Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

އިންސާނާގެ ނަފްސަށް ހިތްހަމަޖެހުމާއި ރާހަތް ލިބިގެންދާނީ ނަމާދުކުރުމުން - ޚުތުބާ

ނަމާދަކީ ވަރަށް ބޮޑު ޒިންމާއެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2020 | ހުކުރު 08:06
މިއަދުގެ ހުކުރު ޚުތުބާ އިއްވާފައިވަނީ \'\'ނަމާދު ދީނުގެ ތަނބު\'\' މިމައުޟޫގެ މައްޗަށް

މިއަދުގެ ހުކުރު ޚުތުބާ އިއްވާފައިވަނީ \'\'ނަމާދު ދީނުގެ ތަނބު\'\' މިމައުޟޫގެ މައްޗަށް

ކާރުބާރޫ ބޮޑު ހަޔާތުގެ މަސައްކަތުގައި ވަގުތުތައް ހޭދަކުރަމުންދާއިރު އިންސާނާގެ ނަފްސަށް ހިތްހަމަޖެހުމާއި ރާހަތް ލިބިގެންދާނީ ނަމާދުކުރުމުންކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ނަމާދު، ދީނުގެ ތަނބު'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ޝަހާދަތުގެ ދެ ކަލިމައަށް ފަހު އަދާކުރަން ޖެހޭ އެންމެ މުހިއްމު ވާޖިބަކީ، ފަރުޟު ފަސް ނަމާދުކަމަށާއި، އެ ނަމާދުތަކުގެ ވަގުތުތަކުގައި އަދާކޮށް އެ ނަމާދުތަކަށް ރައްކައުތެރިވެވިއްޖެނަމަ އަމާންކަމުގެ ބައްރަށް ވާޞިލުވެވުނީކަމަށެވެ.

އަދި، ނަމާދަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި، އެއީ ﷲ ގެ ޙަޟްރަތުގައި މަތިވެރި ގަދަރެއް ލިބިގެންވާ ކަމެއްކަމަށާއި، އިސްލާމް ދީނުގެ މަތިވެރި ބިނާ ގާއިމުވެފައިވަނީ ނަމާދުގެ މައްޗަށް ކަމަށްވާއިރު، އެއީ ﷲ އާ އެކަލާނގެ އަޅާ ގުޅުވައިދޭ ވަރުގަދަ ވާފަށްކަމަށް ޚުތުބާގައި އިއްވިއެވެ.

ޝައިތޯނާ މުސްލިމުން ނަމާދާ ދުރުކުރުމަށް ވަރަށް ގިނަ ޙީލަތްތަކާއި، މަކަރުތައް ހަދައި، ދުނިޔެ ރަންކޮށް ދައްކާދޭނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޝައިޠާނާއަށް ވެގެންވާނަމަ މުސްލިމުން ނަމާދާ މުޅިން ދުރުހެލިކުރެވޭތޯ މަސައްކަތް ކުރާނެކަމަށެވެ. ނަމާދަކީ މުއުމިނުންގެ ލޮލުގެ ފިނިކަންކަމުގައިވީ ނަމަވެސް މިއަދު ބައެއް މީހުންނަށް ނަމާދު ކުރުން ވެފައިވަނީ އުފުލަންޖެހިފައިވާ ބުރައަކަށްކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ނަމާދަށްވުރެ އެހެނިހެން ދުނިޔެވީ އަމަލުތަކަށް އިސްކަންދޭ މީހުން ގިނަވަމުންދާ ކަމަށާއި، ނަމާދުގެ ވަގުތުތަކާ ދިމާކޮށް ދުންޔަވީ އަމަލުތައް ރާވައި ހިންގާތަން ވެސް ފެންނަމުންދާކަމަށެވެ. އަދި ބަންގި ގޮވުމުން ފިހާރަތަކާއި، ސައިހޮޓާތައް ލެއްޕި ނަމަވެސް އެ ތަންތާނގައި ގިނަބަޔަކު ނަމާދަށް ނުގޮސް ތިބޭކަން ޚުތުބާގައި ފާހަގަކުރިއެވެ.

ޖަމާއަތުގައި ނަމާދު އަދާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ އެކަހެރިކޮށް ހުރެ ކުރާ ނަމާދުން ލިބޭ ޘަވާބަށް ވުރެ، ޖަމާއަތުގައި ކުރާ ނަމާދުގެ ޘަވާބު 27 ދަރަޖައަށް އިތުރުވެގެންވާ ކަމަށެވެ. އަދި ނަފްސުތަކުގެ މައްޗަށް ރޯކޮށްފައިވާ ފާފައިގެ އަލިފާންތައް ނިއްވާލެވެނީ ނަމާދުންކަމަށްވާއިރު، ނަމާދު ގާއިމްކުރުމަށް ޚުތުބާގައިވަނީ ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންސާނާގެ ހަށިގަނޑާއި ފުރާނައަކީ މާތްﷲ ދެއްވި އަމާނާތެއް އަދި ބޮޑު ނިޢުމަތެއް - ޑރ. އަނާރާ

އިންސާނާގެ ހަށިގަނޑާއި ފުރާނައަކީ މާތްﷲ ދެއްވި އަމާނާތެއް އަދި ބޮޑު ނިޢުމަތެއް - ޑރ. އަނާރާ

15 އެޕްރީލު 2022
ﷲ ޤުދުރަތްތެރިކަން އިންސާނާގެ ނަފުސުތަކުންވެސް ދައްކަވައެވެ.

ﷲ ޤުދުރަތްތެރިކަން އިންސާނާގެ ނަފުސުތަކުންވެސް ދައްކަވައެވެ.

27 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު