Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

އިސްލާމީ ޝަރީއަތާ ޚިލާފުވާ ގޮތަކަށް ހަނގުރާމައަކަށް ނުނިކުމެވޭނެ: ޚުތުބާ

13 ނޮވެމްބަރު 2020 | ހުކުރު 08:07

ޙާކިމުގެ އިޒުނައަކާ ނުލައި ހަނގުރާމައަކަށް ނުނިކުމެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ނޮވެމްބަރު 2020 | ހުކުރު 08:07
ހުކުރު ޚުތުބާގައި ވަނީ އިސްލާމީ ތާރީޚުގެ މިސާލުތަކުން މިސާލު ނެގުމަށް ހަނދާން ކޮށްދީފައި

ހުކުރު ޚުތުބާގައި ވަނީ އިސްލާމީ ތާރީޚުގެ މިސާލުތަކުން މިސާލު ނެގުމަށް ހަނދާން ކޮށްދީފައި

އިސްލާމީ ޝަރީއަތާ ޚިލާފުވާ ގޮތަކަށް ހަނގުރާމައަކަށް ނުނިކުމެވޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

"ނަޞްރު ލިބޭނީ ﷲ ގެ ދީނަށް ނަޞްރު ދީގެން" މި މައުޟޫގެ މައްޗަށް ބިނާ ކޮށްފައިވާ ޚުތުބާގައި ބުނީ، ހަނގުރާމަ ކުރަން ނުކުންނަ ކޮންމެ މީހަކީ ﷲ ގެ ރުއްސެވުމާއި، ފާފަ ފުއްސެވުން ލިބިވަޑައިގެންފައިވާ މީހެއް ނޫންކަން ﷲ ގެ ވަޙީ ބަސްފުޅުން އެނގޭ ކަމަށެވެ. އަދި ހަނގުރާމައަށް ނުކުންނަން ޖެހޭނީ ކޮމާންޑަރުގެ އަމުރުވެރިކަމުގެ ދަށުން އެއް ޖަމާއަތެއްގެ ގޮތުގައިކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އިސްލާމީ ޝަރިއަތާ ޚިލާފުވާ ފަދަ ގޮތަކަށް އަދި ޙާކިމުގެ އިޒުނައަކާ ނުލައި ހަނގުރާމައަކަށް ނުނިކުމެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ބޮޑެތި ފިތުނަތައް ކުރިމަތިވެފައިވާ ސަބަބުތަކާ ގުޅޭގޮތުން ޚުތުބާގައި ބުނީ، މުސްލިމުން މުސްލިމުންނާ ހަނގުރާމަ ކުރުމާއި، މުސްލިމުން އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅުވުމުގެ ގޮތުން ދުޝްމަނުންނަށް ވާގޮވެރި ވުމަކީ އެކަމަށް މަގުފަހިވާ ސަބަބުތަކެއް ކަމަށެވެ.

މުސްލިމުންނަށް ނަސްރު ހޯދޭނީ ސަބަބުތަކުގައި ހިފަހައްޓައިގެންކަން ފާހަގަކޮށް ޚުތުބާގައި އިތުރަށް ބުނީ، އެކަން ކުރެވޭނީ މުސްލިމުންނަށް މާތް ﷲ ނަސްރު ދެއްވާނެކަން ޤަބޫލުކޮށް އެކަމަށްޓަކައި ދުޢާކޮށް ވަކީލު ކޮށްގެން ކަމަށެވެ. އަދި އިބުނު ބަތޫތާގެ ދަތުރުނާމާގައި ދިވެހިންނަކީވެސް އެފަދައިން ދުޢާ ކުރާ ބައެއްގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އެގޮތުން ދިވެހިންގެ ހަތިޔާރަކީ ދުޢާ ކަމަށާއި، ރަށްތައް ލޫޓުވަން އަންނަ މީހުން ބަލިކަށިވަނީ ކުރާ ދުޢާގެ ސަބަބުންކަން ދަތުރުނާމާއާ ޙަވާލާދީ ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.

އެހެން ނަމަވެސް ގިނަ ބަޔަކު މިއަދު އެ ހަތިޔާރުގެ މަތިން ހަނދާން ނައްތާލާފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ﷲ އަށް އިޙްލާސްތެރިވެ އެކަލާނގެ ހަޟްރަތަށް ކުއްތަން ވެވުނު ވަރަކަށް ދުޢާ އިޖާބާ ކުރެއްވުން އަވަސްވެގެންވާ ކަމަށެވެ.

އޭގެ އިތުރުން، އިސްލާމީ ތާރީޚަށް ބަލާއިރު، ކީރިތި ރަސޫލާގެ ސަޙާބީންނާއި، އިސްލާމީ ލަޝްކަރުތަކުގެ ކޮމާންޑަރުން ޢަމަލު ކުރައްވާފައިވަނީވެސް އެގޮތަށްކަން ފާހަގަކޮށް އެކަންކަމުން މިސާލު ނެގުމަށް މުސްލިމު އުއްމަތަށް ޚުތުބާގައި ގޮވާލާފައިވެ އެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!

20 އެޕްރީލު 2017
އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!
25 މާރިޗު 2017

އިހްތިރާމް ކުޑަގޮތަކަށް ސަރުކާރުގެ ވެހިކަލެއްގައި މުސްހަފްތަކެއް އުފުލި މައްސަލަ ހޫނުވެއްޖެ

25 މާރިޗު 2017
އިހްތިރާމް ކުޑަގޮތަކަށް ސަރުކާރުގެ ވެހިކަލެއްގައި މުސްހަފްތަކެއް އުފުލި މައްސަލަ ހޫނުވެއްޖެ
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
16 މާރިޗު 2017

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ
04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް