Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޓްލަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް

ބަޓްލަރުން ތަމްރީނުކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި

ބަޓްލަރ ޕްރޮފެޝަނަށް ދިވެހިންގެ ޝައުޤުވެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ޑިސެމްބަރު 2020 | ބުރާސްފަތި 14:05
ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް ބަޓްލަރ އެކަޑަމީއާ ދެމެދު ބަޓްލަރުން ތަމްރީނުކުރުމުގެ އެމްއޯޔޫގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް ބަޓްލަރ އެކަޑަމީއާ ދެމެދު ބަޓްލަރުން ތަމްރީނުކުރުމުގެ އެމްއޯޔޫގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާނެ ދިވެހި ބަޓްލަރުން ތަމްރީނުކުރުމުގެ އެމްއޯޔޫއެއްގައި ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް ބަޓްލަރ އެކެޑެމީއާ ދެމެދު ސޮއިކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޑިރެކްޓަރ އަދި އެކްޓިންގ ޕަރމަނެންޓް ސެކްރެޓަރީ އަލީ ޝިނާނެވެ. އަދި މޯލްޑިވްސް ބަޓްލަރ އެކެޑެމީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ މުޙައްމަދު ޔަމާނީއެވެ.

ބުރާސްފަތި ދުވަހު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ބަޓްލަރ އެކެޑެމީގެ ސަރޓިފިކެޓް އެންޑޯސްކޮށްދޭނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ބަޓްލަރުން ތަމްރީނުކުރުމާ ގުޅޭ ކަންތައްތަކުގައި ޓޫރިޒަމް މިނިސްޓްރީއަށް މޯލްޑިވްސް ބަޓްލަރ އެކެޑެމީގެ އެހީތެރިކަން ފޯރުކޮށް ދިނުމާއި، ރާއްޖޭގެ ބަޓްލަރ ޓްރެއިނިންގ ކޯސް ހިންގުމާއި، ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ބަޓްލަރ ޕްރޮފެޝަނަށް ދިވެހިންގެ ޝައުގުވެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވުނު އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަޓްލަރ ޓްރެއިނިންގ ޕްރޮގްރާމަކީ ރާއްޖެއަށް ވަރަށް މުހިންމު ޕްރޮގްރާމެއް ކަމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. މައުޞޫމް ފާހަގަކުރެއްވިއެވެ. އަދި ބަޓްލަރ ވަޒީފާއަކީ ހުނަރުވެރި، ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއަކަށް ވާތީވެ، އެކަމަށް ގިނަ ދިވެހިން ކުރިމަތިލާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ބަޓްލަރ އެކެޑެމީގެ ޑިރެކްޓަރ މުޙައްމަދު ޔަމާނީގެ ވާހަކަފުޅުގައި އަމިއްލަ ފަރާތްތަކަށް ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ހިންގޭ މިފަދަ ޕްރޮގްރާމުތަކުން ދިވެހިންނަށް ވަޒީފާގެ ކުރިއެރުން ލިބުމުގެ ފުރުސަތު ބޮޑުވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ބަޓްލަރުންނަށް ވަރަށް ޑިމާންޑް އަދި ސްކޯޕް ބޮޑު ކަމަށާއި، ބަޓަލަރުންގެ ބައިނަލްއަގުވާމީ ފެންވަރަށް ރާއްޖޭގެ ބަޓަލަރުން ގެންދަން ބޭނުންވާ ކަމަށެވެ.

މަތީ ފެންވަރުގެ ރިޒޯޓުތަކުގައި ގެސްޓުންނަށް ޚިދުމަތް ދިނުމުގައި ބަޓުލަރުން ބޭނުންކުރުމަކީ މިފަހަކަށް އައިސް ވަރަށް މަގުބޫލުކަމެކެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

ރާއްޖެ ޓީވީގެ ކުރުފިލްމް ފެސްޓިވަލްގެ ޖަޖުންނާ އެކު ސޮއިކޮށްފި

11 މެއި 2017
ރާއްޖެ ޓީވީގެ ކުރުފިލްމް ފެސްޓިވަލްގެ ޖަޖުންނާ އެކު ސޮއިކޮށްފި
28 އެޕްރީލު 2017

ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކޮށްފި

28 އެޕްރީލު 2017
ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކޮށްފި
27 އެޕްރީލު 2017

ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި

27 އެޕްރީލު 2017
ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި
18 އެޕްރީލު 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއިކޮށްފި

18 އެޕްރީލު 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއިކޮށްފި
17 އެޕްރީލު 2017

ލައިފް ސްކިލްސް ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ އިތުރު ބުރެއް ފަށައިފި

17 އެޕްރީލު 2017
ލައިފް ސްކިލްސް ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ އިތުރު ބުރެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު