Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭޕީގެ ލީޑަރ ޤާސިމް އިބްރާޙިމް

ގާސިމްގެ މުވައްޒަފުންގެ ހަރަދުތަކަށް މަހަކު 3.2 މިލިއަން ޑޮލަރު އަރާ!

މާލީ ބަޔާނުގައިވާ ގޮތުން އޭނާ ގެންދަވަނީ ތިން ލޯނަކަށް ފައިސާ ދައްކަވަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ނޮވެމްބަރު 2020 | ހުކުރު 08:36
ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް- ޤާސިމް ވިދާޅުވީ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކި ކޮށްފައި ނުވާނެ ކަމަށް

ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް- ޤާސިމް ވިދާޅުވީ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކި ކޮށްފައި ނުވާނެ ކަމަށް

އެއްވެސް މުވައްޒަފެއް ނުޙައްޤުން ވަޒީފާއިން ކަނޑާލާފައި ނުވާނެ ކަމަށާއި، އެޅި ކޮންމެ ފިޔަވަޅަކީ ވެސް އާމްދަނީ ހޯދާނެ ގޮތެއް ނެތުމުން އަޅަން ޖެހުނު ފިޔަވަޅުތަކެއް ކަމަށް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އެ މަނިކުފާނުގެ ވިޔަފާރިތަކަށް އެތައް ފިއްތުންތަކެއް ކުރިމަތި ކުރުވި ކަމަށެވެ. އެގޮތުން ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އެކައުންޓުތައް ފްރީޒުކޮށްފައި ބެހެއްޓުމާއި، އިމްޕޯޓް ލައިސެންސް ދޫނުކުރުމުގެ ސަބަބުން ރަށްރަށަށް މުދާ ފޯރުކޮށްނުދެވި ލިބުނު ގެއްލުންތަކުގެ ވާހަކަ ޤާސިމް ފާހަގަ ކުރެއްވިއެވެ.

ޤާސިމް ވިދާޅުވީ، ފޮރުވާފައި ހުރި އެއްވެސް ލާރިއެއް ނުހުންނާނެކަން ބޭންކުތަކަށް ވެސް އެނގޭނެ ކަމަށެވެ. އަދި އަމިއްލަ ފަރާތަކުން އެންމެ ބޮޑު ލޯނެއް ނަގާފައި ހުރި މީހަކަށް ވެސް ހުންނާނީ އެ މަނިކުފާނުކަން ފާހަގަ ކުރައްވައި ވިދާޅުވީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން 1.6 މިލިއަން ޑޮލަރުގެ ލޯނެއް އެޕްރޫވް ކޮށްފައިވީ ނަމަވެސް އަދިވެސް ރަޖިސްޓަރ ނުވާ ކަމަށާއި، އެންމެ ފަހުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނެއް ދޭން ނިންމާފައިވާ ކަމަށެވެ.

ޤާސިމް ވިދާޅުވީ، ވިޔަފާރީގެ އެސެޓް ހުރިކަން ޤަބޫލު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް މި ކަހަލަ ދަނޑިވަޅެއްގައި އެސެޓް ގަންނާނެ ފަރާތެއް ހުރިތޯ ޤާސިމް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވީ، މުދާ ހުރި ނަމަވެސް ލިކުއިޑިޓީއަށް ހެދޭނީ ގަންނާނެ މީހަކު ވެސް ހުރެގެން ކަމަށެވެ.

ޤާސިމް އެހެން ވިދާޅުވެފައިވާއިރު، އެ މަނިކުފާނުގެ މިލްކިއްޔާތުގައި ނުވަ ބިމެއް އޮވެއެވެ. އެ ބިންތަކުގެ ޖުމްލަ އަގު އުޅެނީ 94 މިލިއަނުގައެވެ. އެއީ، މާމިގިލި އިންޖީނުގެ ބިން، މ. މާފަންނު ވިލާ، މ. ބުރުމާ ވިލާ، މ. ކުނޫޒް، ވިލާ ބިލްޑިންގ، އިންޝޮޕް، ޒެރޮކްސް، މިޑްވޭ ޓްރޭޑާސްގެ އިތުރުން ވިލާ ބިލްޑިންގ 4 އެވެ.

އޭގެ އިތުރުން ގާސިމް ތިން ކާރެއް ގެންގުޅުއްވައެވެ. އެ ތިން ކާރުގެ ޖުމްލަ އަގު އުޅެނީ 3،400،000 (ތިން މިލިޔަން ހަތަރު ލައްކަ) ރުފިޔާ ގައެވެ. އެ ކާރުތަކަކީ 1.3 މިލިޔަން ރުފިޔާއަށް ބައްލަވައިގެންނެވި ބީއެމްޑަބްލިއު ކާރާއި، ހަމަ އެ އަގަށް ބައްލަވައިގެންނެވި މާސިޑީޒް ބެންޒްގެ އިތުރުން، އަށް ލައްކަ ރުފިޔާއަށް ބައްލަވައިގެންނެވި ޕިއުގޮޓް ކާރެވެ.

ގާސިމްގެ ހިއްސާ ފަސް ކުންފުންޏެއްގައި އޮވެއެވެ. އެގޮތުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ 11،000 (އެގާރާ ހާސް) ރުފިޔާގެ އަދަދެއް އަރާއިރު، ބީއެމްއެލްގައި އޮންނަ ހިއްސާއަށް 540،000 ރުފިޔާ އަރައެވެ. އެމްޓިސީސީގައި އޮންނަ ގާސިމްގެ ހިއްސާގެ އަގަކީ 300 ރުފިޔާއެވެ. އެސްޓީއޯގެ ހިއްސާގެ އަގު 125،000 އަށް އަރާއިރު، ވިލާ ކުންފުނީގެ ހިއްސާގެ އަގު 117,116,000 (ސަތޭކަ ސަތާރަ މިލިއަން އެއް ލައްކަ ސޯޅަ ހާސް) ރުފިޔާއަށް އަރައެވެ.

ގާސިމް އިތުރަށް ވިދާޅުވީ ކޮވިޑުގެ މި ޙާލަތު އައިއިރު މުސާރަތަކާއި، ޕޭ ބިލް އާއި، އިނާޔަތްތައް މަހަކު 3.2 މިލިއަން ޑޮލަރަށް އަރާކަން ފާހަގަ ކުރައްވައި ޤާސިމް ވިދާޅުވީ، އެއީ ފޫބެއްދޭ ވަރުގެ ޚަރަދެއް ނޫން ކަމަށެވެ. އަދި މިހާރުގެ ޙާލަތާއި، އެ ހުރިހާ ކަމެއް މުވައްޒަފުންނަށް ވެސް އޮޅުވާލުމެއް ނެތި އަންގާފައިވާނެކަން ޤާސިމް ފާހަގަ ކުރެއްވިއެވެ.

ގާސިމްގެ މާލީ ބަޔާނުގައިވާ ގޮތުން އޭނާ ގެންދަވަނީ ތިން ލޯނަކަށް ފައިސާ ދައްކަވަމުންނެވެ. އެއީ އެސްބީއައިއިން ނަގާފައިވާ ދެ ލޯނެއްގެ އިތުުރުން ވިލާ ކުންފުނިން ނަގާފައިވާ ލޯނެކެވެ. ގާސިމްގެ އަގުބޮޑު ގިނަ މުދާތައް ވެސް ހުރީ ރަހުނު ކުރެވިފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު