Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ14 ދުވަހުގެ ކަރަންޓީން މުއްދަތު

މާލެއިން ރަށަށް ދާން ބޭނުންވާއިރު، އަތޮޅުތެރޭގެ މީހުންގެ ޙައްޤުތަކެއްވެސްވޭ: ޑރ ނަޒްލާ

14 ދުވަހުގެ ކަރަންޓީން މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ނޮވެމްބަރު 2020 | ބުރާސްފަތި 23:43
ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް (ޓެގް) ގެ ޑޮކްޓަރ ނަޒްލާ މުސްތަފާ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް (ޓެގް) ގެ ޑޮކްޓަރ ނަޒްލާ މުސްތަފާ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

މާލެއިން ފުރައިގެންދާ މީހާ ފަސޭހައިން ރަށަށް ދާން ބޭނުންވާއިރު، އަތޮޅުތެރޭގެ މީހުންގެ ޙައްޤުތަކެއްވެސް ވާ ކަމަށް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް (ޓެގް) އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި 14 ދުވަހުގެ ކަރަންޓީން މުއްދަތާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ ނަޒްލާ މުސްތަފާ ވިދާޅުވީ، ދިރާސާތަކާއި، ކޮވިޑު ކޮންޓްރޯލް ކުރެވިފައިވާ ޤައުމުތަކަށް ބަލާއިރުވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ކަމަށެވެ. އަދި ކަރަންޓީންގެ މުއްދަތު ކުޑަކުރުމުން ކޮވިޑުގެ ނުރައްކާ އޮންނަ މިންވަރުވެސް އިތުރުވާކަން ފާހަގަ ކުރައްވައި ޑރ ނަޒްލާ ވިދާޅުވީ، ރަށެއްގައި ބަލި ފެތުރި ބަލީގެ އައުޓްބްރޭކެއް އައިސްފިނަމަ މާ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

Advertisement - newsAdvertisement

ޑރ ނަޒްލާ ވިދާޅުވީ، އަތޮޅު ތެރޭގެ ސިއްޙީ ނިޒާމުގެ ޙާލަތަށް ބަލާއިރު، އަތޮޅު ތެރެއަށް މިވަގުތު ޚާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން މިވަގުތު ކޮވިޑު ނޫން ބަލިތަކުގެ ފަރުވާވެސް ދެވެނީ "ހަމަ ކިރިޔާ" ކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ ނަޒްލާ މުސްތަފާ ވަނީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ކަނޑައެޅުމުގައި ދިވެހިންނާއި ބޭރު މީހުން ތަފާތުކުރާ ކަމަށް ދެކެވޭ ވާހަކައަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޑރ ނަޒްލާ ވިދާޅުވީ، ދިވެހިން ކަރަންޓީން ނުވެ ދާނަމަ، އާއިލާ މީހުންގެ ގެއަށް ޒިޔާރަތް ކުރުން ފަދަ ކަންކަމުގެ ތެރެއިން އާއިލާގައި ތިބޭ "ހައި ރިސްކް" މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރަށްރަށުގައި ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރައްވައި ޑރ ނަޒްލާ ވިދާޅުވީ، 14 ދުވަހުގެ ކަރަންޓީން މުއްދަތަކީ އަތޮޅު ތަކުގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

މާލެސިޓީގައި އޮތީ ކޮމިއުނިޓީ ސްޕްރެޑެއް ކަމަށްވާތީ މާލެއިން ފުރައިގެން އަތޮޅުތެރޭގެ ރަށަކަށް ދާނަމަ 14 ދުވަހުގެ ފުރަބަންދު ކަރަންޓީން ފުރިހަމަ ކުރަންޖެހެއެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ

11 މާރިޗު 2017
ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ
08 މާރިޗު 2017

ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް

08 މާރިޗު 2017
ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް
06 މާރިޗު 2017

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

06 މާރިޗު 2017
މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު