Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނުޙައްޤުން ވަޒީފާއިން ވަކިކުރުން

ވޯޓެއްގެ މައްސަލައިގައި ވަޒީފާއިން ވަކިކުރި ފެނަކައިގެ މުވައްޒަފަކަށް ބަދަލުދޭން ހުކުމްކޮށްފި

14 ޑިސެމްބަރު 2009ން ފެށިގެން އޭނާ މަސައްކަތް ކުރަމުންދިޔައީ ފެނަކައިގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޑިސެމްބަރު 2020 | ހޮނިހިރު 07:26
ދިވެހިރާއްޖޭގެ ހައިކޯޓު: މި މައްސަލައިގައި ހައިކޯޓުން ޙުކުމް ކޮށްފައިވަނީ ނިމިދިޔަ ބުރާސްފަތި ދުވަހު

ދިވެހިރާއްޖޭގެ ހައިކޯޓު: މި މައްސަލައިގައި ހައިކޯޓުން ޙުކުމް ކޮށްފައިވަނީ ނިމިދިޔަ ބުރާސްފަތި ދުވަހު

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ކަރުދާހުގައި ވޯޓުލީ ކާކަށްކަން ޔަޤީންކޮށްދިނުމަށް "ކޯޑެއް" ނުޖެހި މައްސަލައިގައި ފެނަކައިގެ މުވައްޒަފަކު ވަޒީފާއިން ވަކިވާން މަޖުބޫރުކޮށް، އޭނާ ވަޒީފާއިން ވަކިކުރުމުން އެ މުވައްޒަފަށް ބަދަލު ދިނުމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި މި ޙުކުމަކީ 14 ޑިސެމްބަރު 2009ން ފެށިގެން ތ. ކަނޑޫދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ އެ ރަށު ޗާންދުފްލާވަރ އާއިޝަތު ނިޝާނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައެއްގެ ޙުކުމެވެ. އެގޮތުން މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އޭނާ ފެނަކައިގައި ވަޒީފާ އަދާކުރަމުން ދަނިކޮށް 2017 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ކަރުދާހުގައި "ކޯޑެއް" ޖެހުމަށް އޭނާއަށް އެ ކުންފުނިން ވަނީ އަންގާފައެވެ.

އެހެންނަމަވެސް، އެގޮތަށް އަމަލު ނުކުރުމުން ކުއްލި ގޮތަކަށް އޭނާގެ ވަޒީފާ ހދ. ނޮޅިވަރަންފަރު ބްރާންޗަށް ވަނީ ބަދަލުކޮށްފައެވެ. އަދި އޭގެ ފަހުން ވަޒީފާއިން ވަކިކޮށްފައިވާއިރު، އެއީ ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް، އޭނާ ވަޒީފާއިން ވަކިވުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް ބުނެ މައްސަލަ އޭރު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށައެޅިއެވެ. އެހެންނަމަވެސް ޓްރައިބިއުނަލުން ނިންމީ އޭނާ އެހެން ބްރާންޗަކަށް ބަދަލުކުރީ އަދުލުވެރި ހަމަތަކުގެ މަތިންކަމަށް ބެލެވެން ނެތްނަމަވެސް، ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.

މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި، ނިޝާނާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް އޭނާގެ ވަޒީފާ ފެނަކައިން އިއާދަކޮށްދީފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި އެގޮތަށް ނިންމާފައި ވަނީ 2019 ވަނަ އަހަރު ބޭއްވުނު ކުންފުނީގެ ބޯޑު ބައްދަލުވުމެއްގައި ނުޙައްޤުން ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް އަނބުރާ ވަޒީފާ އިއާދަކޮށްދިނުމަށް ނިންމި ނިންމުމުގެ ދަށުންކަންވެސް ހައިކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވެއެވެ. އެއާއެކު، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ނުޙައްޤުންކަން ފެނަކައިގެ އިއުތިރާފުންވެސް ސާފުކޮށް އެނގޭކަމަށް ހައިކޯޓުގެ ޙުކުމުގައި ވެއެވެ.

މިކަންކަމަށް ރިޢާޔަތްކޮށް ހައިކޯޓުން ވަނީ އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ރުޖޫޢަ ކުރުމާ ހަމައަށް ވޭތުވި މުއްދަތަށްވާ އިނާޔަތްތަކުގެ ތެރެއިން އޭނާއަށް ލިބެންޖެހޭ މިންވަރު ބަދަލުގެ ގޮތުގައި ދިނުމަށް ޙުކުމްކޮށްފައެވެ. ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުޙައްމަދު ނިޔާޒު، ފަނޑިޔާރު ޝުއައިބް ޙުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަލީ ސަމީރެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ 300ށް ވުރެ ގިނަ މީހުން ތިބިކަމަށް އައު ސަރުކާރު އައިސް ހާމަކުރި ބައެއް މައުލޫމާތުތަކުން އެނގެއެވެ. އޭރު ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާއި، ވަޒީފާ ބަދަލުކުރި މީހުންގެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު އައު ސަރުކާރު އައުމާއެކު ހުޅުވާލައި، ގިނަ ބައެއްގެ ވަޒީފާ އަލުން އަނބުރާ ރުޖޫއަކޮށްފައިވެއެވެ. އޭގެ ބައެއް އެހެން މައްސަލަތައް މިހާރުވެސް އެކި މަރުހަލާތަކުގެ ކޯޓުތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ކުރިއަށް އެބަދެއެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު