Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދު\'މޯލްޑިވްސް ބޯޑަރ މައިލްސް\'

'މޯލްޑިވްސް ބޯޑަރ މައިލްސް' ގެ ޕާރޓްނަރަކަށް ވުމަށް ފުރުޞަތު ހުޅުވާލައިފި

18 ނޮވެމްބަރު 2020 | ބުދަ 08:00

މި ޕްރޮގްރާމަށް އަމަލުކުރާނީ 01 ޑިސެމްބަރ 2020 އިން ފެށިގެން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 18 ނޮވެމްބަރު 2020 | ބުދަ 08:00
\'މޯލްޑިވްސް ބޯޑަރ މައިލްސް\' އިފްތިތާޙުކުރުން

\'މޯލްޑިވްސް ބޯޑަރ މައިލްސް\' އިފްތިތާޙުކުރުން

'މޯލްޑިވްސް ބޯޑަރ މައިލްސް' ޕްރޮގްރާމްގެ ޕާރޓްނަރަކަށްވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މުޅި ދުނިޔޭގައި ވެސް އިފްތިތާޙުކުރި ފުރަތަމަ ލޯޔަލްޓީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވްސް އިމިގްރޭޝަނުން ހުޅުވާލަމުން ބުނެފައި ވަނީ މިއީ ފަތުރުވެރިިކަމުގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތެއް ކަމަށެވެ.

ފަތުރުވެރިންނަށް ޙާއްސަ، އަދި މި ޕްރޮގްރާމުގެ ސަބަބުން ލިބޭ ފައިދާތައް ތިން ދަރަޖައަކަށް ބަހާލެވިގެންވާ "ލޯޔަލްޓީ" ޕްރޮގްރާމުގެ ޕާރޓްނަރުންނަށްވާ ފަރާތްތަކަށް ވަރަށް ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތް ކުރާ އަދަދަށާއި އަދި ރާއްޖޭގައި ހޭދަ ކުރާ ދުވަހުގެ އަދަދަށް ކަމަށްވާއިރު، އަދި ޙާއްސަ މުނާސަބާތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތަކެއް، މި ޕްރޮގްރާމުގައި ލިބިގެންދާނެއެވެ. އެހެންކަމުން ޕާރޓްނަރުންނަށްވާ ފަރާތްތަކާއި އަދި ކަސްޓަމަރުންނަށް ވެސް ޕޮއިންޓް ލިބޭ އުސޫލެއް ވަނީ ކަނޑައަޅާފައެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޙާއްސަ ފައިދާތައް ބެހިގެންވާ ތިން ދަރަޖައަކީ؛ އައިދަ (ލޮއި ދަރަޖަ)، އަންތަރަ (ރިހި ދަރަޖަ) އަދި އަބާރަނަ (ރަން ދަރަޖަ) އެވެ. މިއިން ކޮންމެ ދަރަޖައެއް ހާސިލް ކުރާ ފަތުރުވެރިއަކަށް ވެސް އެ ފަތުރުވެރިއަކު ހާސިލް ކުރާ ދަރަޖައަކާއި ގުޅޭ ޙާއްސަ ފައިދާ ތަކެއް ލިބިގެން ދާނެއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ފަތުރުވެރިންނަށް ލިބޭ ޕޮއިންޓު އިތުރުވަމުންދާ މިންވަރަކަށް، ފަތުރުވެރިންނަށް ލިބިގެންދާ ފައިދާތަކާ ޚިދުމަތްތައް ވެސް އިތުރު ވެގެންދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، އިތުރަށް ފުޅާކުރުމުގެ މަޤްޞަދުގައި ތަޢާރަފްކުރި މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ މަޤުބޫލުކަން އިހުނަށްވުރެން މުޅި ދުނިޔޭގައި އިތުރުވެގެން ދާނެކަމަށާއި، ނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބިފައިވާ މަޤްބޫލުކަމުގެ ފައިދާ، މިހާރަށްވުރެ ވެސް ފުޅާ ގޮތެއްގައި ލިބިގެންދާނެ ކަމެއް ކަމަށް، ދެކެވަޑައިގަންނަވާ ކަމަށް މިޕްރޮގްރާމް އިފްތިތާޙު ކުރެވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް އަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.

އެގޮތުން، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެންނެވެ.

2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރުމާއިއެކު، އެ އަހަރު ވެގެން ދިޔައީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި އަހަރަށެވެ.

މި ކާމިޔާބީއާއިއެކު، ފަތުރުވެރިކަމުގެ ސިނާއަތް ދެން ޖެހިގެން އޮތް ހަރުފަތަށް ގެންގޮސް، 2020 ވަނަ އަހަރު ރާއްޖެއަށް 2 މިލިއަން ޓޫރިސްޓުން ގެނައުމަށް ގިނަގުނަ މާރކެޓިންގ ހަރަކާތްތައް ވެސް ފަށާފައިވެއެވެ.

ނަމަވެސް، ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވުމާއިއެކު ރާއްޖޭގެ ބޯޑަރު 27 މާރިޗު 2020 ގައި ބަންދުކުރިއެވެ. ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިސާދުގެ މައި ތަނބު ކަމަށްވެފައި، ކޮވިޑް-19 ގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމަށް އެޅި ފިޔަވަޅުތަކާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް ވަނީ ކުރިމަތިވެފައެވެ.

ބޯޑަރު ބަންދު ކުރުމަށްފަހު ގާތްގަނޑަކަށް ހަތަރު މަސް ފާއިތުވި ފަހުން، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު، 15 ޖުލައި 2020 ގައި ރާއްޖެ އަލުން ފަތުރުވެރިންނަށް ވަނީ ހުޅުވާލާފައެވެ.

މިފަދަ ދަނޑިވަޅަކާއި ދިމާކޮށް މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ތަޢާރަފް ކުރުން ވެގެންދާނީ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކޮށިގެންދާ ވަރަށް ތަނަވަސް މަގަކަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ހުޅުވިގެންދާ މުހިންމު ދޮރަކަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މި ކުރިމަތިވި ހީނަރުކަމާއިއެކު، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، 'މޯލްޑިވްސް ބޯޑަރ މައިލްސް' ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މަޢުސޫމްއެވެ. މި ޕްރޮގްރާމަށް އަމަލު ކުރާނީ 01 ޑިސެމްބަރ 2020 އިން ފެށިގެންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

07 ޖޫން 2017

ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

07 ޖޫން 2017
ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
04 މެއި 2017

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
03 އެޕްރީލު 2017

ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

03 އެޕްރީލު 2017
ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް