Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް މިނިސްޓްރީ / ވެންޓިލޭޓަރުތަކުގެ މައްސަލަ

ކުރީގެ ހެލްތް މިނިސްޓަރު އަމީން ގަސްތުގައި މަޖިލީހަށް އޮޅުވާލެއްވި ކަމަށް ކޮމެޓީން ނިންމައި، ރިޕޯޓް ތަޅުމަށް

5 ޑިސެމްބަރު 2020 | ހޮނިހިރު 08:07

ކުރީގެ ހެލްތް މިނިސްޓަރު ވަނީ ގަސްތުގައި ކޮމެޓީއަށާއި މަޖިލީހަށް އޮޅުވާލާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 ޑިސެމްބަރު 2020 | ހޮނިހިރު 08:07
ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ގަސްތުގައި މަޖިލީހަށް އުޅުވާލައްވައިގެން މައުލޫމާތު ދެއްވިކަމަށް ނިންމައި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކީ ކޮމެޓީން އެމައްސަލަ ނިންމުމަށްފަހު، ކޮމެޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން އާދިއްތަ ދުވަހުގެ ހަވީރު 16:30 ބޭއްވާ ޖަލްސާއަށް އެރިޕޯޓް ވަނީ އެޖެންޑާވެސް ކޮށްފަ އެވެ.

Advertisement - newsAdvertisement

ކޮމެޓީ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި، ވެންޓިލޭޓަރުތަކުގެ މައްސަލައާ ގުޅިގެން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ލިޔުމުން ޖަވާބު ހޯއްދެވުމަށް އޭރު ހެލްތް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަމީންއަށް ފޮނުއްވި ސުވާލުގެ ޖަވާބުގައި، އެމިނިސްޓްރީ 28 އޭޕްރީލް 2020 ގައި ސިޓީން ދެއްވާފައިވާ މައުލޫމާތާއި، 20 އޮކްޓޯބަރު 2020 ގައި އޮތް ކޮމެޓީގެ ބައްދަލުވުމުގައި އަމީން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، އެއްވެސް ތަފާތެއް ހުރިކަމަށް ކޮމެޓީން މެމްބަރުންނަށް ފާހަގަ ކުރެވިފައިނުވާކަން ފާހަގަކޮށްފައި ވެއެވެ. ނަމަވެސް، 16 އޮގަސްޓް 2020 ގައި އޮޑިޓަރ ޖެނެރަލް ނެރުއްވި "ކޮވިޑް-19 އާގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް" ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކޮމެޓީން އަމީންއާ ކުރިމަތި ކުރިވި ސުވާލުތަކަށް ދެއްވާފައިވާ ޖަވާބު އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާ ހިލާފުކަން ކޮމެޓީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން، ކޮމެޓީއަށް ހާޒިރުވެ، އަމީން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، ވެންޓިލޭޓަރުތައް ހޯދުމުގައި ޑަބްލިޔުއެޗްއޯ އާ ހެލްތް މިނިސްޓްރީއާ ދެމެދު ރަސްމީކޮށް މުއާމަލާތް ކުރެވުނުކަން ފާހަގަކުރައްވައި، އެ މުއާމަލާތްކުރިކަމުގެ ހެއްކެއްގެ ގޮތުން އަމީން ކޮމެޓީއަށް ހުށަހެޅުއްވި އީމެއިލް ބެލިބެލުމުން، އެ އީމެއިލްއިން މުއާމަލާތްކޮށްފައިވަނީ ހެލްތް މިނިސްޓްރީގެ މުވައްޒަފަކާކަން ނުވަތަ މިނިސްޓްރީއާ ގުޅުންހުރި ފަރާތަކާކަން އެ ލިޔުމުން އެނގެން ނެތް ކަމަށެވެ. އަދި އެފަދަ ރަސްމީ ލިޔުމެއް އޮތްނަމަ ހުށަހެޅުމަށް އަމީންއަށް އިތުރު ފުރުސަތު ކޮމެޓީން ދެއްވި ކަމަށާއި ނަމަވެސް އިތުރު އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށް ކޮމެޓީން ރިޕޯޓުގައި ބުނެފައި ވެއެވެ.

މިމައްސަލަ ނިންމުމުގައި ކޮމެޓީން ޑަބްލިޔުއެޗްއޯގެ ކަންޓްރީ އޮފީހުން ރަސްމީކޮށް، މައުލޫމާތު ހޯދުމުގެ ބަދަލުގައި މިމައްސަލަ ނިންމާފައިވަނީ، އޮޑިޓް އޮފީހުން ނެރެފައިވާ "ކޮވިޑް-19 އާގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް" އަށް ރިޔާއަތް ކޮށެވެ.

ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދޭން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި އަމީން ހެލްތް މިނިސްޓަރަކަށް ހުންނަވައި، ބޮޑެތި ޖަރީމާތަކެއް ހިންގިކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ޕީޖީގެ އޮފީހަށް ފޮނުވިއެވެ. އެހެންނަމަވެސް ޕީޖީން ނިންމާފައިވަނީ އެކަމުގައި ދައުވާ ކުރެވޭވަރަށް ހެކި ނެތްކަމަށެވެ. އޭސީސީން ދަނީ އެމައްސަލަ އަލުން ބަލަމުން ނެވެ. މި މައްސަލައާއި ގުޅިގެން ކުރިމަތިވީ ފިއްތުންތަކާއި ގުޅިގެން އަމީނު ވަނީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ދުބާއީގެ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިން އަކީ، ވެންޓިލޭޓަރު ގެންނަން ހަވާލު ކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުންޏެވެ. އެމީހުން ރާއްޖެއަށް ވެންޓިލޭޓަރެއް ފޯރުކޮށްދޭނެ އަގެއް ކަމަށް ބުނެފައިވަނީ، 32،500 ޑޮލަރަށެވެ. އެއީ އެހެން ކުންފުނިތަކުން ހުށަހެޅި އަގަށްވުރެ މާބޮޑުތަނުން ވެސް ބޮޑު އަގެއް ކަމަށް ވެއެވެ. އެ ކުންފުންޏަށް 75 ވެންޓިލޭޓަރު، 34 މިލިއަން ރުފިޔާއަށް ރާއްޖެއަށް ފޯރުކޮށްދިނުމަށް ހަވާލުކުރިއިރު، މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު، ވެންޓިލޭޓަރުތައް ގެނައުމުގެ އެގްރީމަންޓްގައި ސޮއިކޮށްފައިވެއެވެ.

އޭޕްރީލް މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެޑްވާންސަށް 30.9 މިލިއަން ރުފިޔާ ވެސް ވަނީ ދައްކާފައެވެ. އެގްރީމަންޓްގައި 14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ރާއްޖެ ގެނެވޭނެ ކަމަށް ބުނެފައިވާއިރު، މިހާތަނަށް ލިބިފައިވަނީ 10 މޮބައިލް ވެންޓިލޭޓަރެވެ. މިއީ ހެލްތް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިން ފޮނުވި ވެންޓިލޭޓަރުތަކުގެ ބަދަލުގައި ފޮނުވާފައިވާ ވެންޓިލޭޓަރު ތަކެކެވެ. ކުރިން ރާއްޖެ ފޮނުވާފައި ހުރީ ހެލްތް މިނިސްޓްރީން ހުށަހެޅި މިންގަނޑުތަކަށް ނުފެތޭ ވެންޓިލޭޓަރުތަކެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް