Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެންޖެލީނާ ޖޯލީ

އެންޖެލީނާ ޖޯލީ މުއްސަންޖަކާ "ޑޭޓް" ކުރަނީ؟

މަލިބުގައި ހުންނަ ގެއަކަށް ހާއްސަ މުނާތަބަތާއި ދިމާކޮށް އެންޖެލީނާ ދޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 24 އެޕްރީލު 2017 | ހޯމަ 12:35
އެންޖެލީނާ ޖޯލީ

އެންޖެލީނާ ޖޯލީ

އެންޖެލީނާ ޖޯލީ މުއްސަނދި ބްރިޓިޝް މީހަކާ ޑޭޓް ކުރާ ވާހަކަތައް ދެކެވެން ފަށައިފިއެވެ. ހަބަރުތައް ބުނާގޮތުގައި އެމެރިކާގެ ސިޓީއެއްކަމަށްވާ މަލިބުގައި ހުންނަ ގެއަކަށް ހާއްސަ މުނާތަބަތާއި ދިމާކޮށް އެންޖެލީނާ ދެއެވެ. އަދި އެއީ ބްރިޓީޝް މީހާ އާއި އެންޖެލީނާ 25 މިލިއަންޑޮލަރަށް ގަނެފައިވާ ގެއެއްކަމަށް ވެއެވެ.

މި ގުޅުމާބެހޭގޮތުން އެންޖެލީނާ އެއްވެސް އެއްޗެކޭ ބުނާކަށް އަދި ބޭނުމެއް ނުވެއެވެ. ސަބަބަކީ އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ 2 އަހަރު ދުވަސްވީ ކައިވެނީގެ ގޮށް މޮހާލުމަށްފަހު އެހާ ގިނަ ދުވަސްތަކެއްނުވާތީ އާއި ބްރެޑް ޕިޓް ގެ ހަނދާންތަކާއި ދުރަށް ނުދެވޭތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންޖެލީނާ ޖޯލީ ޑޭޓް ކުރާތީ ބްރެޑް ހިތްހަމަ ނުޖެހޭކަމަށްވެސް ވެއެވެ. އެންޖެލީނާ ޖޯލީ އަދި ބްރެޑް ޕިޓް ކައިވެނި ކުރީ 8 އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު 2014 ވަނަ އަހަރުއެވެ. މި ދެ ތަރިންގެ 6 ކުދިން ތިބޭއިރު 3 ކުދިންނަކީ އެޑެޕްޓް ކޮށްފައިވާ 3 ކުދިންނެވެ. ދެ މީހުންގެ އަމިއްލަ ކުދިންނަކީ 10 އަހަރުގެ ޝިލޯހް ނޮވެލް އާއި އަށް އަހަރުގެ ނޮކްސް ލިއޯން އަދި އޭނާއާ އެއްމާބަނޑު ވިވީން އެވެ.

އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ ކައިވެނި ނިމުމަކަށް އައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ޖޯލީ ވަނީ ކުދިންނަށް އިހާނެތިކޮށް ހިތާ ކަމަށް ބުނެ ބްރެޑް ޕިޓްގެ މައްޗަށް އެތައް ތުހުމަތެއް ކޮށްފައެވެ. އެގޮތުން ބްރެޑް އަކީ ވަރަށް ރުޅިގަދަ މީހެއްކަމަށާއި ދަރިންނަށް އިހާނަތިކޮށް ކަންތައް ކުރާ ބައްޕައެއްކަމަށް ބުނެ ތުހުމަތު ކޮށްފައެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަ ބްރެޑް ކިބައިގައި ހުރުމުގެ ސަބަބުން ދަރިންނަށް އޭގެ ނޭދެވޭ އަސަރު އެކި ގޮތްގޮތުން ކުދިންނަށް ކުރާ ކަމަށް ތުހުމަތުކޮށްފައިވެ. މި މައްސަލަ ތަހުގީގުކުރުމަށް ފަހު އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބްރެޑް ޕިޓް ދޫކޮށްލައިފަ އެވެ.

ބްރެޑް ޕިޓަކީ މަޝްހޫރު ފިލްމު އެކްޓަރެއްގެ އިތުރުން ފިލްމު ޕްރޮޑިއުސްކުރާ މީހެކެވެ. ބްރެޑް ޕިޓްގެ ފާހަގަ ކޮށްލެވޭ ފިލްމު ތަކުގެ ތެރޭގައި "ފައިޓް ކުލަބް"، "މަނީބޯލް" އަދި "އޯޝަންސް އިލަވަން" ފަދަ ފިލްމުތައް ހިމެނެ އެވެ. އޭނާ ވަނީ އެމެރިކާގެ "ހޮލީވުޑް ފޮރިން ޕްރެސް އެސޯސިއޭޝަން" އިން ދޭ ގޯލްޑަން ގްލޯބް އެވޯޑް ހާސިލް ކޮށްފަ އެވެ.

އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ އެންޖެލީނާ ޖޯލީ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ހޮލީވުޑްގެ މަޝްހޫރު ފިލްމު ސީރީޒެއް ކަމަށްވާ އަދި ވީޑިއޯ ގޭމް އެޑްވެންޗާ "ޓޫމް ރެއިޑާ"ގައި އޭނާ ކުޅެފައިވާ އެ ސީރީޒްގެ ޓައިޓަލް ކެރެކްޓާ ކަމަށްވާ "ލާރާ ކްރޮފްޓް"ގެ ރޯލުންނެވެ. އަދި ރީތި އަންހެނެއްގެ އިތުރުން ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިތިބޭ ރެފިއުޖީންނަށް އޭނާ ދަނީ މިހާރުވެސް އެހީތެރިވަމުންނެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
01 ފެބުރުއަރީ 2017

ރިތިކްގެ ލޯ ހަދިޔާކުރަނީ

01 ފެބުރުއަރީ 2017
ރިތިކްގެ ލޯ ހަދިޔާކުރަނީ
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު