Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފާރިސް މައުމޫން ހައްޔަރުކުރި މައްސަލަ

ކެންސަލްކުރި ފާރިސްގެ ބަންދު އަމުރުގެ އަޑުއެހުން މާދަމާއަށް ތާވަލްކޮށްފި

މިދިއަ ހަފްތާގެ ބުރާސްފަތި ދުވަހަށް އެމައްސަލައިގެ އަޑުއެހުން ތާވަލްކުރުމަށްފަހު ވަނީ ކެންސަލް ކޮށްފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2020 | ބުދަ 17:09
ރައީސް ޔާމީންގެ ވެރިކަމުގައި ފުލުހުން ފާރިސް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދަނީ: ރައީސް ޔާމީންގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލި

ރައީސް ޔާމީންގެ ވެރިކަމުގައި ފުލުހުން ފާރިސް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދަނީ: ރައީސް ޔާމީންގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އަހުމަދު ފާރިސް މައުމޫން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ދެ ކޯޓު އަމުރެއްގެ އިސްތިއުނާފް އަޑުއެހުން އަނެއްކާވެސް ބުރާސްފަތި ދުވަހަށް ހައިކޯޓުގައި ތާވަލްކޮށްފިއެވެ.

މިދިއަ ހަފްތާގެ ބުރާސްފަތި ދުވަހު، އެ އަޑުއެހުންތައް ތާވަލް ކުރުމަށްފަހު ވަނީ ކެންސަލްކޮށްފައެވެ.

Advertisement - newsAdvertisement

މީގެ ތިން އަހަރު ކުރިން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ އެ ދެ ކޯޓު އަމުރާއި ގުޅޭ މައްސަލާގައި މިދިއަ ބުރާސްފަތި ދުވަހު ބާއްވަން ތާވަލް ކުރި އަޑުއެހުން ކެންސަލްކޮށްފައިވަނީ މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން ކަމަށް ވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނިމިދިއަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން ސިޔާސީ ހަމަނުޖެހުންތައް އިންތިހާއަށް ފެންމަތިވެގެންދިޔައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި، 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅުން ހައްޔަރު ކުރުމުގެ އަމުރުތަކެއް އޭރު ކްރިމިނަލް ކޯޓުން ނެރެފައިވެއެވެ.

އޭގެ ތެރޭގައި ފާރިސް މައުމޫން ހައްޔަރު ކުރުމާއި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުތަކެއް ނެރެފައިވެ އެވެ. އޭރު ފާރިސް މައުމޫނަކީ، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފާރިސްގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު ބަންދުގެ އަމުރުތައް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް އަދިވެސް ހައިކޯޓުގައި ކުރިއަށް ނުގޮސް މަޑުޖެހިފައިވާކަންވެސް ފާހަގަ ކުރެވެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ލިބިލެއްވި ނާކާމިޔާބާއެކު، އޭރު ޖަލުގައި ތިއްބެވި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އިސް ފަރާތްތައް ވަނީ ޝަރުއީ ކޯޓުތަކުގެ އެކި މަރުހަލާތަކުން ދޫކުރުމަށް އަމުރުކޮށްފައެވެ. އެގޮތުން އޭރު ކްރިމިނަލް ކޯޓުން ނެރުނު ބަންދުގެ އަމުރުތަކާއި ސިޔާސީ ލީޑަރުންގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ވެސް މަތީ މަރުހަލާގެ ކޯޓުތަކުން ބާޠިލްކުރުމުން އެ ހުރިހާ ފަރާތްތަކެއް ވަނީ މިނިވަންވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު