Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގައި ބިދޭސީންގެ މައްސަލަ

އޮޅުވާލައިގެން މަސައްކަތްތެރިން ރެކްރޫޓުކުރާ އޭޖެންސީތައް ބަންދުކުރަން އެސޯސިއޭޝަން ފޯރ ޑިމޮކްރެސީން ގޮވާލައިފި

60،000 އެއްހާ ބިދޭސީން ޤަވާއިދަށް ނުފެތޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޑިސެމްބަރު 2020 | ހޮނިހިރު 04:54
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާކަމަށް ބެލެވޭ ބިދޭސީންތަކެއް ބޭއްވި އެއްވުމެއްގެ ތެރެއިން

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާކަމަށް ބެލެވޭ ބިދޭސީންތަކެއް ބޭއްވި އެއްވުމެއްގެ ތެރެއިން

ރާއްޖޭގައި ހިންގާ ރެކްރޫޓްމަންޓް އެޖެންސީތައް ބަންދުކުރަން އެސޯސިއޭޝަން ފޯރ ޑިމޮކްރެސީން ގޮވާލައިފިއެވެ.

އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި 144،000 ބިދޭސީން، ހިޖުރަވެރި މަސައްކަތު މީހުންގެގޮތުގައި ދިރިއުޅޭ ކަމަށާއި، އޭގެތެރެއިން 60،000 އެއްހާ މީހުންނަކީ މަސައްކަތު ވިސާއާއި، ވަރކް ޕަރމިޓް ނެތް، ޤަވާޢިދަށް ނުފެތި ތިބި މީހުން ކަމަށެވެ.

އެއާއެކު، ކޮވިޑުގެ މި ޙާލަތުގައި ހިޖުރަވެރި މަސައްކަތްތެރިންގެ ޙައްޤުތަކަށް ކުރިއަށްވުރެ ގިނަ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަކޮށް އެ އެސޯސިއޭޝަނުން ބުނީ، އިންސާނުން ޓްރެފިކުކުރުމުގެ ވިޔަފާރިން ދިވެހިރާއްޖޭގައި އަހަރަކު 1.9 ބިލިޔަން ދިވެހި ރުފިޔާ އުފައްދާކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.

އެ ޖަމިއްޔާއިން ވަނީ އޮޅުވާލައިގެން މަސައްކަތްތެރިން ރެކްރޫޓުކުރާ އޭޖެންސީތަކުގެ ނަމުގައި ރަޖިސްޓްރީކޮށްގެން ހިންގާ ހިއުމަން ޓްރެފިކިންގް ރިންގުތައް ބަންދުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި އެރިންގުތަކާ ގުޅިގެން، ރިޝްވަތާއި، ނަހަމަ މުޢާމަލާތުން، ނުޙައްޤުން މުއްސަނދިކަން ހޯދާކަމަށް ތުހުމަތުކުރެވޭ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނާއި އެންޑް އެމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނިމިކް ޑެވަލޮޕްމަންޓް ހިމެނޭގޮތުން، ދިވެހި ދައުލަތުގެ މުއައްޒަފުންގެ ގޮތުގައި ތިބި މީހުންގެ މައްޗަށް ފާރަވެރިވެ، އެބައިމީހުން ހުއްޓުވުމަށްވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން، އޮޅުވާލައިގެން ދިވެހިރާއްޖެ ޓްރެފިކުކުރާ ބިދޭސީ މަަސައްކަތު މީހާއަށް، ހަމަ އުޖޫރަނުދީ އަޅު މަސައްކަތް ކުރުވުމާއި، އޭނާއަށް ހިޔާވަހިކަމެއް ނުދިނުންފަދަ ލާއިންސާނީ ޢަމަލުތައް ނިޒާމީގޮތެއްގައި ދިވެހިރާއްޖޭގައި ހިންގަމުންދާކަންވެސް އެ ޖަމްޢިއްޔާއިން ފާހަގަ ކޮށްފައިވެއެވެ.

މިހިނގާ 2020 ވަނަ އަހަރުގެ ތެރޭގައި 7000 އަށްވުރެން ގިނަ ބިދޭސީން ރާއްޖެއިން ފޮނުވާލާފައިވާކަން ފާހަގަކޮށް އެ ޖަމިއްޔާއިން އިތުރަށް ބުނީ، އެމީހުންނަށް ޙައްޤު އުޖޫރައާއި ބަދަލު ލިބިފައިވާކަމެއް ނުވަތަ ނޫންކަމެއް، އަދި ފޮނުވާލާފައިވާ ވަނީ ކޮން ޤައުމުތަކަކަށް ނިސްބަތްވާ، ކިހާ މީހުނެއްކަމެއް ސާފު ނުވާ ކަމަށެވެ.

އޭގެ އިތުރުން، ރާއްޖެއިން ފޮނުވާލާފައިވާ ބިދޭސީންނާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކުގެ ސާފު ޖަވާބާއި، ކަމާބެހޭ ތަފާސްހިސާބު ޤަވާޢިދުން ޢާންމުކުރުމަށްވެސް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2018

ވިލާގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތްތެރިން ތެދުވަން ގޮވާލައިފި

22 ޖެނުއަރީ 2018
ވިލާގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތްތެރިން ތެދުވަން ގޮވާލައިފި
14 ޖެނުއަރީ 2018

އޮޅުވާލައިގެން ހައްޖަށް މީހުން ގެންދިޔަ މައްސަލައިގައި ޝެއިޚް ނަސްރުﷲގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި

14 ޖެނުއަރީ 2018
އޮޅުވާލައިގެން ހައްޖަށް މީހުން ގެންދިޔަ މައްސަލައިގައި ޝެއިޚް ނަސްރުﷲގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި
19 ޑިސެމްބަރު 2017

މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ބައެއް މަގުތައް ބަންދުކުރަން ނިންމައިފި

19 ޑިސެމްބަރު 2017
 މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ބައެއް މަގުތައް ބަންދުކުރަން ނިންމައިފި
10 ނޮވެމްބަރު 2017

ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖެޓީވީ ބަންދުކުރަން ރައީސް ޔާމިން ބޭނުންފުޅުވާކަމަށް ޕީޕީއެމް މެމްބަރުން ވިދާޅުވި: އަމީތު

10 ނޮވެމްބަރު 2017
ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖެޓީވީ ބަންދުކުރަން ރައީސް ޔާމިން ބޭނުންފުޅުވާކަމަށް ޕީޕީއެމް މެމްބަރުން ވިދާޅުވި: އަމީތު
11 އޯގަސްޓު 2017

އެސްޓީއޯގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ ސަމާލު ވުމަށް އެދެފި

11 އޯގަސްޓު 2017
އެސްޓީއޯގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ ސަމާލު ވުމަށް އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު