީގައި ބޭއްވޭ ތަފާތު ހަރަކާތްތަކުގައި ވެސް އަރުޝަދު ކުރީ ސަފުގައި ފެނިގެން ދިޔައެވެ. އަދި ހަމަ އެހެންމެ ގައުމީ ޔުނިވަރސިޓީގެ ކައުންސިލްގައި ދަރިވަރުން ތަމްސީލުކުރާ މެންބަރުގެ ގޮތުގައި 2017 ވަނަ އަހަރު އަރުޝަދު މަސައްކަތްކުރިއެވެ.

އަރުޝަދު ބުނީ ޔުނިވަރސިޓީ ހަޔާތުގައި އިސްވާރުން މުޖުތަމައަށް ނެރެދިނުމުގެ ހިޔާލު އޭނާއަށް ދިނީ އޭރު ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން ކަމުގެ މަގާމުގައި ހުންނެވި ޝާމިލާ މިސް ކަމަށެވެ. އެގޮތުން ޝާމިލާ މިސްގެ އެދިލެއްވުމަށް އަރުޝަދު ވަނީ ފުރިހަމައަށް ބޯލަނބައި ޝާމިލާ މިސް ދެއްކެވި މަގުން ހިނގައިފައެވެ.

ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ހަރަކާތްތެރި އަދި އެންމެ މެންބަރުން ގިނަ މަދަނީ ޖަމިއްޔާ ކަމަށްވާ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ރައީސް ކަމުގެ މަގާމާއި އަރުޝަދު ހަވާލުވީ 2018 ވަނަ އަހަރުގައެވެ. މަގާމާއި ހަވާލުވުމަށްފަހު ޔޫނިއަން އެހެން ހަރުފަތަކަށް އަރުޝަދު ގެންގޮސްދިން ކަމީ ޔޫނިއަންގެ ހުރިހާ މެމްބަރުން ހެކިވާނެ ކަމެކެވެ.

އަރުޝަދު ބުނީ ޔޫނިއަންގެ ރައީސް ކަމަށް ކުރިމަތިލާން ނިންމީ، ޔޫނިއަން ހިންގާ ކޮމިޓީގެ މަގާމެއް ނެތި ޔޫނިއަންގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ގަބޫލުކުރެވުނު ހިސާބުން ކަމަށެވެ. އަދި އޭރު ޔޫނިއަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަލީ ރަޝީދާއި މަޝްވަރާ ކުރުމަށްފަހު އަލީ ރަޝީދުގެ ލަފާގެ މަތިން ކަމަށެވެ. އަރުޝަދު އިތުރަށް ބުނީ ޔޫނިއަންގެ ރައީސް ކަމަށް އައި އެންމެ ކާމިޔާބު ރައީސް އަކީ އޭނާ ކަމަށް ނިންމާނީ ޔޫނިއަންގެ މެމްބަރުން ކަމަށެވެ.

ޔޫނިއަންގެ ރައީސް ކަމުގައި ހޭދަކުރެވުނު ދުވަސްވަރަކީ ކާމިޔާބު ދުވަސްތަކެއް ކަމަށް ބުނަމުން އަރުޝަދު ބުނީ ޔޫނިއަންގެ ރައީސް ކަމުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރެވުނީ އޭނާގެ ފަހަތުގައި ކުޅަދާނަ ހިންގާ ކޮމެޓީއެއް އޮތުމުން ކަމަށެވެ. އަދި ޔޫނިއަންގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ އަރުޝަދާއިއެކު ހިންގާ ކޮމެޓީގައި މަސައްކަތް ކުރި ތިން ބޭފުޅުން ޔޫނިއަންގެ ރައީސް ކަމަށް އައިސްފައި ވުމުން ކަމަށް އަރުޝަދު ބުންޏެވެ. އަދި އޭގެ ތެރެއިން ޝާންގެ ރައީސް ކަމުގައި އޭނާއަށް ވުރެ ފުރިހަމަ މަސައްކަތެއް ކޮށްފައިވާކަމަށް އަރުޝަދު ބުނެއެވެ. އަދި އަރުޝަދު ވަނީ އޭނާގެ ފަހުން ޔޫނިއަންގެ ރައީސްކަމާއި ހަވާލުވި ތިން ބޭފުޅުންނަށް ތައުރީފު ކުރައްވާފައެވެ.

އެމްއެންޔޫގެ އިތުރުން ހޯމް މިނިސްޓްރީއިން އުފައްދާފައިވާ ޔޫތް ލީޑަރސް ނެޓްވޯކް (ވައިއެލްއެން)ގައި ވެސް އަރުޝަދު ކާމިޔާބު ދުވަސްތަކެއް ވަނީ ހޭދަ ކޮށްފައެވެ. އަރުޝަދަކީ ވައިއެލްއެން އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ފަރާތެއް ކަމަށްވާއިރު، މި ނެޓްވޯކްގެ އިންތިގާލީ ހިންގާ ކޮމިޓީގައި ވެސް އަރުޝަދު މަސައްކަތް ކުރެއްވިއެވެ. އަދި އޭގެ ފަހުން ވައިއެލްއެންގެ ތަރުޖަމާނެއްގެ މަގާމު އަދާކުރެއްވިއިރު، 2018 ވަނަ އަހަރު އެމްއެންޔޫއެސްޔޫގެ ރައީސްކަމުގެ ބުރަ މަސްއޫލިއްޔަތުވެސް އަދާކުރައްވަމުން އަރުޝަދު ވަނީ ވައިއެލްއެންގެ ރައީސްކަންވެސް ކުރައްވާފައެވެ. އަރުޝަދުގެ ރައީސްކަމުގެ ދަށުން ވައިއެލްއެން އިން ވަނީ ޒުވާން ލީޑަރުން އުފެއްދުމާއި، ޒުވާނުން ބާރުވެރި ކުރުމުގެ ގޮތުން ގައުމީ ލެވެލްގައި ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައިއެލްއެން ފޯރަމްތަކެއް ބޭއްވުން ހިމެނެއެވެ. މި ފޯރަމުގެ ޒަރިއްޔާއިން އުފެދުނު އެތަކެއް ލީޑަރުންތަކެއް މިއަދުވެސް ރަށު ފެންވަރުގައާ ގައުމީ ފެންވަރުގައި ހަރަކާތްތެރިވަމުން އާދެއެވެ.

މީގެ އިތުރުން ރެޑްކްރޮޝެންޓްގައި ދަރުމަވެރިކަމަށް އެތަކެއް ހިދުމަތްތަކެއް އޭނާ ކޮށްފައިވާއިރު ރެޑްކްރޮސެންޓް މާލޭ ބްރާންޗްގެ މެނޭޖަރު މުހައްމަދު އަދީލް ފާހަގަކުރާ ގޮތުގައި އަރުޝަދަކީ އެންމެނާއި ގުޅޭ ހިތްހެޔޮ ފަރާތެކެވެ. އަދީލް ވިދާޅުވީ އަރުޝަދު އެންމެ ފުރަތަމަ ފާހަގަވެގެން ދިޔައީ ހޯރަފުށްޓަށް ރެޑްކްރެސެންޓްގެ ފަރާތުން ކުރި ދަތުރެއްގައި ކަމަށާއި، އެދަތުރުންވެސް އޭނާގެ ލީޑަރޝިޕް ކޮލެޓީ ފެނިގެންދިޔަ ކަމަށެވެ. އެފަހުން މިއަހަރު މުޅި މާލެ ލޮކްޑައުން ކުރިއިރު ހޯމް މިނިސްޓްރީގެ ފަރާތުން ރެޑްކްރެސެންޓުން ބަލަހައްޓަމުން ގެންދިޔަ އައިސީޕީ ތަކަށް ވެދިން އެހީ ފާހަގަކުރަން ޖެހޭ ކަމަށް އަދީލް ވިދާޅުވިއެވެ. އަދި އަމިއްލަ އަށް އިސްނަގައިގެން އަރުޝަދުގެ ބިޒީ ޝެޑިއުލްއިން ވަގުތު ހުސްކޮށް އައިސީޕީ ތަކުގައި ހާލަތު ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިޔަ ކަމަށް އަދީލް ވިދާޅުވިއެވެ.

ރާއްޖެ އެމްވީއިން އެދެނީ އަރުޝަދު ކުރާ މަސައްކަތުގައި އިތުރު ކުރިއެރުން އޭނާއަށް ލިބުމަށެވެ. އަރުޝަދަކީ ލީޑަރެއްގެ ހުންނާނެ އެންމެ ރިވެތި އެއް ސިފަކަމަށްވާ އިތުރު ލީޑަރުން ތަމްރީނުކުރުމުގެ ރިވެތި ސިފަ ލިބިފައިވާ ފަރާތެކެވެ. އަދި އަރުޝަދުގެ ފަރާތުން މުޖުތަމައަށް ފައިދާކުރާނެ އިތުރު ލީޑަރުން އުފައްދާނެ ކަމާމެދު ރާއްޖެ އެމްވީއިން ޝައްކެއް ނުކުރަމެވެ....

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޖާ މުސްލިމުން ކަތިލާ ހުސް ކުރަނީ.. މުސްލިމް އުއްމަތް ކޮބާ؟

ރޮހިންޖާ މުސްލިމުން ކަތިލާ ހުސް ކުރަނީ.. މުސްލިމް އުއްމަތް ކޮބާ؟

03 ސެޕްޓެމްބަރު 2017
މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު