Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ވީ ކިހިނެއް؟

މަސް ފެކްޓަރީ އެޅުމަށް އޭރުގެ ސަރުކާރުން ވަނީ 7.6 މިލިއަން ޑޮލަރު ޚަރަދުކޮށްފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2020 | ބުރާސްފަތި 09:57
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް: ގިނަ މަސައްކަތްތަކެއް ނުނިމި އެބަހުރި

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް: ގިނަ މަސައްކަތްތަކެއް ނުނިމި އެބަހުރި

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 2014 ވަނަ އަހަރު އިފުތިތާހު ކުރި މަޝްރޫއެކެވެ. މި މަސްފެކްޓަރީގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރު ޑިސެމްބަރުމަހުގެ ފަހުކޮޅުގައެވެ.

މިފެކްޓްރީގެ މަސައްކަތް ފައްޓަވާދެއްވީ އެކަމަށްޓަކާ އައްޑޫސިޓީ ހުޅުމީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ހަރަދުގެ އިންވެސްޓްމަންޓަކުން އަޅަން ނިންމި މިފެކްޓަރީގައި 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓިއަކާ އެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑުކުރެވޭނެ އެވެ. އަދި ފެކްޓަރީގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެ ކޮމްޕްލެކްސްގައި އެއްފަހަރާ ރައްކާކުރެވޭނެ ގޮތަށް ވަނީ ޑިޒައިންކޮށްފަ އެވެ.

އައްޑޫ ސިޓީގެ ހުޅުމީދޫގައި ޤާއިމުކުރުމަށް ވައުދުވެފައިވާ މަސް ފެކްޓްރީ ނިމޭ އިރު އެ ސަރަހައްދުގައި މަސްވެރިންގެ މެރީނާއެއް ތަރައްޤީ ކުރަން ހަމަޖެހިފައިވާ ކަމަށްވެސް އެއިރު މިފްކޯ އިން ވަނީ ހާމަކޮށްފަ އެވެ.

2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މިފްކޯގެ ކުރީގެ ސީއީއޯ އަދްލީ ވިދާޅުވެފައި ވަނީ، މަސްފެކްޓަރީގެ މަސައްކަތް ނިމި 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެތެރޭގައި ޚިދުމަތް ދެވެން ފެށޭނެކަމަށެވެ.

1500 ޓަނުގެ ކޯލްޑް ސްޓޭރޭޖަކާއި އެކު ހުޅުވާ މަސް ފެކްޓަރީއާއި ގުޅޭ ގޮތުން އަދްލީ އޭރު ވިދާޅުވީ އެތަން ހުޅުވުމުން ހުޅުމީދޫން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

އަދި މަސްފެކްޓަރީގެ މަސައްކަތް ނިމުމުން އައްޑޫގެ މަސްވެރިން ކުރިން ކޫއްޑޫ މަސް ކިރަން ދިއުމުގެ ތަކްލީފް ނިމިގެންދާނެ ކަމަށްވެސް އޭރުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

ނަމަވެސް މިތަނުގެ މަސައްކަތް ނުނިމި ދިގުލައިގެންގޮސް ރައީސް ޔާމިންގެ ވެރިކަން ނިމުމަކާއި ހަމައަށް އައި އިރުވެސް ވަނީ މަސައްކަތެއް ނުނިމުނެވެ. ނަމަވެސް ރިޔާސީ އިންތިޚާބުވެސް ބޯމަތިވުމުން، ކުއްލިއަކަށް ފެނުނީ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ހަމަޖައްސާ ރިބަންކަނޑާ ތަން ހުޅުވި މަންޒަރެވެ. ތަން ހުޅުވި އިރު އެތަނުގެ ޚިދުމަތް ދެވޭނެ އެއްވެސް ގޮތެއް، މަސްކިރޭނެ އެއްވެސް އިންތިޒާމެއް ހަމަޖެހިފައެއް ނެތެވެ. ނުވިތާކަށް މަސް ފެކްޓަރީއާ ކައިރިއަށް އުޅަނދަކަށް ގާތްކޮށްލެވޭނެ ފަދަ ވެސް އެތާކު ނެތެވެ.

މިފްކޯގެ މިހާރުގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ އަދިވެސް އެތަނުގެ ޚިދުމަތް ފެށުމަށް އެތައް ކަމެއް ކުރަންޖެހޭ ކަމަށެވެ.

އޭރުގެ ސަރުކާރުންވެސް 7.6 މިލިއަން ޑޮލަރުވަނީ މަސް ފެކްޓަރީ އެޅުމަށްޓަކައި ހަރަދުކޮށްފައެވެ. ނަމަވެސް 2017 ވަނަ އަހަރާއި ހަމައަށް އައި އިރުވެސް ތަނުގެ މަސައްކަތް ނުނިމި ހުރުމުން އިތުރު 5 މިލިއަން ޑޮލަރު ވަނީ އަނެއްކާވެސް ހަރަދުކޮށްފަ އެވެ.

ފައުޒީ ވިދާޅުވީ މިވަގުތު މަސް ފެކްޓަރީ އޮޕަރޭޝަނަށް ގެނައުމަށްޓަކައި 70 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބަނދަރެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 300 ދުވަހުން މަސައްކަތް ނިންމާ ގޮތަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިބަނަދަރުގެ މަސައްކަތް 2021 ވަނަ އަހަރުފެ ފަހު ކޮޅު ނިންމާލެވޭނެ ކަމަށާއި އެއިރުން މަސް ފެކްޓަރީ އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަސް ފެކްޓަރީއަކީ މަސް އެކްސްޕޯޓް ކުރެވޭ ފެންވަރަށް ތަރައްޤީ ކުރަން ނިންމާފައިވާ ތަނެއް ނަމަވެސް ރައީސް ޔާމިން ސަރުކާރުން މިތަން ނިންމުމުގައި ވަރަށް ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށް ފައުޒީ ފާހަގަކުރެއްވި އެވެ.

އެގޮތުން މިއަދު މި ފެކްޓަރީގެ ޚިދުމަތް ދެވޭ ނަމަ އައްޑޫ ސިޓީގެ މަސްވެރިންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބި އަދި މިފްކޯއަށް މިއަދު ދިމާވެފައިވާ ކެޕޭސިޓީގެ މައްސަލައަށްވެސް ބޮޑެތި ހައްލުތަކެއް ލިބިގެން ދިޔައިސް ކަމަށް ފައުޒީ ވިދާޅުވި އެވެ.

ފައުޒީ ވިދާޅުވީ މިހާރު ހުރި ވަރުންވެސް ކޮންމެވެސް ވަރަކަށް މަސް ސްޓޯ ކުރެވޭ ކަމަށާއި އެހެން ނަމަވެސް ބަނދަރުގެ ދަތިކަމާއި ހެދި އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ. އަދި ފެނުގެ ނިޒާމަށްވެސް ހައްލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެއީ ބޭނުންކުރަން އެންމެ އެކަށީގެންވާ ފެން ނޫން ކަމަށް ފައުޒީ ވިދާޅުވި އެވެ. އެގޮތުން ފެނުމުގެ ނިޒާމު ރަނގަޅު ކުރަންވެސް ބޮޑެތި ހަރަދު ކުރަންޖެހޭ ކަމަށާއި އެކަމަށްވެސް 8 ލައްކަ ރުފިޔާ ހޭދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޚިދުމަތް ދެވޭނެ ފެންވަރަށް ތަން ތަރައްގީވެފައި ނެތަސް 56 މީހުން އެތަނުގައި މުވައްޒަފުންގެ ގޮތުގައި އެބަތިއްބެވެ.

އައްޑޫގެ ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި އައްޑޫ މަސް ފެކްޓްރީ އަޅާފައިހުރީ ސިޔާސީ ބޭނުމަކަށެވެ. އެނޫން ބޭނުމެއް މިއަދާ ހަމައަށް އެތަނުން ފެންނާކަށްވެސް ނެތެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަން ކުރިއަރުވަން ތަފާތު ކަންކަން ފެށިގެން ދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވަމުން ރާއްޖޭގެ މަސްވެރިންނަށް ރިޔާސީ ވައުދާއެކު ބޮޑެތި ހުވަފެންތަކެއް ވަނީ ދައްކާފަ އެވެ. އެގޮތުން މަސްވެރިންނަށް ދޭން ވައުދުވި ދިހަހާސް ރުފިޔާ ވެސް ވެރިކަން ނިމުނުއިރުވެސް ދެވިފައެއް ނުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދުގެ ސޯލިޙްގެ ސަރުކާރުން މިހާރުވެސް އިންޑިއާއިން އައްޑޫގައި ގާއިމް ކުރާ ތިން މަސް ފެކްޓަރީން ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، އަގު އެއްކުރެވޭ ބާވަތްތައް އުފެއްދުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މީގެ ކޮންމެ މަސް ޕްލާންޓަކުން 20 ޓަނުގެ އައިސް އުފައްދައި 10 ޓަނުގެ މަސް ފިނިކޮށް ބެހެއްޓޭނެ ވަސީލަތްތައް ގާއިމް ކުރެވޭނެއެވެ. އަދި މަސް ޕްލާންޓުތަކުން މަސް ކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމްޕެކް ކުރުމާއި ޕެކޭޖްކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މި މަސްޕްލާންޓުތައް ޤާއިމު ކުރުމުން 400 ޓަނާއި 800 ޓަނާއި ދެމެދުގެ އަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރުމަށް މަގުފަހިވެގެންދާނެއެވެ.

އިންޑިއާގެ އެހީގައި އައްޑޫގައި ގާއިމްކުރާ ގޭ ދޮށު މަސް ފެކްޓަރީ ހެދުމަށް ނިންމާފައިވަނީ ހިތަދޫ، ހުޅުމީދޫ އަދި މަރަދޫގައެވެ.

މި ފެކްޓަރީތައް ނިންމުމަށް 6 މަސް ދުވަސް ނަގާއިރު މީގެ ސަބަބުން މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ. ބުނެފައެވެ.

ގޭ ދޮށު މަސްފެކްޓަރީ ވައުދަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
ރައީސް މައުމޫން ދެން ހައްދަވާނީ ކިހިނެއް؟

ރައީސް މައުމޫން ދެން ހައްދަވާނީ ކިހިނެއް؟

23 އެޕްރީލު 2017
ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

19 އެޕްރީލު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު