Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ

ޔުނިސެފްގެ އެހީގައި ހަތަރު ހާހަށް ވުރެ ގިނަ މުދައްރިސުންނަށް ޓްރެއިނިންގ ދީފިން: އެޑިއުކޭޝަން މިނިސްޓަރ

12 ނޮވެމްބަރު 2020 | ބުރާސްފަތި 13:24

ބައެއް ސްކޫލްތަކުގެ ހުރިހާ މުދައްރިސުންނަށް ތަމްރީނު ދެވުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 12 ނޮވެމްބަރު 2020 | ބުރާސްފަތި 13:24
އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ

ޔުނިސެފްގެ އެހީގައި މިހާތަނަށް 4 ހާހަށް ވުރެ ގިނަ މުދައްރިސުންނަށް އޮންލައިން ޕްލެޓްފޯމްތަކަށް އަހުލުވެރިވުމުގެ ގޮތުން ޓްރެއިނިންގ ދީފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 ގެ މިހާލަތުގައި މެދު ނުކެނޑި އޮންލައިން ޕްލެޓްފޯމްތަކުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވިކަމަށެވެ. މީގެއިތުރުން ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ބައެއް ދަރިވަރުންގެ އިތުރުން ބައެއް މުދައްރިސުން ޕްލެޓްފޯމްތަކަށް އަހުލުވެރި ނުވުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން މައްސަލަ ހައްލުކުރުމުގެ ގޮތުން ޔުނިސެފްގެ އެހީގައި މުދައްރިސުން ގޫގަލް ކްލާސްރޫމަށް އަހުލުވެރި ކުރުވުމުގެ ގޮތުން ޓްރެއިނިންގތަކެއް ދެވިގެން ދިޔަކަމަށާ ބައެއް ސްކޫލްތަކުގެ ހުރިހާ މުދައްރިސުންނަށް ވެސް މިގޮތަށް ތަމްރީނު ދެވިގެން ގޮސްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެންމެ ފުރަތަމަ މިކަން ފެށިގެން ދިޔައިރާ އަޅާބަލާއިރު މިހާތަނަށް ނުހަނު ގިނަ ކުރިއެރުންތަކެއް ސްކޫލްތަކަށް ލިބިގެންދިޔަކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ފާއިތުވި ދެއަހަރަށް ބަލާއިރު މިނިސްޓަރ ވިދާޅުވީ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ނާސްތާ ޕްރޮގްރާމް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކުރައްވަން ހުރި ބައެއް މަސައްކަތްތައް ވެސް މިނިސްޓަރ ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 9 ހަބް ސްކޫލެއް ގާއިމް ކުރެއްވުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ދަރިވަރުންގެ ލިޓްރަސީއާއި ނިއުމަރެސީ ރަނގަޅުކޮށް ތަރައްގީ ކުރުމަށް ޕްރޮގްރާމްތަކެއް ހިންގަމުން ދާކަމަށެވެ. އަދި 2021 ވަނަ އަހަރުގެ ދިރާސީ އާއަހަރު ފަސްކުރެވިގެން ދިޔައީ ވަރަށް ވެސް ގިނަ ސަބަބު ތަކެއްގެ ސަބަބުން ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ އެހާ ގިނަ ދުވަހު ސްކޫލަށް ނުގޮސް ދަރިވަރުން ތިބުމުގެ ސަބަބުން ދަރިވަރުން ވަރަށް ގިނަ ކަންކަން ހަނދާން ނެތުމުގެ އިތުރަށް އޭގެ ސަބަބުން ފަހަތަށް ޖެހިގެން ދާކަމަށް ގަބޫލު ކުރެވޭކަމަށެވެ.

ދަރިވަރަކު ސްކޫލަށް އަންނަ މިންވަރު އިތުރުވެ ގިނަ ވާނަމަ އެކުއްޖަކަށް އިނގޭ މައުލޫމާތު އަދި ހުނަރު އިތުރުވެގެން ދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކޮވިޑް ތެރޭގައި ކުދިންނަށް ކިޔަވައި ދެމުން ގެންދިޔައީ ކޮންޑެންސް ކަރިކިއުލަމްއަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ދަރިވަރުންނަށް ކިޔަވައިދީފައިވަނީ ހަމަ އެކަނި އެކުދިންނަށް ކޮންމެހެން ބޭނުންވާ މިންވަރަށް އެކަނިކަަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ ގެއްލުނު ބައި އަލުން ދަރިވަރުންނަށް ކިޔަވައިދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ވަރަށް ގިނަ ބަޔަކު މިބަދަލަކީ ދާއިމީ ބަދަލެއްތޯ އަހަމުން ގެންދާއިރު މިކަމުގެ މަޝްވަރާތައް ކުރެވެމުން ދާކަމަށެވެ. އަދި ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި ކޮންމެ އަހަރަކުވެސް ދިރާސީ އާ އަހަރު، އަހަރުގެ މަދުތެރެއިން ފެށުމަކީ އެންމެ އެދެވޭ އަދި އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ދެކެމުން އަންނަ ކަމަށެވެ.

ފާއިތުވި ދެއަހަރުގެ މަސައްކަތްތަކާއި މެދު ހިންހަމަޖެހޭކަމަށް ވިދާޅުވަމުން މިނިސްޓަރ ވިދާޅުވީ ހާއްސަކޮށް 2020 ވަނަ އަހަރު ދިމާވި ގޮންޖެހުންތަކާއެކުވެސް ރަނގަޅު އަދި ކާމިޔާބު މަސައްކަތްތަކެއް ކުރެވިގެން ގޮސްފައިވާކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް