Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޕީއެލްގެ ކޮރަޕްޝަން މައްސަލަ

އެމްޕީއެލްގެ ބޮޑު ހިޔާނާތުގެ ތަފްސީލް ޝާހިދުގެ ދުލުން

އެކަމުގައި ޝާމިލްވާ މުވައްޒަފުންގެ ތެރެއިން ބަޔަކުވަނީ ވަޒީފާގެ މައްސޫލިއްޔަތުން އެކަހެރި ކުރެވިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2020 | އަންގާރަ 01:52
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު، ޝާހިދު އަލީ

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު، ޝާހިދު އަލީ

ކޮވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޭނުމަށް ތެޔޮ ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަފްސީލް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޝާހިދު އަލީ ހިއްސާކުރައްވައިފިއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި އެކަމުގެ ތަފްސީލް ހާމަކުރައްވަމުން ޝާހިދު ވިދާޅުވީ ފުރަބަދުގައި އެކުންފުނިން މަސައްކަތް ކުރަމުންއައީ ވަރަށް މަދު މުވައްޒަފުން ނެރެގެން އާންމުކޮށް ހިނގާ އުސޫލްތަކަސް ވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްގެންކަމަށެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތައް ފާހަގަ ކުރެވުނީ ގާތްގަނޑަކަށް މަހެއްހާދުވަސް ކުރިން ކަމަށާއި އެކަން އެނގުމާއި އެކު ގޭގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންވެސް ނެރެ ކޮންމެ މަހަކު އެއްފަހަރު ހަދަމުންދާ ފިއުލް ކޮންސަމްޕްޝަން ރިޕޯޓް އޭގެ ކުރީގެ ތިން މަހުގެ ރިޕޯޓާއި އެއްކޮށް އެކުލަވާލާފައި ނެރުނުއިރު އާންމު އުސޫލުން ތެޔޮ ގަންނަ ވަރަށްވުރެ ބޮޑު އަދަދަކުން ގަނެވިފައި ހުންނަ ކަން މެނޭޖްމަންޓަށްވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ އެކަމާ ގުޅިގެން ފައިނޭންސް ޑިޕާޓްމަންޓުން ނެރުނު ރިޕޯޓަށް ބޭސްކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން އެކަމުގައި މައްސަލައެއް އުޅޭކަމަށް ފާހަގަ ކުރެވިގެން އެޑިޕާޓްމަންޓާއިއެކު މަޝްވަރާކޮށް އެކަން ހިނގާފައިވާގޮތް އިންޓާނަލް އޮޑިޓްގައި އޮޑިޓް ކޮށްދިނުމަށް އެދި ރިޕޯޓްކޮށްފައިވާނެ ކަމަށެވެ.

އިންޓާރނަލް އޮޑިޓުން އޮޑިޓް ޕްރޮސެސްއެއް ފަށާފައިވާނީ އޮޑިޓް ކޮމިޓީގެ ލަފާގެ ދަށުން ބޯޑުމެންބަރުންވެސް ޝާމިލު ވެގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި އެ ޕްރޮސެސް ކުރިއަށްދާތާ މަހެއްހާދުވަސް ވެދާނެ ކަމަށާއި އެ އޮޑިޓުން އައިޑެންޓިފައި ކުރެވުނު ކަންތައްތަކުން ޑޮކިއުމެންޓްތަކެއް ފޯޖްވެސް ކުރެވިފައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.

ތަހުޤީގު ކުރިއަށް ގެންދިޔައިރު އެކަމުގައި ޝާމިލްވާ މުވައްޒަފުންގެ ތެރެއިން ބަޔަކު މަސްއޫލިއްޔަތުން އެކަހެރިކޮށް ގެއަށް ފޮނުވާލާފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެކަމާ ގުޅުންހުރި މުވައްޒަފުންގެ ނެގި ބަޔާނުގެ ތެރެއިން ލޮކްޑައުންގެ ތެރޭގައި އެކަން ކުރަމުންގެންދާކަން އެއް މުވައްޒަފަކު އިއުތިރާފްވެސް ވެފައިވާ ކަމަށެވެ.

އަދި އެ ކަން ކުރަނީ ތެޔޮ ސަޕްލައި ކުރާ ފަރާތް އެސްޓީއޯގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައިގެ ބައެއް ފަރާތްތަކާއި ގުޅިގެންކަމަށް ވެސް ބަޔާންދީފައިވާ ކަމަށެވެ.

މިހުރިހާ ހޯދުންތަކާއެކު އޮޑިޓް ރިޕޯޓް އޮޑިޓް ކޮމިޓީގައި މަޝްވަރާކޮށް ބޯޑަށް ހުށަހެޅުނީ ރިކޮމެންޑޭޝަންތަކަކާއި އެކު ކަމަށާއި އެ ރިކޮމަންޑޭޝަންތަކަކީ މިހާރު ހޯދިފައި ހުރި ހޯދުންތަކުން އަދި އިތުރަށް އިންވެސްޓިގޭޓްކުރަންޖެހޭކަމެއް ކަމަށެވެ.

އޭގެ އިތުރަށް ޑޮކިއުމަންޓްތަކެއް ފޯޖް ކޮށްފައި ހުރުމުން އެއީ ޖިނާއީ މައްސަލައަކަށްވެސް ވާތީ މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހުށަހަޅާ މައްސަލަ އިތުރަށް ތަހުޤީގު ކުރަމަށް ނިންމާފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީއަށްވެސް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އަދި އެމްޕީއެލްއަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއްކަމަށްވާތީ އޮޑިޓަރޖެނެރަލްގެ ސަމާލުކަމަށް ގެނެސް އޮޑިޓަރޖެނެރަލްގެ ފަރާތުން ޚާއްސަ އޮޑިޓެއް ކުރުމަށް އެދިފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ އެކުންފުނީގެ ކުރީގެ ޗެއަރމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ގެ ޓްވީޓްގައި ފާހަގަ ކުރައްވާފައިވާ ކުންފުނީގެ 25 ވަނަ ބޯޑް މީޓިންއަކީ ކުންފުނީގެ ތެރެއިން ޚާއްސަ އިންވެސްޓިގޭޓިވް ކޮމިޓީއެއް ނަގައި ކުންފުނީގެ ތެރޭގައިވެސް އިތުރު އިންވެސްޓިގޭޝަނެއް ހިންގައި މިކަމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ބޭއްވި މީޓީންގްއެކެވެ. ނަމަވެސް އެޖެންޑާކޮށްފައި ނެތް ކަމެއް ކުންފުނީގެ ޗެއާރމަން ހުށަހެޅުމުން އަޣުލަބިއްޔަތުން ނިންމީ އޮޑިޓް ކޮމިޓީއިން ދީފައިވާ އިރުޝާދާއި އެއްގޮތަށް އެކަން ކުރުމަށެވެ،

އެއީ ބޯޑު މީޓިންގެ މާކުރިންވެސް ކުންފުންޏަށް ފާހަގަ ކުރެވިފައި އަދި ކުންފުނިން މަސައްކަތްވެސް ފަށާފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ބޯޑުގެ ޕްރޮސީޑިންގްސް އިންނަ ގޮތުން ވޯޓަކަށް އަހަނީ އެޖެންޑާ ކޮށްފައި އޮންނަ އައިޓަމްތައް ކަމަށާއި ވޯޓަށް އެހުމުން މިވަގުތު އެގޮތަށް ކުރިއަށް ގެންދަން ނުފެންނަ ކަމަށް ހަތަރު ބެފުޅަކު ވިދާޅުވިކަމަށެވެ. އަދި ފެންނަނީ އޮޑިޓް ކޮމިޓީން ލަފާދީފައިވާ ގޮތަށް ކުރިއަށް ގެންދަން ކަމަށް އެބޭފުޅުން ވިދާޅުވިކަމަށެވެ.

ޝާހިދު ވިދާޅުވީ ޗެއަރމަންގެ ޓްވީޓުން ހާމަވަނީ ހަގީގަތާ ޚިލާފު މައުލޫމާތެއް ކަމަށާއި އެދުވަހު އެ ވޯޓު ނެގުނީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ސަސްޕެންޑް ކުރަން ނޫން ކަމަށެވެ.

އެކަމާ ތުހުމަތު ކުރެވޭމީހުން އޭގެ މާކުރިން ތިބީ މަޤާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރެވި އެކަމުގެ އިންވެސްޓިގޭޝަން ހިނގަމުން އޭރު ދާކަމަށް ޝާހިދު ވިދާޅުވިއެވެ.

ހިނގާދިޔަ މި ޚިޔާނަތުގައި 8 މިލިއަން ރުފިޔާ އެމްޕީއެލްއިން ގެއްލިފައިވާ ކަމަށް ކުރެވޭ ތުހުމަތާ ގުޅޭ ގޮތުން ޝާހިދު ވިދާޅުވީ، 8 މިލިއަން ރުފިޔާ އެއީ ސީދާ އެއަދު ކަމަށް ނިންމަންޖެހޭ އަދަދު ނޫން ކަމަށާއި ހުރިހާ އެނަލިސިސްއެއް ނިމޭއިރު އެ އަދަދު ދަށަށް ދިއުމަކީވެސް ނުވަތަ އިތުރު ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައެވެ.

ޝާހިދު ވިދާޅުވީ އޮޑިޓް ރިޕޯޓްގައި ހުރި ތަފްސީލްތައް ޗެއަރމަންއަށް ވެސް އެނގިވަޑައިގަންނަވާނީ ބައްދަލުވުމުގައި ކަމަށާއި ކުރިއަށްދާ ތަހުގީގަކަށް ވާތީ އެ މައުލޫމާތު އަދި އާންމު ނުކުރާ ކަމަށެވެ.

ނަމަވެސް ޓްވީޓްގެ ސަބަބުން އާންމު ވެގެންދިޔައީ އަދި ޓްވީޓްގައި މައުލޫމާތު އޮތްގޮތުން އެމްޕީއެލްގެ ބޯޑުން އެކަން ތަހުޤީގު ކުރަން ނޫނީ ކުރަންޖެހޭގޮތަށް ކުރަން އެއްބާރުލުން ނުދިނުން ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ އެންމެ ފުނައް މި ތަހުގީގުގައި ދާނެ ކަމަށާއި ފުލުހުންނަށް ހުށަހެޅިގެން ފުލުހުން ވަނީ މި ތަހުގީގު ފަށާފައި ކަމަށެވެ. އެހެން އިދާރާތަކުން ވެސް ތަހުގީގު ވަރަށް ތަފްސީލްކޮށްބަލައި ކުރިއަށް ގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޕީއެލްއިން އެކުލަވާލި އިންވެސްޓިގޭޓިވް ކޮމިޓީންވެސް ހުރިހާ ތަފްސީލެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށާއި އަދި އެކަމުގައި ޝާމިލްވާ ނުވަތަ ތުމުތަމު ކުރެވޭ ކޮންމެ ލެވަލްއެއްގެ ފަރާތެއް ވިޔަސް އެފަރާތަކާއި މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު