Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ އިހީގެ މަސްވެރިކަން މެނޭޖްކުރުން

ދިވެހިރާއްޖޭގެ އިހީގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލައިފި

އިހީގެ ގިނަ ބާވަތްތަކަކީ ލަހުން ބޮޑުވާ އަދި ލަހުން ފުރާވަރަށް އަރާ ބާވަތްތަކެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2020 | ހުކުރު 04:33
އިހި ބޮޑުވަމުން އަންނައިރު، އޭގެ ތޮށިގަނޑަކީ އޭގެ ހަށިގަނޑާ އެއްކޮށް ބޮޑުވާ އެއްޗެއް ނޫން

އިހި ބޮޑުވަމުން އަންނައިރު، އޭގެ ތޮށިގަނޑަކީ އޭގެ ހަށިގަނޑާ އެއްކޮށް ބޮޑުވާ އެއްޗެއް ނޫން

ދިވެހިރާއްޖޭގެ އިހީގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލާައި ގެޒެޓްކޮށްފި އެވެ.

މި މެނޭޖްމަންޓް ޕްލޭނަކީ، ޤާނޫނު ނަންބަރު (2019/14 ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ހަދައިފައިވާ، އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިހީގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމުގެ ޕްލޭނެވެ.

Advertisement - newsAdvertisement

މި ޕްލޭންގެ މައިގަނޑު މަޤުޞަދުތަކަކީ އިހީގެ މަސްވެރިކަން ރާވައި، ހިންގުމުގެ އިންތިޒާމެއް ޤާއިމުކޮށް، ޒިންމާދާރު ގޮތެއްގައި އިހީގެ މަސްވެރިކަން ބަލަހައްޓައި މި މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމާއި، އަދި އިހީގެ މަސްވެރިކަމާއި، މަސްވެރިކަމުގެ ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގައި ޝާމިލްވާ ދައުލަތުގެ އިދާރާތަކާއި އެންމެހައި މަޞްލަޙަތުވެރިންނަށް މަގުދައްކައިދިނުން ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުންޏެވެ.

މި ޕްލޭންގެ ދަށުން މެނޭޖްކުރާނީ އެސްޓަސިޑިއާ (Astacidea) އަދި އަކެލާޓާ (Achelata) އިންފްރައޯޑަރ ގައި ހިމެނޭ އިހީގެ ހުރިހާ ބާވަތެކެވެ. އަދި ދިވެހިރާއްޖޭގައި ހިންގާ އިހީގެ އާބާދީއަށް އަސަރުކޮށްފާނެ އެންމެހައި ހަރަކާތްތަކަށް މި ޕްލޭން ހިނގާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި، އިހި ނެގުމާއި، ޕްރޮސެސް ކުރުމާއި، ރައްކައުކުރުމާއި، ގަނެވިއްކުމާއި، ދިވެހިރާއްޖެއިން އިހި އަދި އިހީގެ އުފެއްދުންތައް އެކްސްޕޯޓު ކުރުން ހިމެނެއެވެ.

އަދި މި ޕްލޭންގެ ދާއިރާގައި ހިމެނޭ ހަރަކާތެއް ނުވަތަ އެފަދަ ހަރަކާތަކާ ގުޅުންހުރި ހަރަކާތެއް ހިންގާ މީހުންނަށާއި، އުޅަނދު ފަހަރަށާއި، ޕްރޮސެސް ކުރާ ތަންތަނަށް އަދި އެކްސްޕޯޓު ކުރާ ތަންތަނަށްވެސް މި ޕްލޭން ހިނގާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އިހީގެ ބާވަތްތަކަކީ ޢުމުރު ދިގު، ފުދޭވަރަކަށް ލަހުން ފުރާވަރަށް އަރާ ބާވަތްތަކެކެވެ. އިހި ބޮޑުވަމުން އަންނައިރު، އޭގެ ތޮށިގަނޑަކީ އޭގެ ހަށިގަނޑާ އެއްކޮށް ބޮޑުވާ އެއްޗެއް ނޫނެވެ. އެހެންކަމުން، އިހީގެ ހަށިގަނޑު އޭގެ ތޮށިގަނޑަށް ވުރެ ނިސްބަތުން މާބޮޑުވުމުން، އެ ތޮށިގަނޑު ދޫކޮށްލައި، އައު ތޮށިގަނޑެއް އޭގައި އުފެދެއެވެ. މިގޮތުން، ދަރިމައިވުމަށް ތައްޔާރުވުމުގެ ގޮތުން ވެސް އަންހެން އިހި ތޮށިގަނޑު ދޫކޮށްލައެވެ.

އިހީގެ ކާނާގެ ގޮތުގައި ގޮޅާ، ރިނދަލި، ކަކުނި ފާޑުގެ މައިކަށި ނުހުންނަ ސޫތްޕާއި، މޫދުފެހި ހިމެނެއެވެ. މީގެ އިތުރުން، ލޮނުގަނޑުގެ ތެރޭގައި އޮޔާއެކު ދަތުރުކުރާ ކުދި ސޫފި ވެސް ކާނާގެ ގޮތުގައި ޅަފުރައިގެ އިހި ބޭނުންކުރެއެވެ.

ދިވެހިރާއްޖޭގައި ރިކޯޑުކުރެވިފައިވާ އިހީގެ ބާވަތްތަކަކީ، ޕެލިނުރިޑޭ (ސްޕައިނީ ލޮބްސްޓަރގެ ބާވަތްތައް)، ސްކިލަރިޑޭ (ސްލިޕަރ ލޮބްސްޓަރގެ ބާވަތްތައް)، އަދި އެނޮޕްލޮމެޓޮޕިޑޭ (ރީފް ލޮބްސްޓަރގެ ބާވަތްތައް) ގެ އާއިލާއަށް ނިސްބަތްވާ ބާވަތްތަކެވެ. މީގެ ތެރެއިން އާންމުކޮށް ކެއުމަށް ބޭނުންކުރަނީ ޕެލިނުރިޑޭ އާއިލާއަށް ނިސްބަތްވާ ބާވަތްތަކެވެ.

ދިވެހިރާއްޖޭގައި އިހީގެ ބާވަތްތައް ހިފާ އަދަދު ދެނެގަނެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން އިހީގެ މަސްވެރިކަން ކުރެވޭ މިންވަރު އެހައި ފުރިހަމައަށް ދެނެ ގަނެވިފައެއް ނުވެއެވެ. އެހެން ނަމަވެސް، 1970ގެ އަހަރުތަކުގެ ތެރޭގައި ޤާއިމުކުރެވުނު އިހީގެ ރިޕޯޓު ފޮނުވުމުގެ ނިޒާމުގެ ތެރެއިން އިހީގެ މަސްވެރިކަމުގެ މަޢުލޫމާތު ކޮންމެވެސް ވަރަކަށް ލިބިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިހީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންގެ އަދަދަށް ބަލާއިރު، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު މިނިސްޓްރީގެ ފަރާތުން ކުރި ސާވޭތަކުން ދައްކާ ގޮތުގައި، އިހީގެ މަސްވެރިކަމުގައި ގާތްގަނޑަކަށް 1100 އެއްހައި މަސްވެރިންނާއި 200 އެއްހައި އުޅަނދު ހަރަކާތްތެރިވެފައިވެއެވެ. އަދި ވިޔަފާރީގެ ގޮތުގައި ކުރެވޭ އިހީގެ މަސްވެރިކަމުގެ މައިގަނޑު މާކެޓަކީ، ރިސޯޓުތަކާއި ގެސްޓުހައުސްތައް ކަމަށްވާއިރު، ދެން ހުރި މުހިންމު މާކެޓުތަކުގެ ތެރޭގައި ރެސްޓޯރަންޓްތަކާއި އެހެނިހެން ލޯކަލް މާރުކޭ ޓުތައް ހިމެނެއެވެ.

އިހީގެ ގިނަ ބާވަތްތަކަކީ ލަހުން ބޮޑުވާ އަދި ލަހުން ފުރާވަރަށް އަރާ ބާވަތްތަކެއް ކަމުން، ބެލެހެއްޓުމެއް ނެތި އަދި މެނޭޖް ކުރުމެއްނެތި ކުރާ މަސްވެރިކަމުގެ ނޭދެވޭ އަސަރު އިހީގެ ބާވަތްތަކުގެ އާބާދީއަށް ވަރަށް ފަސޭހައިން ކުރެއެވެ. އެހެންކަމުން، މިފަދަ އަސަރުތައް ކުޑަކޮށް، ޅަ އިހި ނެގޭ މިންވަރު މަދުކޮށް، އިހީގެ އާބާދީ އާލާވުމަށް ފުރުޞަތު ދިނުމަށްޓަކައި އަދި ދިވެހިރާއްޖޭގައި ކުރާ އިހީގެ މަސްވެރިކަމަކީ ދިގު މުއްދަތަކަށް އެ މަސްވެރިކަމުގެ ފައިދާ ދިވެހި ރައްޔިތުންނަށް ލިއްބައިދޭ މަސްވެރިކަމަކަށް ހެދުމަށްޓަކައި ބެލެހެއްޓުމުގެ ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މިގޮތުން، އިހީގެ މަސްވެރިކަން މެނޭޖްކުރުމުގެ ފިޔަވަޅުތަކެއް މިނިސްޓްރީން ވަނީ އަޅާފައެވެ. މީގެ ގިނަ ފިޔަވަޅުތައް އަޅައިފައިވަނީ 1990 ގެ އަހަރުތަކުގައި ކަމަށްވާއިރު، 1993 ވަނަ އަހަރު، ބަނޑުދަށުގައި ބިސް ހުރި އިއްސާއި ދިގުމިނުގައި 25 ސެންޓިމީޓަރު ހަމަނުވާ އިހި ނެގުންވަނީ މަނާކޮށްފައެވެ.

އަދި 1996 ވަނަ އަހަރު، އިއްސާއި އިހީގެ މަސް އެކްސްޕޯޓުކުރުން މަނާކޮށްފައިވެއެވެ. މި ފިޔަވަޅުތައް ވަނީ 2006 ވަނަ އަހަރު ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގައި ހިމަނާފައެވެ. އަދި މި ގަވާއިދުގެ ދަށުން ވައިފުޅި އަޅައިގެން ފީނައިގެން އިހި ނެގުންވެސް ވަނީ މަނާކޮށްފައެވެ.

އިހީގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި ބެލެހެއްޓުމާ ގުޅޭގޮތުންނާއި، އިހީގެ އާބާދީ މެނޭޖްކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި، އިހީގެ ދިރާސާތައް ކުރުމާ ގުޅޭގޮތުންނާއި، އިހީގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި ލަފާދޭ ކޮމިޓީއެއް ޤާއިމުކުރަންޖެހެ އެވެ. އަދި ކޮމިޓީގެ ޖަލްސާތައް މަދުވެގެން އަހަރަކު އެއް ފަހަރު ބާއްވަންޖެހޭ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އިހީގެ މަސްވެރިކަމާއި، އިހީގެ މަސްވެރިކަމުގެ ވިޔަފާރީގެ ހަރަކާތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި ވިޔަފާރި ބޭނުމަށް އިހީގެ މަސްވެރިކަންކުރާ އުޅަނދުފަހަރު ލައިސަންސްކުރެވޭނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. ލައިސަންސަށް އެދުމާއި، ދޫކުރުމާއި، އައުކުރުމާއި އަދި ބާޠިލުކުރުމުގައި ޢަމަލުކުރާނެ ގޮތާއި، ލައިސަންސްގެ މުއްދަތާއި ފީ އަދި ލައިސަންސް ލިބިފައިވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭނެ ގޮތް އިހީގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދުގައި ބަޔާންކުރާނެ އެވެ.

މި ޕްލޭނަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހއ. އަތޮޅުގައި ގައި މަސްވެރިކަން ރަނގަޅު ވެފައިވާތީ މަސްކިރުވާނެ ބޯޓެއް ބާއްވައި ދޭން އެދިއްޖެ

ހއ. އަތޮޅުގައި ގައި މަސްވެރިކަން ރަނގަޅު ވެފައިވާތީ މަސްކިރުވާނެ ބޯޓެއް ބާއްވައި ދޭން އެދިއްޖެ

01 ނޮވެމްބަރު 2017
ދެމެހެއްޓެނިވި މަސްވެރިކަން ޕްރޮމޯޓް ކުރުމަށް މިނިސްޓަރު ޝައިނީ ގޮވާލައްވައިފި

ދެމެހެއްޓެނިވި މަސްވެރިކަން ޕްރޮމޯޓް ކުރުމަށް މިނިސްޓަރު ޝައިނީ ގޮވާލައްވައިފި

18 އޮކްޓޯބަރު 2017
ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި 432 އުޅަނދުން ވަގަށް މަސްވެރިކަން ކުރި: ދިރާސާ

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި 432 އުޅަނދުން ވަގަށް މަސްވެރިކަން ކުރި: ދިރާސާ

12 އޮކްޓޯބަރު 2017
ވެއްޓުނު ސީ ޕްލޭން ނަގައިފި

ވެއްޓުނު ސީ ޕްލޭން ނަގައިފި

04 އޮކްޓޯބަރު 2017
އިންޑިއާ ކަނޑުގެ މަސްވެރިކަން މެނޭޖްކުރާނެ ގޮތަކާ މެދު މަޝްވަރާ ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފި

އިންޑިއާ ކަނޑުގެ މަސްވެރިކަން މެނޭޖްކުރާނެ ގޮތަކާ މެދު މަޝްވަރާ ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފި

18 އޯގަސްޓު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު