Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް ކޭޝްލެސް ޕޭމަންޓް

ޓެކްސީއަށް ފައިސާ ދެއްކުމަށް ކޭޝްލެސް ޕޭމަންޓުގެ ޚިދުމަތް ބީއެމްއެލްއިން ތައާރަފްކޮށްފި

9 ނޮވެމްބަރު 2020 | ހޯމަ 09:08

ޓެކްސީ ޑްރައިވަރުންނަށް މިހާރު މޮބައިލްޕޭ މެދުވެރިކޮށް ކޮންޓެކްޓްލެސް ޕޭމަންޓް ބަލައިގަނެވޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 9 ނޮވެމްބަރު 2020 | ހޯމަ 09:08
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ މިޚިދުމަތް ތަޢާރަފްކޮށްދެއްވަނީ

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ މިޚިދުމަތް ތަޢާރަފްކޮށްދެއްވަނީ

ނަގުދު ފައިސާ ބޭނުންނުކޮށް ޓެކްސީ އަށް ފައިސާ ދެއްކޭނެ ކޭޝްލެސް ޕޭމަންޓް ޚިދުމަތެއް ބީއެމްއެލް އިން ތައާރަފްކޮށްފި އެވެ.

މިއީ ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލްކުރުމަށާއި ނަގުދު ފައިސާ ނުގެންގުޅޭ މުޖްތަމައަކަށް ވާސިލުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފް ކުރެވުނު ޚިދުމަތެކެވެ. މި ޚިދުމަތާއެކު ޓެކްސީ ޑްރައިވަރުންނަށް މިހާރު ބީއެމްއެލް މޮބައިލްޕޭ މެދުވެރިކޮށް ކޮންޓެކްޓްލެސް ޕޭމަންޓް ބަލައިގަނެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

މި ޚިދުމަތުގެ އެހީގައި ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލްޕޭ މެދުވެރިކޮށް ޑްރައިވަރުގެ މޯބައިލް ފޯނުގައިވާ ނުވަތަ ޓެކްސީގައި ބަހައްޓާފައިވާ ކިޔުއާރު ކޯޑު ސްކޭންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ އެވެ. ޓެކްސީ ޑްރައިވަރުންނަށް ކޭޝްލެސް ޕޭމަންޓްގެ ޚިދުމަތް ފޯރުކޮށްދެވިފައިވަނީ ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސް ޕޭމަންޓް ޚިދުމަތް ދިނުމަށް ބޭންކުން ބޭނުންކުރަމުންދާ އެމްޕޮސް ޚިދުމަތްތަކުގެ ތެރެއިން ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ކޭޝްލެސް ޕޭމަންޓުގެ ޚިދުމަތް ހޯމަ ދުވަހު ތައާރަފްކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ. ޚިދުމަތް ތައާރަފްކޮށްދެއްވުމަށްފަހު މިނިސްޓަރ ނަހުލާ އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާ ވަނީ ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރެވޭ ހޭންޑް ސެނިޓައިޒަރ އާއި ފޭސް މާސްކް ޓެކްސީ ޑްރައިވަރުންނަށް ހަދިޔާ ކުރައްވާފަ އެވެ. ކޭޝްލެސް ޕޭމަންޓުގެ ޚިދުމަތްދޭ ކޮންމެ ޓެކްސީއަކަށް މި ތަކެތި ހިމެނޭ ޕެކެއް ބޭންކުން ހަދިޔާ ކުރުމަށްވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ ފައިސާ ދެއްކުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރުމަކީ ލިބޭ އުފަލެއް ކަމަށާއި މި ވަސީލަތުގެ އެހީގައި ކަސްޓަމަރުންނަށް ރައްކާތެރިކަމާ ފަސޭހަކަމާއެކު އަވަހަށް ފައިސާ ދެއްކުމުގެ މުއާމަލާތްތައް ފުރިހަމަ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ނަގުދު ފައިސާ ބޭނުންނުކޮށް ފައިސާގެ މުއާމަލާތްތައް ހިންގުން އާދައަކަށް ވެފައިވާ ދަނޑިވަޅެއްގައި، ފައިސާ ދެއްކުމުގެ ޒަމާނީ މި ޚިދުމަތް ކަސްޓަމަރުންނާއި ޑްރައިވަރުންގެ މެދުގައި މަގްބޫލު ޚިދުމަތަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށާއި އެކުގައި މި ދަތި ދުވަސްތަކާ ކުރިމަތިލުމުގައި ބޭންކުން މުޖަތަމައަށް އެހީތެރިވުމުގައި ދެމިއޮންނާނެ ކަމަށް ޓިމް ވިދާޅުވި އެވެ.

ބީއެމްއެލް މޮބައިލްޕޭ އަކީ ކޮންމެތަނަކުންވެސް ތަކެތި ގަތުމަށްޓަކައި ފައިސާ ދެއްކުމަށް ބޭނުންކުރެވޭ ބޭންކުގެ ޑިޖިޓަލް ވޮލެޓް އެޕްލިކޭޝަނެވެ.

މި އެޕް އެޕަލް ސްޓޯރ އިންނާއި ގޫގަލް ޕްލޭ ސްޓޯރ އިން ޑައުންލޯޑް ކުރެވޭނެއެވެ. ބޭންކުން ދޫކޮށްފައިވާ ކާޑުތަކުގެ ތެރެއިން ކަސްޓަމަރުން މިހާރު ބޭނުންކުރަމުންދާ ކާޑުތަކާ ޑިޖިޓަލް ވޮލެޓް މި އެޕުން ގުޅުވާލަދެއެވެ.

އެހެންކަމުން ކަސްޓަމަރުންނަށް ކާޑުގެ މައުލޫމާތު ހިއްސާ ކުރަން ނުޖެހި ފައިސާ ދެއްކޭނެ މަގުފަހިވެގެން ދިޔުމާއެކު މިއީ ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ ގޮތެކެވެ.

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި

25 ޑިސެމްބަރު 2017
ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި
11 އޮކްޓޯބަރު 2017

ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތްތައް ކުރެވޭ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިދެނީ

11 އޮކްޓޯބަރު 2017
ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތްތައް ކުރެވޭ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިދެނީ
08 އޮކްޓޯބަރު 2017

މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި

08 އޮކްޓޯބަރު 2017
މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި
08 އޮކްޓޯބަރު 2017

ރާއްޖެއަކީ "ކޭޝްލެސް" މުޖުތަމައުއަކަށް ހެދުން ވަރަށް މުހިއްމު: މުނައްވަރު

08 އޮކްޓޯބަރު 2017
ރާއްޖެއަކީ "ކޭޝްލެސް" މުޖުތަމައުއަކަށް ހެދުން ވަރަށް މުހިއްމު: މުނައްވަރު
25 ޖޫން 2017

ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!

25 ޖޫން 2017
ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!
08 ޖޫން 2017

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

08 ޖޫން 2017
އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި
23 މެއި 2017

ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި

23 މެއި 2017
ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި
19 އެޕްރީލު 2017

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި
04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
06 ފެބުރުއަރީ 2017

ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި

06 ފެބުރުއަރީ 2017
ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް