Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒުވާނަކަށް އަނިޔާކުރުން

ދޯންޏެއްގައި މީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަންފަށައިފި

އޭނާ އޮތީ ބަރަހަނާ ހާލަތުގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 22 ނޮވެމްބަރު 2020 | އާދީއްތަ 13:13
ސޯޝަލް މީޑިއާގައި ދަނީ ޒުވާނަކަށް އަނިޔާކުރަމުންދާ ވީޑިއޯ ދައުރުވަމުން

ސޯޝަލް މީޑިއާގައި ދަނީ ޒުވާނަކަށް އަނިޔާކުރަމުންދާ ވީޑިއޯ ދައުރުވަމުން

ދޯންޏެއްގެ ތެރޭގައި މީހަކަށް އިންޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މި ހިނގާ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ 7:12 ހާއިރު ކަންނެލި ޖެޓީގައި އޮތް ދޯންޏަކަށް މީހަކު އެރި ކަމަށް ބުނެ އެ މީހާއަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުޤީގު ކުރަމުންދާ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތެެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Advertisement - newsAdvertisement

ދޯންޏެއްގެ ތެރޭގައި މީހަކަށް އަނިޔާ ކުރަމުންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެއް މިނެޓްގެ މި ވީޑީއޯއިން ފެންނަ ގޮތުގައި ދިހަ ވަރަކަށް މީހުންވެގެން ޒުވާނެއްގެ އަތްފައި ބަނދެ ކަންނެލި ދޯންޏެއްގެ ތައްޓު މައްޗަށް ވައްޓާލާ އަނިޔާކުރަމުންދާ މަންޒަރު ފެނިގެން ދެއެވެ. ވީޑިއޯގައި އޭނާ ފެނިގެން ދަނީ ބަރަހަނާ ހާލުގައެވެ.

އެއް ބަޔަކު އޭނާގެ ގައިގައި ކޮޅުފައިންތެޅިއިރު އަނެއް ބަޔަކު ދަގަނޑުބުރިއާއި ލަޓިބުރިން ވެސް ތަޅާ މަންޒަރު ވީޑިއޯއިން ފެނިގެންދެއެވެ. ވީޑިއޯއިން އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުން އަނިޔާގެ ނިޝާންތައް ފެނިގެންދެއެވެ.

އަނިޔާ ކުރަމުން ދިޔަ މީހުން މީހުން އޭނާގެ މައްޗަށް 5000 ރުފިޔާ އާއި ފޯނެއް ވަގަށް ނެގި ކަމުގެ ތުހުމަތުކޮށް އެތަކެތި ކޮބައިތޯ ސުވާލު ކުރަމުންދެއެވެ. ވީޑިއޯގައި އޭނާ ދަނީ އެތަކެތި ނުނަގާ ކަމަށް ބުނަމުންނެވެ.

މި ވީޑިއޯ އާންމު ވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ، ވީޑިއޯގައި މީހަކަށް އަނިޔާ ދެމުން ދާތީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު