Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިގު ކުންފުނީގެ މައްސަލަ

ބިގު ކުންފުނިން މަނީ ލޯންޑަރ ކުރުމުގެ ތުހުމަތު ކުރެވޭ ރިޕޯޓު ކޮމިޓީއަށް

ފައިސާ ދިން ކަމަށް ބިގުން ބުނެފައިވާ ސިންގަޕޫރުގެ ކުންފުނީގެ އަސްލު ނޭގޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2020 | ހޯމަ 08:25
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ

ބިގު ކުންފުނިން ބޭންކް އޮފް ސިލޯނުގައި ހުރި އެކައުންޓަކަށް ޖަމާކޮށްފައިވާ ފައިސާގެ އަސްލު ކަށަވަރުކުރެވިފައި ނުވާ މައްސަލައާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓުގެ ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓާއި ގުޅިގެން ބަލަން ފެށި މައްސަލައިގައި ހިމެނޭ ކަންތައްތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލާ ތަހުގީގު ކުރުމަށް ފަހު އެ ކޮމިޝަނުން އުފައްދާފައިވާ ރިޕޯޓެއް މަޖިލީހަށް ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ތަފްސީލްތައް ހިއްސާ ކުރައްވަމުން ނަޝީދު ވިދާޅުވީ މިއީ 2020 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު ބިގު ކުންފުނިން 2،158،000ރ. (ދެ މިލިއަން އެއްލައްކަ ފަންސާސް އަށްހާސް) ރުފިޔާ ޖަމާ ކުރުމަށް ބީއެމްއެލްއަށް ދިއުމުން އެ ފައިސާގެ އަސްލު، އަދި އެއީ ކޮން ގޮތަކުން ލިބުނު ފައިސާއެއްކަން ހާމަކުރުމަށްޓަކައި ބޭންކަށް ހިއްސާ ކުރެވުނު މައުލޫމާތުތަކުން އެ ބޭންކަށް އެކަށީގެންވާ މިންވަރަށް އެ ފައިސާގެ އަސްލު އެ ލިޔެކިއުންތަކުން ޔަގީން ނުވާތީ އެ ފައިސާ ޖަމާކޮށްދީފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަށް 18 މާޗް 2020 ގައި އެ ފައިސާ ޖަމާކޮށްފައިވާކަން ލިޔުންތަކުން އެނގެން އޮތް ކަމަށެވެ. އަދި ޕޮލިޓިކަލީ އެކްސްޕޯސްޑް ޕަރސަންސް، (ޕީއީޕީ) އަކާއި ގުޅުން ހުރި ކުންފުންޏެއްގެ އެކައުންޓަކަށް ބޮޑު އަދަދެއްގެ ނަގުދު ފައިސާ ޖަމާކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ ނަގުދު ފައިސާ ދިން ކަމަށް ބިގުން ބުނެފައިވާ ސިންގަޕޫރުގެ ކުންފުނީގެ އަސްލު ނޭގޭތީއާއި އެ ނަގުދު ފައިސާގެ އަސްލު ޔަގީން ނުވާތީ އެ މުއާމަލާތާއި ގުޅިގެން އެމްއެމްއޭގެ އެފްއައިޔޫއިން އެކުލަވާލި ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގައި މަނީ ލޯންޑަރިންގގެ ކުށުގެ ކަންތައްތައް ހިމެނޭތޯ ބެލުމަށް އެ ރިޕޯޓު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަމާލުކަމަށް ގެނައުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުގައި ވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވަނީ މި ރިޕޯޓު ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު