Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީސީ އާއި ދަ ގްރާންޑޭގެ މެޗު

ޓީސީއަށް މި ފަހަރު އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ: ޝާޒްލީ

13 ޑިސެމްބަރު 2020 | އާދީއްތަ 14:05

މި ސީޒަނަށް ޓީސީން ނުކުންނާނީ ޒުވާން ސްކޮޑަކާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ޑިސެމްބަރު 2020 | އާދީއްތަ 14:05
ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ޓީސީ ސްޕޯޓްސް ކުލަބަށް މި ފަހަރު އެއްވެސް މެޗެއް ފަސޭހަ ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

އައު ސީޒަނާ ކުރިމަތިލާއިރު ޓީސީގެ ސްކޮޑަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެގޮތުން މިދިޔަ ސީޒަނުގައި ޓީސީއަށް ކުޅުނު ތަޖުރިބާކާރު ގިނަ ކުޅުންތެރިން އެ ޓީމު ދޫކޮށްލާފައިވާއިރު، މި ސީޒަނަށް ޓީސީން ނުކުންނާނީ ޒުވާން ސްކޮޑަކާއެކުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާޒްލީ ބުނީ މި ސީޒަނަށް ނުކުންނައިރުވެސް ޓީސީގެ މެނޭޖުމަންޓުގައި ހަމަނުޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށާއި، އައު ސީޒަނާ ކުރިމަތިލުމަށް ޓީސީގެ މެނޭޖުމަންޓުން މި ފަހަރު ބޭނުންވީ ޒުވާން ސްކޮޑަކާއެކުގައި ކަމަށެވެ. އެކަމަކު ޒުވާން ކުޅުންތެރިންނާއެކު ނުކުތުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، އެއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށްވެސް ޝާޒްލީ ބުންޏެވެ.

ލީގުގެ ފުރަތަމަ މެޗުގައި ޓީސީން ދަ ގްރާންޑޭއާ ދެކޮޅަށް ނުކުންނައިރު، ޝާޒްލީ ބުނީ މިދިޔަ ސީޒަނަށް ވުރެން މި ސީޒަނުގައި ދަ ގްރާންޑޭ ވަރުގަދަ ވާނެ ކަމަށެވެ. އެހެންކަމުން ފުރަތަމަ މެޗަށް ނުކުންނައިރު މި މެޗު ފަސޭހަ ނުވާނެ ކަމަށާއި، އަދި މި ސީޒަނުގައި ޓީސީއަށް ފަސޭހަވާނެ އެއްވެސް ނޯންނާނެ ކަމަށްވެސް ޝާޒްލީ ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި މިދިޔަ ސީޒަނުގައި އަލަށް ވާދަކުރަން ފެށި ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ އިދިކޮޅަށް ނުކުންނަ ޓީމެއް އޮތް ހާލަތާ ދޭތެރޭ އެއްވެސް ވަރަކަށް ނުވިސްނާ ކަމަށާއި، އޭނާގެ ވިސްނުން ހުރީ އަމިއްލަ ޓީމުގެ ހާލަތާ މެދު ކަމަށެވެ. އެގޮތުން ދުވަހުން ދުވަހަށް މަސައްކަތް ކުރަނީ ދަ ގްރާންޑޭގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކަމަށްވެސް އިންމަ ބުންޏެވެ.

އިންމަ އިތުރަށް ބުނީ އިދިކޮޅަށް ނުކުންނަ ޓީސީ އަކީވެސް ރާއްޖޭގައި އޮތް އެންމެ މޮޅު އެއް ޓީމު ކަމަށާއި، އެ ޓީމަށް ބަދަލުތަކެއް އައި ކަމުގައިވީ ނަމަވެސް ޓީމެއްގެ ގޮތުގައި ނުކުންނައިރު އެ ފެންވަރު އެ ޓީމަށް ހިފެހެއްޓޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެ ޓީމުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ތިބި ނަމަވެސް، ޓީސީއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގެ އެންމެ މޮޅު އެއް ޓީމުގެ ގޮތުގައި ދެކިގެން ކަމަށްވެސް އިންމަ ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އާދީއްތަ ދުވަހު ފެށިއިރު، ލީގުގައި ޓީސީ އާއި ދަ ގްރާންޑޭ ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެ ހަވީރު 16:00 ގައެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
28 ފެބުރުއަރީ 2017

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
18 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް