Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެދުފަންތީގެ ފަތުރުވެރިކަން ކުރިއެރުވުން

'ޕޮޝް' މާކެޓުގެ އިތުރުން މެދުފަންތީގެ ޓުއަރިޒަމަށް ވެސް އިސްކަން ދޭންޖެހޭ: ނިޔާޒް

އިތުރު 30 އިންސައްތަ ނުވަތަ 40 އިންސައްތަ މީހުންނަށް ޓާގެޓް ކުރެވޭނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 26 ނޮވެމްބަރު 2020 | ބުރާސްފަތި 07:48
ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް

މުއްސަނދިންނަށް ރާއްޖޭގެ ފަތުރުވެރިކަން އަމާޒުކުރުމުގެ އިތުރުން މެދުފަންތީގެ ފަތުރުވެރިކަމަށްވެސް އިސްކަން ދޭންޖެހޭ ކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ގާނޫނަށް ހުށައެޅިފައިވާ އިސްލާހުތައް ދިރާސާ ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރާއްޖޭގެ ފަތުރުވެރިކަން ބޮޑަށް އޮންނަނީ މުއްސަނދިންނަށް ޓާގެޓްކޮށްގެން ކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މާކެޓް ކުރެވިގެން ދަނީ ހަމައެކަނި މުއްސަނދިން އަންނަން ކަމުދާ ތަނެއްގެ ގޮތުގައި ކަމަށެވެ.

ނިޔާޒް ވިދާޅުވީ އޭގެ ބަދަލުގައި މެދުފަންތީގެ ފަތުރުވެރިކަމަށް އަމާޒުކުރެވިދާނެ ކަމަށާއި، އަދި އެގޮތަށް އަމާޒު ހިފައިފިނަމަ އިތުރު 30 އިންސައްތަ ނުވަތަ 40 އިންސައްތަ މީހުންނަށް ޓާގެޓް ކުރެވޭނެ ކަމަށެވެ.

ނިޔާޒް ވިދާޅުވީ މިހާރު ޓުއަރިޒަމްގެ ގާނޫނަށް ހުށައެޅިފައިވާ އިސްލާހުތަކުން މިކަމަށް މަގުފަހިކުރަނީ ކިހާވަރަކަށްތޯ ބަލަން ޖެހޭ ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިން ޒިޔާރަތް ނުކުރަނީ ދަތުރުފަތުރު ކުރުމަށް ހުރި ދަތިތައް ކަން ފާހަގަކުރައްވާ އޭނާ ވަނީ ދަތުރުފަތުރުކުރުމުގެ އަގުތަކަށް ބަދަލުތަކެއް ގެނައުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ބަޖެޓް އެއަރލައިންތައް ރާއްޖެއަށް ގެނައުމަށް އޮތް ދަތިތައް ދެނެގަނެ، މެދުފަންތީގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި 'ޕޮޝް' މާކެޓަށް ފޯކަސް ނުކޮށް މެދު ފަންތީގެ ފަތުރުވެރިކަން ކުރިއަރުވާ، ގައުމަށް އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ފަތުރުވެރިކަމުގެ ގާނޫނަށް ހުށައެޅިފައިވާ އިސްލާހުތަކުގައި ރާއްޖެއަށް ރިއަލް އެސްޓޭޓް ފަތުރުވެރިކަން ތައާރަފްކޮށް، ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ވަނީ ހުށައަޅާފައެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2019

ސީ ލައިފް މައްސަލަ ފުލުހުންގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނަށް

01 މާރިޗު 2019
ސީ ލައިފް މައްސަލަ ފުލުހުންގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނަށް
01 ނޮވެމްބަރު 2018

އަބްދުﷲ ސައިދާއި، އަލީ ހަމީދާއި، ހަސަން ސައީދުގެ އިތުރުން ސިޔާދުގެ މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕީޖީން ނިންމައިފި

01 ނޮވެމްބަރު 2018
އަބްދުﷲ ސައިދާއި، އަލީ ހަމީދާއި، ހަސަން ސައީދުގެ އިތުރުން ސިޔާދުގެ މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕީޖީން ނިންމައިފި
10 އޮކްޓޯބަރު 2018

ރައީސް މައުމޫނާއި ފާރިސްގެ އިތުރުން ނަދީމް ދޫކޮށްލުމަށް ކޯޓަށް ހުށަހަޅައިފި

10 އޮކްޓޯބަރު 2018
ރައީސް މައުމޫނާއި ފާރިސްގެ އިތުރުން ނަދީމް ދޫކޮށްލުމަށް ކޯޓަށް ހުށަހަޅައިފި
10 އޮކްޓޯބަރު 2018

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ އިތުރުން ހަސަން ސައީދަށް ކުރި ރިޝްވަތު ދައުވާ ބާތިލުކޮށްފި

10 އޮކްޓޯބަރު 2018
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ އިތުރުން ހަސަން ސައީދަށް ކުރި ރިޝްވަތު ދައުވާ ބާތިލުކޮށްފި
14 ސެޕްޓެމްބަރު 2018

މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތް ކުރާނަން: އިބޫ

14 ސެޕްޓެމްބަރު 2018
މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތް ކުރާނަން: އިބޫ
25 އޯގަސްޓު 2018

އިންޑިއާގެ ނިއުދިއްލީ އާއި ސިންގަޕޫރުގެ އިތުރުން 11 ތަނެއްގައި ވޯޓްފޮށި ނުބަހައްޓަން ނިންމައިފި!

25 އޯގަސްޓު 2018
އިންޑިއާގެ ނިއުދިއްލީ އާއި ސިންގަޕޫރުގެ އިތުރުން 11 ތަނެއްގައި ވޯޓްފޮށި ނުބަހައްޓަން ނިންމައިފި!
08 އޯގަސްޓު 2018

ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކުގެ ކަރަންޓް ބިލުތަކަށް ހެޔޮ ބަދަލެއް ގެންނާނަން: އިބޫ

08 އޯގަސްޓު 2018
ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކުގެ ކަރަންޓް ބިލުތަކަށް ހެޔޮ ބަދަލެއް ގެންނާނަން: އިބޫ
11 ޖުލައި 2018

ކާނަލް ނާޒިމްގެ އާއިލާގެ އިތުރުން މަހުލޫފްއާއި އިބޫ ބައްދަލު ކުރައްވައިފި

11 ޖުލައި 2018
ކާނަލް ނާޒިމްގެ އާއިލާގެ އިތުރުން މަހުލޫފްއާއި އިބޫ ބައްދަލު ކުރައްވައިފި
08 މާރިޗު 2018

ނައީމާއްތަގެ އިތުރުން ތިން މީހުން ހައްޔަރުކޮށްފި

08 މާރިޗު 2018
ނައީމާއްތަގެ އިތުރުން ތިން މީހުން ހައްޔަރުކޮށްފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު