Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްލެޓާގެ ކޮރަޕްޝަނުގެ މައްސަލަ

ބްލެޓާގެ މައްޗަށް ކޮރަޕްޝަނުގެ އިތުރު މައްސަލައެއް

22 ޑިސެމްބަރު 2020 | އަންގާރަ 13:28

ބްލެޓާ އަންނަނީ ކޮރަޕްޝަނުގެ މައްސަލައެއްގައި ހަ އަހަރުގެ ސަސްޕެންޝަނެއް ތަންފީޒުކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 ޑިސެމްބަރު 2020 | އަންގާރަ 13:28
ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ

ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ

ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާގެ މައްޗަށް ކޮރަޕްޝަނުގެ އިތުރު މައްސަލައެއް އެ އިދާރާއިން ފެންމަތިކޮށްފިއެވެ.

ކޮރަޕްޝަނުގެ ތުހުމަތުތަކާ ފިއްތުންތަކާ ގުޅިގެން މިހާރު އުމުރުން 84 އަހަރުގެ ބްލެޓާ ވަނީ 2015 ވަނަ އަހަރު ފީފާގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވާފައެވެ. އަދި ކޮރަޕްޝަނުގެ މައްސަލަތައް ސާބިތުވެ، އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން އަށް އަހަރަށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފައެވެ. އެކަމަކު ފަހުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ވަނީ އެ ސަސްޕެންޝަނަށް ލުޔެއްދީ ހަ އަހަރަށް ސަސްޕެންޝަން ކުޑަކޮށްފައެވެ.

މި ފަހަރު ފީފާއިން ފެންމަތިކުރި ކޮރަޕްޝަނުގެ މައްސަލައަކީ ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާ މިއުޒިމަކަށް ބްލެޓާގެ ދައުރުގައި ކޮށްފައިވާ ޚަރަދުތަކުގެ މައްސަލައެކެވެ. އެގޮތުން ފީފާއިން ބުނީ ބްލެޓާގެ ދައުރުގައި އެ އިދާރާގެ ބެލުމުގެ ދަށުގައި ނެތް މިއުޒިއަމް ތަރައްގީކުރުމަށް 420 މިލިޔަން ޕައުންޑް ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި ފީފާއަށް ގެއްލުންވާ ގޮތަށް އެ މިއުޒިމް ދިގު މުއްދަތައް ކުއްޔަށް ދީފައިވާކަންވެސް ފީފާއިން ފާހަގަކުރިއެވެ.

ފީފާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަލްސްޑާ ބެލް ވިދާޅުވީ އެ އިދާރާގެ މިއުޒަމް ތަރައްގީކުރުމަށް ކޮށްފައިވާ ބޮޑު ޚަރަދުގެ ސަބަބުންނާއި، ކުރީގެ މެނޭޖުމަންޓުން މަސައްކަތްކޮށްފައިވާ ގޮތުގެ ސަބަބުން ކަން ހިނގާފައިވާ ގޮތް ދެނެގަތުމަށް ފޮރެންސިކް އޮޑިޓެއް ކުރެވިގެންދިޔަ ކަމަށެވެ. އަދި އެ އޮޑިޓުން ކޮރަޕްޝަނުގެ ގިނަ ކަންތައްތަކެއް ފާހަގަވެގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.

ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ބްލެޓާ މައްޗަށް ކުރެވިފައިވާއިރު، 2015 ވަނަ އަހަރު ބްލެޓާ އާއި ޕްލެޓިނީ ސަސްޕެންޑްކުރަން ނިންމީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ ގޮތުގައި 1.3 މިލިޔަން ޕައުންޑްގެ މުއާމަލާތެއް އެއްބަސްވުމުގެ ބޭރުން ހިންގާފައިވާތީއެވެ. ޕްލެޓިނީއަށް 2011 ވަނަ އަހަރު ބްލެޓާ ދިން 1.3 މިލިޔަން ޕައުންޑަކީ 1998 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާއި ހަމައަށް ޕެލްޓިނީ ފީފާގެ ކޮންސަލްޓަންޓެއްގެ ގޮތުން ކުރި މަސައްކަތުގެ އަގުކަމަށް ބުނި ނަމަވެސް، އެކަން އެއްވެސް އެއްބަސްވުމަކުން ފެންނާކަށް ނެތެވެ. އެހެންވެ އެ މައްސަލަ ބެލުމަށް ފަހު ފީފާއިން ނިންމީ ޕްލެޓިނީ އާއި ބްލެޓާ ސަސްޕެންޑް ކުރުމަށެވެ.

އަދި މިދިޔަ އަހަރުވެސް ފީފާއިން ވަނީ ބްލެޓާގެ އިތުރު މައްސަލަތަކެއް މީޑިއާއަށް ހިއްސާކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޯ އަމާޒުވީ 2014 ވަނަ އަހަރު ބްރެޒިލުގައި ބޭއްވި ފީފާ ވޯލްޑް ކަޕަށްފަހު ބޯނަހުގެ ގޮތުގައި ބްލެޓާއަށް 12 މިލިޔަން ޑޮލަރު ލިބުނު މައްސަލައެވެ. ބްލެޓާ މައްޗަށް ފީފާއިން ކުރާ އަނެއް ތުހުމަތަކީ ޕެންޝަނުގެ ގޮތުގައި އެކި ފަރާތްތަކަށް ދެވޭ ފައިސާގައި މަކަރާހީލަތްތަކެއް ހަދާފައިވާ ކަމުގެ ތުހުމަތެވެ. އެކަމަކު މި ހުރިހާ ކަމަށް ބްލެޓާ ވަނީ އިންކާރުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް