Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސް މައުމޫން ހައްޔަރުކުރި މައްސަލަ

ފާރިސްގެ ބަންދުގެ އަމުރުގެ މައްސަލާގައި ދެ އަހަރު ފަހުން ތާވަލްކުރި އަޑުއެހުން ވެސް ކެންސަލްކޮށްފި

މިއަދުގެ އަޑުއެހުން ކެންސަލް ކުރީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން ކަމަށްވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2020 | ބުރާސްފަތި 07:38
ފާރިސް މައުމޫން: ރައީސް ޔާމީންގެ ވެރިކަމުގައި ފާރިސް މައުމޫންގެ އިތުރުން އިދިކޮޅު ކޯލިޝަން ޕާޓީތަކުގެ ހުރިހާ ލީޑަރުން ޖަލަށްލި އަދި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި

ފާރިސް މައުމޫން: ރައީސް ޔާމީންގެ ވެރިކަމުގައި ފާރިސް މައުމޫންގެ އިތުރުން އިދިކޮޅު ކޯލިޝަން ޕާޓީތަކުގެ ހުރިހާ ލީޑަރުން ޖަލަށްލި އަދި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އަހުމަދު ފާރިސް މައުމޫން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ދެ ކޯޓު އަމުރެއްގެ އިސްތިއުނާފް އަޑުއެހުން ހައިކޯޓުގައި ބުރާސްފަތި ދުވަހަށް ތާވަލުކުރުމަށްފަހު ކެންސަލް ކޮށްފި އެވެ.

މީގެ ދެ އަހަރު ކުރިން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ އެ ދެ ކޯޓު އަމުރާއި ގުޅޭ މައްސަލާގައި ބުރާސްފަތި ދުވަހު ބާއްވަން ތާވަލް ކުރި އަޑުއެހުން ކެންސަލް ކޮށްފައިވަނީ މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނިމިދިއަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން ސިޔާސީ ހަމަނުޖެހުންތައް އިންތިހާއަށް ފެންމަތިވެގެންދިޔައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި، ޖަލު ބަންދުގައި ތިއްބެވި ސިޔާސީ ލީޑަރުން ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅުން ހައްޔަރު ކުރުމުގެ އަމުރުތަކެއް އޭރު ކްރިމިނަލް ކޯޓުން ނެރެފައިވެ އެވެ.

އޭގެ ތެރޭގައި ފާރިސް މައުމޫން ހައްޔަރު ކުރުމާއި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުތަކެއް ނެރެފައިވެ އެވެ. އޭރު ފާރިސް މައުމޫނަކީ، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފާރިސްގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު ބަންދުގެ އަމުރުތައް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް އަދިވެސް ހައިކޯޓުގައި ކުރިއަށް ނުގޮސް މަޑުޖެހިފައިވާކަންވެސް ފާހަގަ ކުރެވެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ލިބިލެއްވި ނާކާމިޔާބާއެކު، އޭރު ޖަލުގައި ތިއްބެވި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އިސް ފަރާތްތައް ވަނީ ޝަރުއީ ކޯޓުތަކުގެ އެކި މަރުހަލާތަކުން ދޫކުރުމަށް އަމުރުކޮށްފައެވެ. އެގޮތުން އޭރު ކްރިމިނަލް ކޯޓުން ނެރުނު ބަންދުގެ އަމުރުތަކާއި ސިޔާސީ ލީޑަރުންގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ވެސް މަތީ މަރުހަލާގެ ކޯޓުތަކުން ބާޠިލްކުރުމުން އެ ހުރިހާ ފަރާތްތަކެއް ވަނީ މިނިވަންވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު