Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަދަނީ ޖަމިއްޔާތަކާއެކު ހިންގޭ ޕްރޮގްރާމްތައް

އުއްމީދަކީ ޖަމިއްޔާތަކާއެކު ހިންގޭ ޕްރޮގްރާމްތައް އިތުރުކޮށް ރަނގަޅު ނަތީޖާތަކެއް ނެރުން: މަހްލޫފް

މިފަހަރުގެ ވޯކްޝޮޕް ކުރިޔަށް ގެންދަނީ ވަރޗުއަލްކޮށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 27 ނޮވެމްބަރު 2020 | ހުކުރު 07:58
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް

މަދަނީ ޖަމިއްޔާތަކާއެކު ހިންގޭ ޕްރޮގްރާމްތައް އިތުރުކޮށް އެ ޕްރޮގްރާމްތަކުން ރަނގަޅު ނަތީޖާތަކެއް ނެރުމަކީ އުއްމީދެއް ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޙްލޫފް މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ހުވަދޫ އެއިޑް ޖަމްއިއްޔާ އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ ޖަމިއްޔާތަކާއެކު މަސައަތްކުރުމަކީ ޔޫތު މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބައި ކަމަށެވެ. އެގޮތުން މި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވެސް ޖަމިއްޔާތަކާއި ގުޅިގެން ތަފާތު ޕްރޮގްރާމްތައް ހިންގިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ގައުމީ ފެންވަރުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއެކު ވެސް ޕްރޮގްރާމްތައް ހިންގިފައިވާ ކަމަށާއި އަދި މުޖުތަމައު ބާރުވެރިކުރުމަށް އެކިއެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ޕްރޮގްރާމްތައް ހިންގިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ މަހްލޫފް ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް ވީހާ ވެސް ގިނައިން މިފަދަ ހަރަކާތްތައް އިތުރުކޮށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތަކަށް މަސައްކަތް ކުރުން ކަމަށެވެ.

ޖަމިއްޔާތަކަށް އަމާޒުކޮށްގެން ގްރާންޓް ޕްރޮގްރާމެއް ހުޅުވާލިކަން ފާހަގަކުރައްވައި މިނިސްޓަރ މަހްލޫފް ވިދާޅުވީ ކޮވިޑްގެ ސަބަބުން އެ ޕްރޮގްރާމްގެ މަސައްކަތް ހުއްޓުނު ނަމަވެސް އުއްމީދަކީ އަންނަ އަހަރުގެ ތެރޭގައި އެ ޕްރޮގްރާމްގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.

އަދި މި ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕާއެކު ގްރާންޓް ޕްރޮގްރާމަށް ގިނަ ޖަމިއްޔާތަކަކުން ޕްރޮޕޯސަލް ހުށަހަޅުއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި މިނިސްޓަރ މަހްލޫފް ވަނީ ހުވަދޫ އެއިޑްއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންދަނީ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ކަމަށްވާއިރު މިފަހަރު ވޯކްޝޮޕްގައި 44 ޖަމިއްޔާއަކުން ވަނީ ބައިވެރިވެފައެވެ.

މިއީ މަދަނީ ޖަމިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އަމާޒުކުރެވިގެން ކުރިއަށް ގެންދާ ވޯކްޝޮޕެއް ކަމަށްވާއިރު މިފަހަރުގެ ވޯކްޝޮޕް ކޮވިޑް 19 އާ ގުޅިގެން ކުރިއަށް ގެންދަނީ ވަރޗުއަލްކޮށެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި

29 މާރިޗު 2017
ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި
23 މާރިޗު 2017

ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

23 މާރިޗު 2017
ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
23 މާރިޗު 2017

އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި

23 މާރިޗު 2017
އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި
21 މާރިޗު 2017

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި

21 މާރިޗު 2017
ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި
21 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ދޭ މީހުން އިތުރުކޮށްފި

21 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ދޭ މީހުން އިތުރުކޮށްފި
03 މާރިޗު 2017

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު