Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހާއްސައެޙީއަށް ބޭނުންވާ ކުދިން

ސްކޫލުތަކުގެ ބޯޑުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ތަމްސީލްކުރުމަށް ޚާއްސަ އިސްކަމެއް ދޭނަން: އެޑިޔުކޭޝަން މިނިސްޓަރ

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަކި ގޮނޑިއެއް ހުންނަން ޖެހޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 27 ނޮވެމްބަރު 2020 | ހުކުރު 07:53
އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

ސްކޫލުތަކުގެ ބޯޑު މެނޭޖްމަންޓް ސިސްޓަމަކަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ތަމްސީލްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ޙާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ބުރާސްފަތި ދުވަހު ހުށަހެޅި މައްސަލަތަކަށް ވާހަކަދައްކަވަމުން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ސްކޫލުތަކުގެ ބޯޑުގެ އަދި ޕީޓީއޭގެ އިސް މަޤާމްތައް ތަމްސީލް ކުރުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަކި ގޮނޑިއެއް ހުންނަން ޖެހޭނެ ކަމަށް ބެލެނިވެރިންގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ވަރަށް ބޮޑަށް ތާޢީދު ކުރާ ކަމަށާއި ސްކޫލުތަކުގެ ބޯޑު މެނޭޖްމަންޓް ސިސްޓަމަކަށްދާއިރު އެކަން ކުރުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ތައުލީމުގެ ޤާނޫނުން ވެސް އެއްވެސް ތަފާތު ކުރުމެއް ނެތި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ އިންކްލޫސިވް އެޑިއުކޭޝަން ޕޮލިސީއަށްވެސް މިހާރު ބަދަލުތަކެއް ގެނެސް ޤާނޫނާއި އެލައިންވާ ގޮތަށް ފަރުމާކޮށްފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ފަސް އަހަރު މި ޕޮލިސީގެ ދަށުން ކުރާނެ މަސައްކަތްތަކާއި ގުޅޭ ސްޓްރެޓެޖިކް ޕްލޭންއެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. މިވެސް ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމިގެ ގޮތުން ކުރިއަށް ގެންދިޔަ މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެހެންނަމަވެސް މިނިސްޓްރީގެ މެންޑޭޓަކީ މިފަދަ ކަންކަމަށް ހައްލު ހޯދައި ދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްކޫލުތައް މޮނިޓަރިންގެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މިހާރުވެސް ޚިދުމަތުގައި ތިބި ޓީޗަރުންނަށް އެމްއެންޔޫއާއި ގުޅިގެން ތަމްރީންތަކެއް ދެމުންދާއިރު، 2019 އިން ފެށިގެން މި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށް މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ތައުލީމް ހާސިލްކުރަމުންދާ ސްކޫލުތަކަށް ސަރުކާރުންދޭ 2500 ރުފިޔާއަކީ ހަމައެކަނި އެ ކުދިންނަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށްދޭ ފާއިސާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު