Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިހުގެ ސަރުކާރަށް 2 އަހަރު

ތަރައްގީ ކުރުމުގައި އޮތް ހަމައެކަނި މަގަކީ އެއްފަސް ކުރުމެއް ނޫން: އަސްލަމް

ރާއްޖެ ތަރައްގީކުރެވޭނީ ލާމަރުކަޒު ކުރެވިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ނޮވެމްބަރު 2020 | ބުދަ 04:10
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް (ވ)

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް (ވ)

ތަރައްގީ ކުރުމުގައި އޮތް ހަމައެކަނި މަގަކީ އެއްފަސް ކުރުމެއް ނޫން ކަމަށާއި، ރާއްޖެ ތަރައްގީ ކުރުމުގައި ލާމަރުކަޒީކޮށް އެކަން ކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 2 އަހަރު ފުރުމާއި ގުޅިގެން ރާއްޖެ.އެމްވީއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖެ ތަރުތީބު ކުރެވިފައި އޮންނާނެގޮތާއި ގުޅޭގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އެގޮތުން ސްޕެޝަލް ޕްލޭނެއް ތައްޔާރު ކުރެވި އޭގެ ތެރެއިން 3 ސަރަހައްދަކަށް ރާއްޖެ ބަހާލެވިފައިވާ ކަމަށެވެ. އަދި އެ 3 ސަރަހައްދު 6 ރީޖަނަލަށް ބަހާލެވިފައިވާ ކަމަށާއި، އެއިން ކޮންމެ ރީޖަނެއްގައި ގާއިމްކުރަން ބޭނުންވަނީ ކޮން ސޯޝަލް އިންފްރާސްޓްރަކްޗަރ އެއްތޯ އަދި ކޮން އިކޮނަމިކް އެކްޓިވިޓީއެއްތޯ ކޮން ކަހަލަ ޕަބްލިކް އިންފްރާސްޓްރަކްޗާއެއްތޯ އެތަންތާގައި ހުންނަންވީ ކަނޑައަޅާ ވަނީ ނިމިފައެވެ.

އެކަމާއި ގުޅޭ ގޮތުން ސަރުކާރުގެ އެންމެ އިސް ފަރާތްތަކާއެކީގައި އެ މަސައްކަތްތައް ކޮށްފައިވާ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ހިންގާ އިރު، ސްޕެޝަލް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ދަތުރު ފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމަށްޓަކައި ސްޕެޝަލް ޕްލޭންގައި ކަނޑައަޅާފައިވާ ރީޖަންތަކާއި ޒޯންތަކުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރުކުރާނެ ގޮތުގެ ޕްލޭނެއް ތައްޔާރުކޮށް އެކަމަށް ބޭނުންވާނެ އުޅަނދު ފަހަރަކީ ކިހާ ވަރެއްތޯ އަދި ސްޓޭންޑަޑާއި ކޮލިޓީ އަދި އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރާނެ ފެރީ ޝެޑިއުލް ތައްޔާރުކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މުޅި ޕްލޭން އެއްކޮށް ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި، އުއްމީދުކުރީ މި އަހަރުގެ ތެރޭގައި އުތުރުގެ 3 އަތޮޅުގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމް ފަށައިގަނެވޭނެ ކަމަށެވެ. އަދި މި އަހަރުގެ ބަޖެޓުގައި އެކަމަށް 100 މިލިއަން ރުފިޔާ ހިމެނިފައިވާނެ ކަމަށާއި، ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން އަދި ރާއްޖޭގެ މާލީ ތަނަވަސްކަމަށް އައި ދަތިކަމާއެކީގައި އެ މަޝްރޫއު މިއަހަރު ތެރޭގައި ފެށުން މަޑުޖައްސާލާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާނީ އެކަމަށް ހާއްސަ ކުރެވިފައިވާ ފެރީތަކެއް ކަމަށާއި، އެ ފެރީތަކަކީ ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހެ އަދި އެއް ރީޖަނުން އަނެއް ރީޖަނާއި ގުޅިފައިވާ ނިޒާމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު