Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނި ނެގުމުގެ ޚިދުމަތަށް ބަދަލު ގެނައުން

ވެމްކޯއިން ދެމުންދާ ކުނި ނެގުމުގެ ޚިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމައިފި

24 ޑިސެމްބަރު 2020 | ބުރާސްފަތި 10:29

މެންދުރުގެ ވަގުތު މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދާއި، އާންމުން ގިނަ އަދަދަކަށް ހަރަކާތްތެރިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޑިސެމްބަރު 2020 | ބުރާސްފަތި 10:29
ވެމްކޯގެ މުއައްޒަފުން ކުނި ނެގުމުގެ ތެރެއިން

ވެމްކޯގެ މުއައްޒަފުން ކުނި ނެގުމުގެ ތެރެއިން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ން ދެމުންގެންދާ ކުނި ނެގުމުގެ ހިދުމަތްތަކަށް ބަދަލު ފެނައުމަށް ނިންމާފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ވެމްކޯއިން ބުނީ ކޮވިޑް-19 އާއި ގުޅިގެން ފުރަމާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާއި، ކާފިއުގެ ވަގުތަށް ގެނެވުނު ބަދަލަށް ރިޢާޔަށްކުރުމަށްފަހު، މާލެ ސިޓީ ކައުންސިލްގެ އިސްނެގުމަކަށް މާލޭ ސިޓީގެ ގޭބިސީތަކަށް ފޯރުކޮށްދެމުންދާ ކުނި ނެގުމުގެ ޚިދުމަތްތަކަށް ބަދަލުގެނައުމަށް ނިންމާފައިވާކަމަށެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ ކުނި ނެގުމުގެ މަސައްކަތް މިހާރު ފޯރުކޮށްދެމުންދާ މެންދުރުގެ ވަގުތަކީ، މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދާއި، އާންމުން ގިނަ އަދަދަކަށް ހަރަކާތްތެރިވާ ވަގުތެއްކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ހަމަ މިއާއިއެކު، ކުނި ބޭލުމަށް ހަމަޖެހިފައިވާ ވަގުތުތައް ފިޔަވައި އެހެންވަގުތު ތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ކުނި ގިނަ އަދަދަކަށް ޖަމާކޮށްފައި ހުންނަ މައްސަލަ އާއްމުވަމުން ދާކަމަށްވެސް އާދަމް ވިދާޅުވިއެވެ. ވުމާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިދިނުމަށް މަޝްވަރާކުރަމުންދިޔުމާއި އެކު، ވެމްކޯގެ އޮޕަރޭޝަނަށް ބަދަލުތައް ގެނެއައުމަށް ނިންމާފައިވާކަން އާދަމް ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން 11 ޖަނަވަރީ، 2021 އިން ފެށިގެން ވެމްކޯގެ ހައުސްހޯލްޑް ޔުނިޓްއިން މާލޭ ސިޓީގެ ގޭބިސީތަކުން ކުނި ނެރެންވާނީ 22:00 އިން 00:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށް ވެމްކޯއިން ވަނީ ހާމަކޮށްފައެވެ. އަދި އައު އުސޫލަށް އަމަލުކުރަން ވާނީ ފުރަމާލެ ސަރަހައްދުގެ ތެރެއިން، މާލެ ސިޓީގެ ގޭބީސީތައް އެކަނި ކަމަށާއި ވެމްކޯއިން ޚިދުމަތްތައް ފޯރުކޮށްދޭނީ ކުރިއެކޭވެސް އެއްފަދައިން ޢިމާރާތުގެ ބޭރުން، ދޮރުމަތިންކަމަށް އެ ކުންފުނިން ބުނެއެވެ.

ވެމްކޯއިން އިތުރަށް ބުނީ ވެމްކޯގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނެގުމަށް ހަމަޖެހިފައި ނުވާކަމަށާއި ސަރުކާރުގެ ފަރާތުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދީފައިވީ ނަމަވެސް، މިހާލަތުގައި ވެސް ރައްކާތެރި ގޮތުގައި ކުނި ބަންދުކުރުމަށާއި އެންގިފައިވާ ވަގުތުގައި ކުނި ބަންދުކޮށްފައި ނެރުމަށް އިލްތިމާސްކުރާކަމަށެވެ. އަދި މިފަދައިން އަމަލުނުކޮށް، އިތުރު ވަގުތުގައި މަގުތަކަށް ކުނި ނެރޭނަމަ، މަގުތައް ގޮނޑުވުމުގެ މައްސަލައަށް އެދެވިގެންވާ ފަދަ ހައްލެއް ނުލިބޭނެ ކަމަށް ބުނެ އެކަން އެގޮތަށް ނުކުރުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

03 ޖޫން 2017

އައިސީޔޫގައި ފަރުވާ ދެމުންދާ ތިން މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުން: އޭޑީކޭ

03 ޖޫން 2017
އައިސީޔޫގައި ފަރުވާ ދެމުންދާ ތިން މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުން: އޭޑީކޭ
30 މެއި 2017

މާލޭ ލުއި ޖަލަށް ރޯދަ ވީއްލުމަށް ގެނައި ތަކެތި ކުނިވެފައި ހުންނާތީ ގައިދީން ހަޅުތާލުކުރަނީ!

30 މެއި 2017
މާލޭ ލުއި ޖަލަށް ރޯދަ ވީއްލުމަށް ގެނައި ތަކެތި ކުނިވެފައި ހުންނާތީ ގައިދީން ހަޅުތާލުކުރަނީ!
30 މެއި 2017

ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

30 މެއި 2017
ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ
27 މެއި 2017

ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު

27 މެއި 2017
ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު
06 އެޕްރީލު 2017

ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް

06 އެޕްރީލު 2017
ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
24 ޖެނުއަރީ 2017

އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި

24 ޖެނުއަރީ 2017
އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް