Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް

އެމްއެމްޕީއާރުސީގެ ހިޔާނާތް: ނިހާނުގެ މައްސަލަ ނިންމައި، ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފި

16 ޑިސެމްބަރު 2020 | ބުދަ 17:34

ނިހާނުގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލާގައި އިތުރުކަމެއް ހިމަނަންޖެހޭތީ އެކަން ފުލުހުންނަށް ވަނީ ދަންނަވާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 ޑިސެމްބަރު 2020 | ބުދަ 17:34
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާނު: އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިއެއް

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާނު: އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިއެއް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނުގެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ޕީޖީ ހުސައިން ޝަމީމު ވިދާޅުވީ، ނިހާނުގެ މައްސަލައެއް ތަހުގީގީ ނިންމުމަށްފަހު، ދައުވާކުރަން ޕީޖީ އޮފީހަށް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެމައްސަލާގައި އިތުރު ބައެއް ހިމަނަންޖެހޭތީ ފުލުހުންނަށް އެކަން ދަންނަވާފައިވާ ކަމަށެވެެ.

Advertisement - newsAdvertisement

ނިހާނަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގިއިރު، ސަރުކާރު ހިންގި ޕީޕީއެމް ކޯލިޝަނުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެވެ. އެދުވަސްވަރު ނިހާނަށް ކުއްލި މުއްސަނދިކަމެއް ލިބިފައިވާކަން ރައްޔިތުންނަށް ފާހަގަ ކުރެވިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ނިހާނުވެސް ބައިވެރިވާކަމުގެ ތުހުމަތު ކުރެވިފައި ވެއެވެ. އެގޮތުން، އަގު ބޮޑު ފްލެޓްތަކާއި އަގު ބޮޑު ކާރުތަކާއި "ރޮލެކްސް" ގަޑީގެ އިތުރުން އާއިލާގެ މުއްސަނދި ދިރިއުޅުމުގެ ވާހަކަތައް ހިމެނެއެވެ.

ނިހާނުގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ. ނިހާންގެ ޕާސްޕޯޓް ހިފަހައްޓައިފައިވާކަން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވަނީ "ރާއްޖެއެމްވީ" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ރާއްޖެ އެމްވީއަށް ވިދާޅުވެފައިވަނީ ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އާއި ގުޅިގެން ކަމަށެެވެ.

ދާދިފަހުން ނިހާން ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށް ނިހާނުގެ އަގުބޮޑު ގަޑި އަދި ފްލެޓްއާއި ބެހޭ ގޮތުން ސުވާލުކޮށްފައެވެ. "ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާން ހާޒިރުކޮށް، އޭނާއާ ސުވާލުކޮށްފައި ވަނީ އެމްއެމްޕީއާރްސީ ބޮޑު ޙިޔާނާތާ ގުޅިގެން ކަމަށެވެ. އޭގެ އިތުރުން، ނިހާނުގެ ފްލެޓާ ގުޅޭ ގޮތުން ވެސް ކޮމިޝަނުން ސުވާލުކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާން ވަނީ ތަހުޤީޤުގައި ވަކީލެއްގެ ފުރުސަތަކަށް އެދިވަޑައިގަންނަވާފައެވެ. އަދި އެ ފުރުސަތު ދިނުމަށް ފަހު ތަހުޤީޤު އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިމުމާއެކު ނިހާނު ވަނީ މި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. ނިހާނުއަކީ މިހާރު ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތް ތަހުގީގު ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންގެ އިދާރާ އަދި އެންޓިކޮރަޕްޝަން ކޮމިޝަން ގުޅިގެންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މޭސްތިރިން ކަމަށް ދައުލަތުން ތުހުމަތު ކޮށްފައިވަނީ ރައީސް ޔާމީންގެ އިތުރުން، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތުގެ މައްޗަށެވެ. އަދި މިހިޔާނާތުގެ ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިންގެ އިތުރުން ޕީޕީއެމް-އެމްޑީއޭ ކޯލިޝަނުގެ އިސްވެރިންގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް