Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓު 2021

އަންނަ އަހަރު ކޯޓުތައް އިމާރާތް ކުރުމަށް 21.4 މިލިއަން ރުފިޔާގެ ބަޖެޓެއް!

ޑީޖޭއޭގެ ޕީއެސްއައިޕީ ބަޖެޓުގައި ނުވަ ކޯޓު އިމާރާތެއްގެ މަސައްކަތް ކުރުމަށް ހިމަނާފައިވޭ

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2020 | ހުކުރު 10:17
ހައި ކޯޓު އަދި ޑީޖޭއޭ ހުންނަ އިމާރާތް، ޖާގައިގެ ދަތިކަމަކީ ޝަރުއީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން

ހައި ކޯޓު އަދި ޑީޖޭއޭ ހުންނަ އިމާރާތް، ޖާގައިގެ ދަތިކަމަކީ ޝަރުއީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓުގައި ކޯޓުތައް އިމާރާތް ކުރުމަށް 21.4 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.

ސަރުކާރުގެ ބަޖެޓު ފޮތަށް ބަލާއިރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޕީއެސްއައިޕީ ބަޖެޓުގައި ނުވަ ކޯޓެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ބަޖެޓުކޮށްފަ އެވެ. އޭގެ ތެރޭގައި އަލަށް ފަށާ ހަތް މަޝްރޫއަކާއި މިހާރު ޓެންޑަރިންގ މަރުހަލާގައި އޮތް ދެ މަޝްރޫއެއް ހިމެނެ އެވެ.

Advertisement - newsAdvertisement

އަންނަ އަހަރު އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި މާލެ ކޯޓް ކޮމްޕެލްކްސް އިމާރާތް ކުރުމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިމާރާތުގެ އިތުރުން އައްޑޫ ސިޓީ ޑިސްޓްރިކްޓް ކޯޓު އިމާރާތްކުރުމުގެ މަޝްރޫއު ހިމެނެ އެވެ. އޭގެ އިތުރުން ހަތަރު މެޖިސްޓްރޭޓް ކޯޓެއްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ފެށުމާއި، މިހާރު ވެސް ޓެންޑަރ ކުރެވިފައިވާ ދެ މެޖިސްޓްރޭޓް ކޯޓެއްގެ މަސައްކަތް ކުރުމަށް ވަނީ ބަޖެޓުކޮށްފަ އެވެ.

މީގެ ތެރެއިން މާލެ ކޯޓް ކޮމްޕްލެކްސް އިމާރާތް ކުރުމަށް 12.4 މިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ކަނޑައަޅާފައިވާއިރު، މި މަޝްރޫއަށް ތިން އަހަރުގެ ތެރޭގައި 24.9 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި އަހަރުގެ ފެބްރުއަރީ މަހު އެޗްޑީސީ އިން ވަނީ މި މަސައްކަތް ކުރުމަށް ހުޅުމާލެއިން 38،000 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ދޫކޮށްފަ އެވެ.

އޭރު ޑީޖޭއޭ އިން ހާމަކުރި މައުލޫމާތަށް ބަލާއިރު، އެ ތަނުގައި ފުރަތަމަ ފިޔަވަހީގައި އަޅާނީ 10 ބުރީގެ އިމާރާތެއް ކަމަށެވެ. މި ފިޔަވަހީގެ ދަށުން އެ އިމާރާތަށް ބަދަލު ކުރަން ނިންމާފައި ވަނީ ސިވިލް ކޯޓާއި، ފެމިލީ ކޯޓުގެ އިތުރުން ޖުވެނައިލް ކޯޓެވެ. ދެވަނަ ފިޔަވަހީގެ ދަށުން އަޅާ އިމާރާތަށް ބަދަލު ކުރާނީ ކްރިމިނަލް ކޯޓެވެ. އަދި އެ ކޯޓް ކޮމްޕްލެކްސްގެ މަޝްރޫއު އެއްކޮށް ނިމުމުން މާލޭގައި ހުރި ހުރިހާ ސުޕީރިއަރ ކޯޓުތަކާއި ހައި ކޯޓު އެތަނަށް ބަދަލު ކުރުމަށް އޮތީ ވިސްނާފަ އެވެ.

ކޯޓުތައް އިމާރާތް ކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށިގެން ދިއުމަކީ ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ވެގެން ދާނެ އެވެ.

އެގޮތުން ޖާގައިގެ ދަތިކަމަކީ މައްސަލަތައް އަވަހަށް ނިންމަން ކޯޓުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަށް ވާއިރު، އެ މައްސަލަ ހައްލު ވުމުން މައްސަލަތައް އަވަހަށް ނިންމޭނެ ކަމަށް ޑީޖޭއޭ އިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު