Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ ސްކޫލް ހުޅުވުން

ފުޓްބޯޅަ ސްކޫލުގެ ކަރިކިއުލަމް ތައްޔާރުކުރަނީ

10 ނޮވެމްބަރު 2020 | އަންގާރަ 13:48

ފުޓްބޯޅަ ސްކޫލުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 ނޮވެމްބަރު 2020 | އަންގާރަ 13:48
މިދިޔަ އަހަރު އެފްއޭއެމުން ފާހަގަކުރި ގްރާސް ރޫޓް ދުވަހުގެ ތެރެއިން

މިދިޔަ އަހަރު އެފްއޭއެމުން ފާހަގަކުރި ގްރާސް ރޫޓް ދުވަހުގެ ތެރެއިން

ގައުމީ ފުޓްބޯޅަ ސްކޫލުގައި ކުޅުންތެރިންނަށް ކިޔަވައިދޭ ކަރިކިއުލަމް ތައްޔާރުކުރުމުގެ މަސައްކަތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ތަޢުލީމާ ބެހޭ ވުޒާރާ ގުޅިގެން ފަށައިފިއެވެ.

ސަރުކާރުން ޚަރަދުކޮށްގެން ހެދުމަށް ހަމަޖެހިފައިވާ ގައުމީ ފުޓްބޯޅަ ސްކޫލް ހަދަމުން އަންނަނީ ހުޅުމާލޭގައެވެ. މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރާއިރު، ސްކޫލުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅެވެ. ފުޓްބޯޅަ ސްކޫލުގެ އިމާރާތުގެ މަސައްކަތް ނިމިފައިވާއިރު، ޓާފް ދަނޑާއި އެހެނިހެން ބައެއް މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ. މި ސްކޫލުގެ އިމާރާތް މި ވަގުތު ބޭނުންކުރަމުން އަންނަނީ ކުޅިވަރާ ބެހޭ ވުޒާރާ މެދުވެރިކޮށް ކޮވިޑް-19 އާ ގުޅިގެން ވަގުތީ ހިޔާއެއްގެ ގޮތުުގައެވެ. އެކަމަކު ފުޓްބޯޅަ ސްކޫލުގެ މަސައްކަތްތައް ފެށެންވާއިރަށް އިމާރާތް އެފްއޭއެމާ ހަވާލުކުރާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ މައުލޫމާތުދީފައެވެ.

ފުޓްބޯޅަ ސުކޫލް ހުޅުވުމަށް ތައްޔާރުވަމުން އަންނާތީ، މި މަހުގެ އެއްވަނަ ދުވަހު އެފްއޭއެމުން ވަނީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އާއިޝަތު އަލީއާއެކު މަޝްވަރާކޮށްފައެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ގެ އިތުރުން އެފްއޭއެމާއި ތަޢުލީމާ ބެހޭ ވުޒާރާގެ ބައެއް އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ އެފްއޭއެމުގެ ފުޓްބޯލް ސްކޫލް ޕްރޮގްރާމަށް ވަކިން ހާއްސަ ކަރިކިއުލަމެއް ތައްޔާރުކުރުމަށެވެ. އެގޮތުން އަވަސް މުސްތަގުބަލެއްގައި އެ ކަރިކިއުލަމް ފައިނަލް ވެގެންދާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި އަންނަ އަހަރު ސްކޫލް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނައިރު، އެ ސްކޫލުގައި ހިމެނޭނީ އެކޮމެޑޭޝަން ބްލޮކަކާއި ޓާފް ދަނޑެއްގެ އިތުރުން އޮފީހެއް ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެފްއޭއެމުން މީގެ ކުރިން ބުނެފައިވަނީ ފުޓްބޯޅަ ސްކޫލް ހެދުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ މަޝްހޫރު އެކެޑަމީއަކާއި ގުޅިގެން ކަމަށެވެ. އަދި އެކެޑަމީ ކުރިއަށްދާނީ ފީފާ އާއި އޭއެފްސީގެ ގަވާއިދުތަކާއި އެއްގޮތަށް ކަމަށްވެސް ވަނީ ބުނެފައެވެ.

މި އެކެޑަމީއަށް ކުދިން ނެގުމަށް ހަމަޖެހިފައިވަނީ އެފްއޭއެމުގެ ޓެކްނިކަލް ސްޓާފުން އަތޮޅު ތެރެއަށް ގޮސްގެން ކަމަށާއި، އެކެޑަމީއަށް ފުރަތަމަ ނަގާނީ 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ކުދިން ނަގާއިރު ބޮޑަށް ބަލާނީ ފުޓްބޯޅައަށް މަޝްހޫރު ރަށްތަކަށް ކަމަށާއި، އެކެޑަމީއަށް ހޮވޭ ކުދިން އެކެޑަމީގައި ދިރިއުޅޭ ގޮތަށް ބަދަލުކޮށް، އެ ކުދިންގެ ކިޔެވުން ހަމަޖައްސައިދޭނެ ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2017

ފިޔޯރީގެ ފޭސް ޖަމިއްޔާއިން ފުޓްބޯޅަ އެކަޑަމީއެއް ފަށައިފި

23 ސެޕްޓެމްބަރު 2017
ފިޔޯރީގެ ފޭސް ޖަމިއްޔާއިން ފުޓްބޯޅަ އެކަޑަމީއެއް ފަށައިފި
07 ސެޕްޓެމްބަރު 2017

ގާނާގެ ރެފްރީ ޖޯސެފް ލެމްޕްޓޭ ބައިނަލްއަޤުވާމީ ފުޓްބޯޅައިން އުމުރަށް ސަސްޕެންޑް ކޮށްފި

07 ސެޕްޓެމްބަރު 2017
ގާނާގެ ރެފްރީ ޖޯސެފް ލެމްޕްޓޭ ބައިނަލްއަޤުވާމީ ފުޓްބޯޅައިން އުމުރަށް ސަސްޕެންޑް ކޮށްފި
23 އޯގަސްޓު 2017

ރޮނާލްޑޯގެ އަދަބު ލުއިކޮށްދެވޭކަށް ނެތް: ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަން

23 އޯގަސްޓު 2017
ރޮނާލްޑޯގެ އަދަބު ލުއިކޮށްދެވޭކަށް ނެތް: ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަން
24 މެއި 2017

ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި

24 މެއި 2017
ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި
13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް