Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުނައިޓެޑުން ޕޮގްބާ ވިއްކާލުން

ޖެނުއަރީ މަހު ޕޮގްބާ ވިއްކާލަން ޔުނައިޓެޑުން މަސައްކަތް ކުރަނީ

10 ޑިސެމްބަރު 2020 | ބުރާސްފަތި 14:09

ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ޕޮގްބާ ބަދަލުވާންޖެހޭ ކަމަށް އޭނާގެ އޭޖެންޓް ވަނީ ބުނެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 ޑިސެމްބަރު 2020 | ބުރާސްފަތި 14:09
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ

ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ވިއްކާލަން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ޕޮގްބާ މީގެ ކުރިން ޔުނައިޓެޑުގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އެކަމަކު ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް ޕޮގްބާގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު އޮތްއިރު، އެ ފުރުސަތުގެ ބޭނުން ހިފައި 2022 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ޕޮގްބާ ޔުނައިޓެޑުގައި ބެހެއްޓުމަށް އެ ޓީމުން ވަނީ ނިންމާފައެވެ.

ޖެނުއަރީ މަހު ޕޮގްބާ ވިއްކާލަން ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓުކުރީ، ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ޕޮގްބާ ބަދަލުވާންޖެހޭ ކަމަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އިޓަލީގެ ކުޅިވަރު ނޫހަކަށް ދިން އިންޓަވިއުއެއްގައި ރައިއޯލާ ބުނީ ޔުނައިޓެޑުގައި ޕޮގްބާ މިހާރު ހުރީ ހިތްހަަމަޖެހިގެން ނޫން ކަމަށާއި، މީހުން ބޭނުންވާ ވަރަށް އޭނާއަށް މިހާރު ޔުނައިޓެޑުގައި ނުކުޅެވޭ ކަމަށެވެ. އަދި އެއީ އޭނާވެސް ކަންބޮޑުވާ ކަމެއް ކަމަށާއި، އެހެންކަމުން ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ޕޮގްބާ ބަދަލުވާން ޖެހޭ ކަމަށްވެސް ބުންޏެވެ. 2022 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ޕޮގްބާ ޔުނައިޓެޑުގެ އެއްބަސްވުމުގައި ހުރި ނަމަވެސް، ރައިއޯލާ ބުނީ މި ހާލަތުގައި ޕޮގްބާ އާއި ޔުނައިޓެޑަށްވެސް އޮތް އެންމެ ރަނގަޅު ގޮތަކީ ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ޕޮގްބާ އެހެން ކުލަބަކަށް ބަދަލުވުން ކަމަށެވެ.

މީގެ ކުރިން އެތައް ފަހަރަކު ޔުނައިޓެޑް ދޫކޮށްލަން ޕޮގްބާ މަސައްކަތް ކޮށްފައިވާއިރު، ކޮންމެވެސް ދުވަހަކުން ރެއާލް މެޑްރިޑަށް ކުޅުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށް މީގެ ދެ މަސް ކުރިން ޕޮގްބާ ވަނީ ބުނެފައެވެ. އަދި މީގެ ކުރިން އެތައް ފަހަރަކު މީޑިއާތަކުން ވަނީ ޕޮގްބާ ހޯދުމަށް ރެއާލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ. އެގޮތުން މި ނިމުނު ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައިވެސް ޕޮގްބާ އާއި ރެއާލާ ގުޅުވައިގެން ވަނީ އެކި ވާހަކަތައް ރިޕޯޓުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރައިއޯލާގެ ވާހަކަތަކާ ގުޅިގެން ޔުނައިޓެޑުން ޕޮގްބާ ވިއްކާލަން އަމާޒުހިފިއިރު، ޔުނައިޓެޑުން އޭނާ ވިއްކާލަން ކިޔާ އަގަކީ 50 މިލިޔަން ޔޫރޯއެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިއަރު ފެށި ޕޮގްބާ މީގެ ކުރިން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއަށް ބަދަލުވެ އެ ޓީމުގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ. އޭގެ ފަހުން އަނެއްކާވެސް ޕޮގްބާ އަނބުރާ ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރު 105 މިލިޔަން ޔޫރޯއަށެވެ. ޕޮގްބާ ވަނީ މިހާތަނަށް ޔުނައިޓެޑާއެކު އިނގިރޭސި ލީގު ކަޕުގެ އިތުރަށް ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް