Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ޕީޖީ ބައްދަލުވުން

ރެސްޓޯރަންޓް އެސޯސިއޭޝަންގެ ކަންބޮޑުވުންތައް ކޮމެޓީން ބަލަމުންދާތީ ގަރާރު ބަލައި ނުގަންނަން އެމްޑީޕީގެ ޕީޖީން ނިންމައިފި

ރެސްޓޯރަންޓް އެސޯސިއޭޝަންގެ ކަންބޮޑުވުންތައް މިހާރުވެސް ކޮމެޓީގައި ކުރިއަށް އެބަދޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2020 | އާދީއްތަ 09:55
ރެސްޓޯރެންޓް އެސޯސިއޭޝަން އަށް އަލަށް އިންތިހާބުވި ހިންގާ ކޮމިޓީގެ މެމްބަރުން

ރެސްޓޯރެންޓް އެސޯސިއޭޝަން އަށް އަލަށް އިންތިހާބުވި ހިންގާ ކޮމިޓީގެ މެމްބަރުން

ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރު ބަލައި ނުގަންނަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމައިފި އެވެ.

އާދިއްތަ ދުވަހު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައި އެގަރާރު ބަލައި ނުގަންނަން ނިންމީ، ރެސްޓޯރަންޓް އެސޯސިއޭޝަނުގެ ކަންބޮޑުވުންތަކާމެދު ގޮތެެއް ނިންމުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ކުރެވެމުންދާތީ އެވެ.

Advertisement - newsAdvertisement

ރެސްޓޯރަންޓް އެސޯސިއޭޝަނުން އެންމެބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ރެސްޓޯރަންޓްތަކަށް ދިމާވި ގޮންޖެހުންތަކާ ގުޅިގެންނެވެ.

މިދިއަ އޮކްޓޯބަރު މަހު ވަނީ ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) ގެ ދެވަނަ ދައުރުގެ އިންތިހާބު ބާއްވާ އެގްޒެކްޓިވް ބޯޑަށް މެމްބަރުން އިންތިހާބު ވެސް ކޮށްފަ އެވެ.

ރެމްއިން މިދިއަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެސޯސިއޭޝަނުގެ ފައުންޑިންގ މެމްބަރު ނުޒައިރު އަލީ ވިދާޅުވެފައިވަނީ މި ޖައްމިއްޔާ އަކީ ވަރަށް ކުރީގެ ޖަމިއްޔާއެއް ކަމަށާއި، އެގޮތުން ޖަމިއްޔާ އުފެއްދުމަށް ފަހު ތިން ވަރަކަށް އަހަރު ވަންދެން ޖަމިއްޔާގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިޔަށް ދިޔަކަމަށެވެ.

ނަމަވެސް، ދިމާވި އެކިކަހަލަ މައްސަލަތަކާ ގުޅިގެން ޖަމިއްޔާގެ މަސައްކަތްތައް މަޑުޖެހިލުމަށް ފަހު އަލުން މަސައްކަތްތައް ފެށުމަށް ނިންމީ ކޮވިޑް-19 އާ އެކު ރެސްޓޯރެންޓް އިންޑަސްޓްރީއަށް އައި ގޮންޖެހުމާއި ގުޅިގެން ކަމަށް ވެސް ނުޒައިރު ވިދާޅުވެފައި ވެއެވެ. އަދި މި ހަރަކާތް އަލުން ފަށާއިރު އެންމެ ބޮޑަށް ބަލާނީ މި ހަރަކާތުގައި ޒުވާނުން ބައިވެރި ކުރުމަށް ކަމަށާއި، ސަބަބަކީ މިވަގުތު މި ދާއިރާގައި ގިނަ އަދަދެއްގެ ޒުވާނުން ހަރަކާތްތެރި ވާތީ ކަމަށް ވެސް ނުޒައިރު ވިދާޅުވެފައި ވެއެވެ.

ރެސްޓޯރަންޓް އެސޯސިއޭޝަނުގެ ކަންބޮޑުވުންތަކާގުޅޭ ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ހައިތަމް ހުށަހަޅުއްވާފައިވާ، ދިރާސީ އައު އަހަރު (2021) ގެ ކިޔެވުން ފެށުން ލަސްވުމާއި ގުޅޭ ގަރާރު ވެސް، ބަލައި ނުގަންނަން ނިންމާފަ އެވެ. އެ ގަރާރު ބަލައި ނުގަންނަން ނިންމާފައިވަނީ، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި އަދި ތައުލީމާއި ގުޅޭ ކަންކަން އެޑިއުކޭޝަން މިނިސްޓަރީން ކުރަމުންދާތީ ކަމަށް ވެއެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2017

ތައިލެންޑްގެ ސަފީރު ކަމަށް ކާނަލް ނަޝީދު އައްޔަންކުރުމަށް ކޮމެޓީން ރުހުން ދީފި

09 ޖޫން 2017
ތައިލެންޑްގެ ސަފީރު ކަމަށް ކާނަލް ނަޝީދު އައްޔަންކުރުމަށް ކޮމެޓީން ރުހުން ދީފި
13 މެއި 2017

އާކިޓެކްޓް އެސޯސިއޭޝަންގެ ފުރަތަމަ ކައުންސިލް އިންތިހާބު ބާއްވައިފި

13 މެއި 2017
އާކިޓެކްޓް އެސޯސިއޭޝަންގެ ފުރަތަމަ ކައުންސިލް އިންތިހާބު ބާއްވައިފި
12 މެއި 2017

އިދިކޮޅު ފަރާތްތަކުން އީޔޫގެ މެމްބަރުންނާއި ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފި

12 މެއި 2017
އިދިކޮޅު ފަރާތްތަކުން އީޔޫގެ މެމްބަރުންނާއި ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފި
11 އެޕްރީލު 2017

އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި

11 އެޕްރީލު 2017
އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު