Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތުޅާދޫ ސްކޫލްގެ އިބްރާހީމްފުޅު އަވަހާރަވުން

ތުޅާދޫ ސްކޫލްގެ އަގުހުރި ހިދުމަތްތެރިޔާ އިބްރާހީމްފުޅުގެ އާއިލާއަށް މިިނިސްޓަރު ތައުޒިޔާ ވިދާޅުވެއްޖެ

24 ނޮވެމްބަރު 2020 | އަންގާރަ 19:26

ތުޅާދޫ ސްކޫލްގައި 40 އަށްވުރެ ގިނަ ދުވަހު ހިދްމަތް ކުރެއްވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 ނޮވެމްބަރު 2020 | އަންގާރަ 19:26
ތުޅާދޫ ސްކޫލްގެ އަގުހުރި ހިދުމަތްތެރިޔާ އިބްރާހީމްފުޅު

ތުޅާދޫ ސްކޫލްގެ އަގުހުރި ހިދުމަތްތެރިޔާ އިބްރާހީމްފުޅު

ބ. ތުޅާދޫ ސްކޫލްގައި މެދުނުކެނޑި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ޚިދުމަތްތެރިޔާ އިބްރާހީމްފުޅު އަވަަހާރަ ވެއްޖެއެވެ.

އިބްރާހީމްފުޅު އަވަހާރަވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ތައުޒިޔާގެ މެސެޖްގައި ބުނެފައިވަނީ، ތައުލީމީ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، ބ. ތުޅާދޫ މަންޒިލް އިބްރާހީމް ހުސައިންފުޅު (75އ)، މި ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ލޮބުވެތި އާއިލާއަށް އެޑިއުކޭޝަން މިނިސްޓަރާއި މިނިސްޓްރީގެ އިސްވެރިންނާއި އެންމެހާ މުވައްޒަފުންގެ ނަމުގައި އިހުލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

އެޑިއުކޭޝަން މިނިސްޓްރީގެ ތައުޒިޔާގެ މެސެޖްގައި އިތުރަށް ބުނެފައިވަނީ، އިބްރާހީމްފުޅަކީ މެދުކެނޑުމެއްނެތި ތުޅާދޫ ސްކޫލަށް 40 އަހަރަށްވުރެ ގިނަ ދުވަހު އަގުހުރި ހިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ދަރިވަރުންނަށް ކީރިތި ޤުރުއާން އުނގަންނައި ދެއްވުމާއި ދީނީ ގޮތުން ދަރިވަރުން ތަރުބިއްޔަތު ކުރެއްވުމުގައި ދެމިހުންނަވައި، ފާހަގަކޮށްލެވޭފަދަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

ދިގު މުއްދަތަކަށް ކުރެއްވި ހިދުމަތުގެ ނަތީޖާއެއްގެ ގޮތުން އިބްރާހީމްފުޅަކީ ތުޅާދޫގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިހުތިރާމާއި ލޯބި ފުރިހަމައަށް ހޯއްދަވާފައިވާ އުސްތާޛެކެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ތައުޒިޔާ މެސެޖް ނިންމާލަމުން ބުނެފައިވަނީ، މަރުހޫމްގެ ފުރާނަފުޅަށް މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ރަހުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާ ކަމަށެވެ. އަދި މި ފުންހިތާމާގައި އެޑިއުކޭޝަން މިނިސްޓްރީގެ އެންމެހާ މުވައްޒަފުން ބައިވެރިވެ، މަރުހޫމުގެ އާއިލާއާއި ރަހްމަތްތެރީންނަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވާ ކަމަށެވެ.

އިބްރާހީމްފުޅަކީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް އާއި ލިޔުންތެރިޔާ އަދި ދިވެހި އަދަބިއްޔާތަށް ހިދްމަތް ކުރައްވަމުން ގެއްދަވާ އަންވަރު އިބްރާހިމްގެ އިތުރުން، 2015 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު އަންސާރު އިބްރާހިމްގެ ބައްޕާފުޅެވެ. އެތިން ބެއިންނާއެކު 9 ދަރިކަލުން އިބްރާހީމްފުޅުގެ ތިއްބަވައެެވެ. އަމީން އާއި އަންވަރު ވަނީ އާއްމު ހިދުމަތުގެ ގައުމީ އިނާމާއި ޒުވާނުންގެ ގައުމީ އިނާމް ހާސިލްކުރައްވައިފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2017

ތުޅާދޫގައި ސިޔާސީ ހަރަކާތް ހިންގާ ހަޓަކަށް ގެއްލުން ދީފި

25 ނޮވެމްބަރު 2017
ތުޅާދޫގައި ސިޔާސީ ހަރަކާތް ހިންގާ ހަޓަކަށް ގެއްލުން ދީފި
19 އޮކްޓޯބަރު 2017

ތުޅާދޫ ނެރުމައްޗަށް އެރި ބާޖު ހަތަރު ދުވަސްފަހުން ފުންކޮށްފި

19 އޮކްޓޯބަރު 2017
ތުޅާދޫ ނެރުމައްޗަށް އެރި ބާޖު ހަތަރު ދުވަސްފަހުން ފުންކޮށްފި
17 އޮކްޓޯބަރު 2017

ތުޅާދޫ ނެރުމައްޗަށް ހިލަ ބާޖެއް އަރައި، ވަދެ ނުކުމެވުން ހުއްޓިއްޖެ

17 އޮކްޓޯބަރު 2017
ތުޅާދޫ ނެރުމައްޗަށް ހިލަ ބާޖެއް އަރައި، ވަދެ ނުކުމެވުން ހުއްޓިއްޖެ
03 އޮކްޓޯބަރު 2017

ޖަމާލުއްދީން ސްކޫލްގެ މޮނިއުމެންޓް އަޅަން ހުށަހެޅި އަންދާސީ ހިސާބުތައް ބާތިލް ކޮށްފި

03 އޮކްޓޯބަރު 2017
ޖަމާލުއްދީން ސްކޫލްގެ މޮނިއުމެންޓް އަޅަން ހުށަހެޅި އަންދާސީ ހިސާބުތައް ބާތިލް ކޮށްފި
17 އޯގަސްޓު 2017

ތިނަދޫ ސްކޫލްގެ ދެ ޓީޗަރަކު ސަސްޕެންޑް ކުރި މައްސަލާގައި ބެލެނިވެރިން މުޒާހަރާ ކުރަނީ

17 އޯގަސްޓު 2017
ތިނަދޫ ސްކޫލްގެ ދެ ޓީޗަރަކު ސަސްޕެންޑް ކުރި މައްސަލާގައި ބެލެނިވެރިން މުޒާހަރާ ކުރަނީ
14 ޖުލައި 2017

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބ ތުޅާދޫގައި ހިނގާލުމެއް ބާއްވައިފި

14 ޖުލައި 2017
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބ ތުޅާދޫގައި ހިނގާލުމެއް ބާއްވައިފި
17 ޖޫން 2017

ޢަލީ ޝިޔާމް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް އެމްޑީޕީން ޝުކުރު އަދާކޮށްފި

17 ޖޫން 2017
ޢަލީ ޝިޔާމް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް އެމްޑީޕީން ޝުކުރު އަދާކޮށްފި
31 މެއި 2017

އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި

31 މެއި 2017
އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި
18 މާރިޗު 2017

ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި

18 މާރިޗު 2017
ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް