Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންސްޓިޓިއުޓް އޮފް ގްލޯބަލް ސަކްސެސް

ރާއްޖެއިން އެސްޓްރޮނޯޓުންނަށް ވާން ބޭނުންވާ ކުދިންނަށް ފުރުސަތު ހުޅުވާލައިފި

21 ނޮވެމްބަރު 2020 | ހޮނިހިރު 08:41

މި ޕްރޮގްރާމު ހާއްސަކޮށްފައި ވަނީ ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންނަށް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 21 ނޮވެމްބަރު 2020 | ހޮނިހިރު 08:41
އައިޖީއެސްގެ ޗެއާމަން ރިފްއަތު މުހައްމަދު

އައިޖީއެސްގެ ޗެއާމަން ރިފްއަތު މުހައްމަދު

ރާއްޖެއިން އެސްޓްރޮނޯޓުންނަށް ވާން ބޭނުންވާ ކުދިންނަށް އިންސްޓިޓިއުޓް އޮފް ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ފުރުސަތު ހުޅުވާލައި ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ކެނޭޑިއަން ސްޕޭސް އޭޖެންސީ އާއި އައިޖީއެސް ގުޅިގެން ހިންގާ މި ޕްރޮގްރާމަކީ ރާއްޖޭގައި ގްރޭޑް 7، 8 އަދި 9 ގެ ގްރޭޑް ތަކުގައި ސައިންސްގެ ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.

އައިޖީއެސް އިން ވަނީ ސްޕޭސް ޕްރޮގްރާމުގެ ރިސާޗް ޕްރޮޖެކްޓެއް ވެސް ޔުނިވާސިޓީ ދަރިވަރުންނަށް ހާއްސަކޮށް މަހުގެ 15 ވަނަ ދުވަހު ލޯންޗު ކޮށްފައެވެ.

މި ޕްރޮގްރާމް ލޯންޗު ކުރުމަށް ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމެއްގައި، އައިޖީއެސްގެ ޗެއާމަން ރިފްއަތު މުހައްމަދު ވިދާޅުވީ، އައިޖީއެސް އިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމުން އެސްޓްރޮނޯޓަކަށް ވުމާއި، ސްޕޭސް އާއި ސައިންސްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ފަހި ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށެވެ.

ރިފްއަތު ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް އެމެރިކާގައި ހުންނަ ޖައްވީ އިދާރާ ނާސާގައި ދެވޭ އިތުރު ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާއިރު، ކެނޭޑިއަން ސްޕޭސް އޭޖެންސީގެ ސެޓްފިކެޓް ވެސް ލިބޭނެ ކަމަށެވެ.

ރިފްއަތު ވިދާޅުވާ ގޮތުގައި، މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ޕްރޮގްރާމުގައި ބައިވެރިވުމުން އަމަލީ ގޮތުން މިކަހަލަ ކަމެއް ހިނގަމުންދާ ގޮތާއި، ކަމާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދެވޭނެއެވެ. ހަމައެއާއެކު ޖައްވީ އުޅަނދެއްގައި ކަންކަން ހުންނަ ގޮތް އަމިއްލައަށް ތަޖުރިބާ ކުރުމާއި، ނާސާގައި އަމަލީ ގޮތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އައިޖީއެސް އިން އިންތިޒާމު ކުރާ މި ޕްރޮގްރާމު ކުރިއަށް ދާނީ، ޑިސެމްބަރު މަހުގެ 6 އިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އައިޖީއެސްގެ ފޭސްބުކް މެދުވެރިކޮށެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް