Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ

މިއީ ވަކި ބައެއްގެ ވެރިކަމެއް ނޫން، އަމާނާތަށް ހިޔާނާތްތެރި ނުވޭ: މަލީހު

22 ނޮވެމްބަރު 2020 | އާދީއްތަ 11:08

ރައްޔިތުން ހަވާލުކުރި އަމާނާތަށް ސަރުކާރުން ހިޔާނާތްތެރި ނުވޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 22 ނޮވެމްބަރު 2020 | އާދީއްތަ 11:08
\"ވޯލްޑް ޕްރެސް ފްރީޑޮމް ޑޭ\" ގައި މިނިސްޓަރު މަލީހު ބައިވެރިވެވަޑައިގަންނަވަނީ

\"ވޯލްޑް ޕްރެސް ފްރީޑޮމް ޑޭ\" ގައި މިނިސްޓަރު މަލީހު ބައިވެރިވެވަޑައިގަންނަވަނީ

ފުޅާ ކޯލިޝަނަކުން އައި ވެރިކަމެއް ވަކި ބައެއްގެ އެއްޗަކަށް ހެދުމަށް ކުރެވޭ މަސައްކަތަކީ ވަރަށް ދެރަކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުން ހަވާލުކުރި އަމާނާތަށް ސަރުކާރުން ހިޔާނާތްތެރި ނުވުމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ގޮވާލައްވައިފި އެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ދެންނެވުމަށް އާދިއްތަ ދުވަހު އެމްޑީޕީގެ ޕީޖީން، ނިންމި ނިންމުމާއި ގުޅިގެން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މަލީހު ވިދާޅުވީ، ވަކި ފަރާތަކަށް ނުޖެހި ކަމުގެ ހަގީގަތަށް ބުރަވެ އެއްޗެއް ވިދާޅުވުމުން، އެކަމުގައި އެމްޑީޕީގެ މަދު މެންބަރުން އަމަލު ކުރައްވަމުން ގެންދަވަނީ ވަރަށް ހުދުމުހުތާރުކޮށް ކަމަށެވެ.

Advertisement - newsAdvertisement

މަލީހު ވިދާޅުވީ، މިއަދު ފެނިގެން މިދަނީ މި ސަރުކާރަކީ ވަކި ބައެއްގެ އެއްޗަކަށް ހަދައި، އެކި ވުޒާރާތަކުގައި ތިބި ކޯލިޝަންގެ އެކި މިނިސްޓަރުން މަގާމުން ދުރުކުރަމުންދާ މަންޒަރު ކަމަށެވެ. އަދި އެކަމުން ދައްކުވައިދެނީ މި ސަރުކާރުން ރައްޔިތުން ހަވާލުކުރި އަމާނާތާއި ހިޔާނަތްތެރިވުން ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް ވަރަށް ބޮޑެތި ވައުދުތަކެއް ވެގެން ކަމަށާއި، އެމްޑީޕީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމުން މިހާތަނަށް އައިއިރުވެސް، ކޯލިޝަން ދެމެހެއްޓުމަށްޓަކައި ހަދަން ވައުދުވި ގާނޫނު ހެދިފައިނުވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ވަޒީފާއަށް ބިރު ދައްކައިގެން ފަހަތަށް ނުޖެއްސޭނެ ކަމަށާއި، އަދި ދޫ ބަންދުވެސް ނުކުރެވޭނެ ކަމަށެވެ.

މަލީހު ވިދާޅުވީ، ލިބިފައިވާ ނިއުމަތެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ހަމަ ކޮންމެ މީހަކު ކުރަން އަންގަވާފައި އޮންނަ އެންމެ ރަނގަޅު ގޮތް ކަމަށާއި ނަމަވެސް ލިބިފައިވާ ނިއުމަތަށް ޝުކުރުވެރި ނުވުމަކީ ވަރަށް ބޮޑު ބަލިމަޑުކަމެއް ކަމަށެވެ.

މަލީހު ވަނީ ކެބިނެޓުގެ މިނިސްޓަރަކަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނެތްނަމަ، އެ މިނިވަންކަން ދެން އޮންނާނީ ކޮން ފަރާތަކަށްތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމުން، އޭނާއާއި ދެކޮޅަށް އަޅުއްވާ ފިޔަވަޅުތަކުން ހައްލެއް ހޯދުމަށް ޔޫއެންގެ ސިސްޓަމްގެ ތެރެއިންނާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ އެހީތެރިކަން ހޯއްދަވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް