Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

މިލާން އެއްވަރު، ޔުވެންޓަސްއަށް މޮޅެއް

14 ޑިސެމްބަރު 2020 | ހޯމަ 07:29

މިލާނާއި ޕާމާ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ޑިސެމްބަރު 2020 | ހޯމަ 07:29
މިލާނާއި ޕާމާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން

މިލާނާއި ޕާމާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ޕާމާއާ އެއްވަރުވެ އެއްވަނައިގައި އޮތް އޭސީ މިލާނުގެ ލީޑު ތިން ޕޮއިންޓަށް ކުޑަވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިލާން އެއްވަރުވީ ޕާމާއާ ވާދަކޮށް ފަހަތުން އަރައި 2-2 ންނެވެ.

މި މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ޕާމާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަނާނީއެވެ. އޭގެ 11 މިނެޓު ފަހުން ސަމުއެލް ކަސްޓިއްޔޭހޯ މިލާނަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

މި މެޗުގައި ޕާމާއިން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔާސްމިން ކާޓިޗެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ތެއޯ ހެނާންޑޭސް ވަނީ ލަނޑެއް ޖަހާ މިލާނަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި މި މެޗުން މިލާން ބަލިނުވެ ސަލާމަތްވީ އިތުރު ވަގުތުގައި ތެއޯ ހެނާންޑޭސް ކާމިޔާބުކުރި ލަނޑުންނެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން މިލާން އެއްވަރުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ވަނީ ޖެނޯއާ އަތުން 3-1 ން މޮޅުވެފައެވެ.

ޖެނޯއާާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މެޗުގެ 57 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕައޮލޯ ޑިބާލާއެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ސްޓެފާނޯ ސްޓުރާރޯ ވަނީ ޖެނޯއާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން ޔުވެންޓަސް މޮޅުވީ ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ޕެނަލްޓީންނެވެ. މި މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖެހިއިރު، މިއީ ރޮނާލްޑޯ ޔުވެންޓަސްއަށް ކުޅެދިން 100 ވަނަ މެޗެވެ.

މި ނަތީޖާތަކާއެކު މިލާން އެއްވަނައިގައި އޮތީ 11 މެޗުން 27 ޕޮއިންޓާއެކުއެވެ. އެ ޓީމާ ތިން ޕޮއިންޓް ގާތުގައި ދެވަނައިގައި 11 މެޗުން 24 ޕޮއިންޓާއެކު އޮތީ އިންޓަ މިލާނެވެ. އަދި ތާވަލުގެ ތިންވަނައިގައި އޮތް ނާޕޮލީ އާއި ހަތަރުވަނައިގައި އޮތް ޔުވެންޓަސް އަށް 11 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް