Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުން އަނިޔާކުރިކަމަށް ބުނާ މައްސަލައެއް

އަނީސްއަށް ފުލުހުން އަނިޔާކުރިކަން އެނގޭކަށް ނެތް - ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ

މި މައްސަލަ ކޮމިޓީއަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2020 | އާދީއްތަ 17:50
ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

ރ މީދޫ ހުސްނުހީނާގެ އަހުމަދު އަނީސް، ރ.މީދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުމަށްފަހު އެ ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު އޭނާއަށް އަނިޔާކޮށްފައިވާކަމަށް ބުނާ މައްސަލަ ކޮމިޓީން ބެލިއިރު އޭނާއަށް ފުލުހުން އަނިޔާކޮށްފައިވާކަން އެނގެން ނެތްކަމަށާއި އެހެންކަމުން އެ މައްސަލަ ކޮމިޓީން އިތުރަށް ބެލުމުގެ ޖާގައެއް އޮތްކަމަށް ކޮމިޓީއަށް ނުފެންނަކަމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މި މައްސަލައަކީ އަހުމަދު އަނީސް، ރ.މީދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުމަށްފަހު އެ ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު އޭނާއަށް އަނިޔާކޮށްފައިވާކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް އެދި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން ބަލާފައިވާ މައްސަލައެކެވެ. މި ހާދިސާ ހިނގާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ. މި މައްސަލަ ކޮމިޓީއަށް ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފެވެ. މިކަންތައް ހިނގައިދިޔަގޮތް ކޮމިޓީން ފުލުހުންގެ އިދާރާއިން ސާފުކޮށްފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެއެވެ.

Advertisement - newsAdvertisement

މި މައްސަލަ ކޮމިޓީން ދިރާސާކުރިއިރު ހަ ކަމެއްވަނީ ހޯދާފައެވެ. އޭގެތެރޭގައި ހިމެނެނީ އަނީސްއަށް ފުލުހަކު އަނިޔާކޮށްފައިވާކަމަށް ތުހުމަތުކޮށް އަނީސްގެ ކަންބޮޑުވުން އޮތްކަމަށް ދޭހަވާގޮތަށް ފޭސްބުކްގައި ޝުއޫރު ފާޅުކޮށްފައިވާކަން ފާހަގަކުރެވުމުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ އިސްނެގުމަށް އެ ހާދިސާ ތަހުގީގުކޮށްފައިވާކަމަށެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން މި ހާދިސާ ހިނގައިދިޔަގޮތް ބެލިއިރު، އަނީސްއާއެކު އިތުރު މީހަކު 20 އޭޕްރީލްގެ މެންދުރުގެ ވަގުތެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެ ދެ މީހުން ބަނދަރު ސަރަހައްދުން ހުއްޓުވިކަމަށްވެއެވެ. އަދި އެ ދެ މީހުން ބަލާ ފާސްކުރުމުން އަނީސްއަކީ މީގެކުރިން މިފަދަ ތުހުމަތެއް ކުރެވިފައިވާ ފަރާތަކަށް ނުވާތީ އޭނާ ހުއްޓުވުމުން އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާކަން ފުލުހުންގެ ބަހުން އެނގެން އޮތްކަމަށެވެ.

ނަމަވެސް އަނީސްއަކީ މީދޫގައި މަސްތުވާތަކެތީގެ ނެޓްވޯރކްތަކާއި ގުޅުން އޮންނަ އެފަދަ އަމަލުތައް ހިންގުމުގައި ބައިވެރިވުން އޮންނަ ފަރާތެއްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަން ތަހުގީގު ޓީމަށް ލިބިފައިވާ މައުލޫމާތުން އެނގެން އޮންނަކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ފުލުހަކު އަނިޔާކުރިކަމަށް ތުހުމަތު ކުރިނަމަވެސް އަނީސްގެ މެޑިކޯ ލީގަލް ރިޕޯޓުން އޭނާއަށް އަނިޔާކޮށްފައިވާ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށްވެސް ވެއެވެ.

އޭގެ އިތުރުން ހާދިސާ ހިނގިކަމަށް ބުނާ ވަގުތަކީ އެތަނުގައި އިތުރު ބަޔަކު ތިބި ވަގުތަކަށް ނުވާތީ އަނީސް ބުނެފައިވާފަދަ އަމަލެއް ހިންގުން ދުރުކަމަށް ފުލުހުންގެ ތަހުގީގުޓީމަށް ފެންނަކަމަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގެން އޮންނަކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި މިކަން ހިނގައިދިޔަ ގޮތަށް ބަލާއިރު ފުލުސް މީހާއާ މެދު ފިޔަވަޅެއް އަޅަން ނުފެންނަކަމަށް ބޯޑުން ނިންމާފައިވާކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ކޮމިޓީން ހުށައެޅި ތިން ހުށައެޅުމުގެ ތެރޭގައި، މައްސަލަ ކޮމިޓީން އިތުރަށް ބެލުމުގެ ޖާގައެއް އޮތްކަމަށް ކޮމިޓީއަށް ނުފެންނަ ކަމަށްވަނީ ނިންމާފައެވެ. އަދި މިކަމުގައި އިތުރު މައްސަލައެއް އޮތްކަމަށް ފެންނަނަމަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު އޮތްކަމަށް މައްސަލަ ހުށަހެޅި ފަރާތަށް ދެންނެވުމަށް ކޮމިޓީންވަނީ ނިންމާފައެވެ. މި ރިޕޯޓް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު