Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައު ސީޒަނަށް ޔޫވީގެ ތައްޔާރީތައް

ޔޫވީގެ އަމާޒު ގަދަ ތިނަކަށް

5 ޑިސެމްބަރު 2020 | ހޮނިހިރު 09:59

ޔޫވީން ވަނީ އައު ސީޒަނަށް ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 ޑިސެމްބަރު 2020 | ހޮނިހިރު 09:59
ޔޫވީގެ ކޯޗު މުޙައްމަދު އާދަމެ

ޔޫވީގެ ކޯޗު މުޙައްމަދު އާދަމެ

ކުރިއަށް އޮތް ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ އަމާޒަކީ ގަދަ ތިނެއްގައި ވާދަކުރުން ކަމަށް އެ ޓީމުގެ މެނޭޖަރު މުޙައްމަދު ފަސީން ރާފިއު ބުނެފިއެވެ.

އައު ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން ޔޫވީން ވަނީ ބިދޭސީ ހަތަރު ކުޅުންތެރިއަކު އެ ޓީމަށް ގެނެސްފައެވެ. އެ ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކުލަބުގައި 2018 ވަނަ އަހަރު މޮޅު ކުޅުމެއް ދެއްކި ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭވް އާއި، މީގެ ކުރިންވެސް ޔޫވީއަށް ކުޅެފައިވާ ކިރްގިސްތާނުގެ ގޯލްކީޕަރު ރުސްލާން އާމިރޯފާއި، ޔޫކްރޭނުގެ ފޯވާޑް ކީރްލޯ ސިލިޗް އަދި ކިރްގިސްތާނުގެ ޑިފެންޑަރު މަރަޓް އަދްޒިނިޔަޒޯފެވެ.

އަދި އެ ޓީމުން ވަނީ ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) އާއި، ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ގެ އިތުރުން، ކުލަބު އީގަލްސްގެ އިސްމާއިލް ފަރުހާދު (ފަރޭ) އާއި އަޙްމަދު ނިޒާމް (ކުޑަ ނިޒާމްބެ) ވެސް އެ ޓީމަށް ގެނެސްފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޔޫވީގެ މެނޭޖަރު މުޙައްމަދު ފަސީން ރާފިއު ބުނީ މި ހިސާބަށް އައިރު ބޭރު ހަތަރު ކުޅުންތެރިންނާއެކު މިހާތަނަށް ގާތްގަނޑަކަށް 11 ނޫނީ 12 ވަރަކަށް ކުޅުންތެރިން އެ ޓީމަށް ގެނެވިފައިވާ ކަމަށެވެ. އަދި ވަރުގަދަ ޓީމެއް ހެދުމަށް މި ހިސާބަށް އައިރު ބޭނުންވި ކުޅުންތެރިން ލިބިފައިވާ ކަމަށާއި، އެހެންކަމުން މި ފަހަރުގެ ޔޫވީގެ ޓާގެޓަކަށް ލީގުގެ ގަދަ ތިނެއްގައި ވާދަކުރުން ކަނޑައަޅާފައިވާ ކަމަށްވެސް ބުންޏެވެ.

އައު ސީޒަނަށް ޔޫވީން ކުރިމަތިލާއިރު، މި ފަހަރުވެސް އެ ޓީމުގެ ކޯޗަކަށް ހުންނާނީ މިދިޔަ ސީޒަނުގެ މެދު ތެރެއިން އެ ޓިމާ ހަވާލުވި ކޯޗު މުޙައްމަދު އާދަމެވެ. އެކަމަކު މުޙަމަދު އާދަމުގެ އެދުމަކަށް ޔޫވީގެ ފަރިތަކުރުންތަކުގައި ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) އާއި ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމާޢީލް ޒަރިޔަންދު އަންނަނީ ބައިވެރިވަމުންނެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ މުޙައްމަދު އާދަމް ބުނީ ތަޖުރިބާކާރު ކޯޗުންގެ ކިބައިން އަބަދުވެސް ކަންކަން ދަސްކުރަމުން އަންނަ ކަމަށާއި، އެގޮތުން ސާތިގެ އިތުރުން ރާއްޖޭގެ ތަޖުރިބާކާރު ގިނަ ކޯޗުންގެ ފަރާތުން އޭނާއަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާ ކަމަށެވެ. އަދި އެ ޓީމުގެ ކޯޗިންގ ޓީމުގައި ސާންތި އާއި ޒަރިޔަންދު ހަރަކާތްތެރިވަމުން އަންނައިރު، އަދި މިހާތަނަށް އެ މީހުންގެ ފުރިހަމަ އެއްބާރުލުން މުޅި ޓީމަށްވެސް ލިބެމުން އަންނަ ކަމަށް މުޙައްމަދު އާދަމް ބުންޏެވެ.

ވަރުގަދަ ސްކޮޑަކާއެކު ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ޔޫވީން މިދިޔަ ނިވެމްބަރު މަހުގެ އެއްވަނަ ދުވަހު ފަރިތަކުރުންތައް ފެށިއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔޫވީން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
02 މާރިޗު 2017

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

02 މާރިޗު 2017
ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް