Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓު 2021

އަންނަ އަހަރު ނިމޭއިރު ދަރަނި ގެރެންޓީ ހިމަނައިގެން 82.8 ބިލިއަން ރުފިޔާއަށް އަރާނެ، ދަރަނި މެނޭޖްކުރެވޭނެކަމުގެ އިތުބާރު އެބައޮތް!

9 ނޮވެމްބަރު 2020 | ހޯމަ 05:37

މި ވަގުތު ދަރަނި މައްޗަށް ދިޔަ ނަމަވެސް، މެދުރާސްތާގައި ދަރަނި ކުޑަކުރެވޭނެ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 9 ނޮވެމްބަރު 2020 | ހޯމަ 05:37
ފިނޭންސް މިނިސްޓަރ މަޖިލީހަށް ބަޖެޓު ހުށަހެޅުން

ފިނޭންސް މިނިސްޓަރ މަޖިލީހަށް ބަޖެޓު ހުށަހެޅުން

2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި ގެރެންޓީ ހިމަނައިގެން 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ 20121 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ތަފްސީލް ދެއްވަމުން މިނިސްޓަރ ވަނީ، މި ވަގުތަކީ އިގްތިސާދީ ހަރަކާތްތައް ހުއްޓުނަނުދީ ހިފަހައްޓަންވީ ވަގުތުކަން ފާހަގަކުރައްވައި އިގްތިސާދުގައި އެންމެ މުހިއްމު ރޯލެއް ކުޅެވޭނީ ސަރުކާރަށް، ފިސްކަލް ޕޮލިސީގެ ތެރެއިންކަމަށް ވިދާޅުވެފަ އެވެ. އަދ، އިގްތިސާދީ ކުރިއެރުން އަވަސްކޮށް، މި އަޑިގަނޑުން އަރައިގަތުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ސަރުކާރުން ކުރާނެކަމަށާއި ނަމަވެސް އިޤްތިސާދު މެނޭޖްކުރުމަށްޓަކައި މި ވަގުތު ދޭން އޮތް ފަރުވާގެ ސައިޑް އިފެކްޓަކީ ދަރަނި މައްޗަށް ދިއުންކަމަށެވެ.

Advertisement - newsAdvertisement

މިގޮތުން 2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި ގެރެންޓީ ހިމަނައިގެން 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކޮށް މިނިސްޓަރ ވަނީ މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 124.8 އިންސައްތަކަމަށް ވިދާޅުވެފަ އެވެ.

އަދި، މި ވަގުތު ދަރަނި މައްޗަށް ދިޔަ ނަމަވެސް، މެދުރާސްތާގައި ދަރަނި ކުޑަކުރެވޭނެކަމަށާއި މެދުރާސްތާގައި ދަރަނި 'ސަސްޓެއިނަބަލް' މަގަށް ގެންނަން، ގައުމީ އުފެއްދުންތެރިކަން އިތުރުކުރަންޖެހޭކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ޖީޑީޕީ މިހާރު ދަށަށްދާ ދިޔުން ހުއްޓުމަކަށް ގެނެސް، 2021 ވަނައަހަރު 'ގްރޯތް ޕާތް' އަކަށް ދާންޖެހޭކަމަށާއި 2021 ވަނައަހަރު ބަޖެޓުގެ އަމާޒަކީ އެއީކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި، ސަރުކާރުގެ އަމާޒަކީ ނޮމިނަލް ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ދަރަނި މައްޗަށް ދާ މިންވަރަށްވުރެ މަތީގައި ބެހެއްޓުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ނަމަވެސް ދުނިޔެއަށް ދިމާވެފައިވާ ކޮވިޑުގެ ހާލަތާއި ގުޅިގެން އަންދާޒާކުރި ގޮތާއި ޚިލާފަށް ޖީޑޕީ 29.3 އިންސައްތަ އިން ދަށްވެ, އާމްދަނީ ދަށްވުމާއި ގުޅިގެން އިތުރު ދަރަނި ނަގަންޖެހުމުން, އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު އިތުރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ، ދަރަނި މެނޭޖްކޮށް ބެލެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށް އޮތް ގިނަ އަހަރުތަކުގައި ކުރަން ޖެހޭނެކަމަށާއި މިހާރުވެސް އެ މަސައްކަރް ކުރަމުން ދާކަމަށެވެ.

އަދި، މި މަސައްކަތް ތަކުގައި ސަރުކާރުން ތަޖުރިބާކާރުންގެ ލަފާއާއި އިރުޝާދު ބޭނުންކުރަމުން ދާކަން ފާހަގަކޮށް މިނިސްޓަރ ވަނީ މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ލަފާވެ ބޭނުންކުރާނެކަމަށް ވިދާޅުވެފަ އެވެ. ދަރަނީގެ ނިސްބަތް ދެމެހެއްޓެނިވި މަގަށް ގެނައުމަކީ ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، ދެމިހެއްޓެނިވި މަގަށް ގެނައުމަށް 'ފިސްކަލް ކޮންސޮލިޑޭޝަން' އަކީ މިވަގުތު ބުއްދިވެރިކަމެއް ނޫންކަމަށާއި ފިސްކަލް ކޮންސޮލިޑޭޝަންއަކަށް ދާންޖެހޭނީ ރިކަވަރީއަށް ފަހުގައިކަމަށެވެ.

މަޖިލީހުގައި އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ދަރަނި މައްޗަށް ދިއުމާއި އިޤްތިސާދީ ކުރިމަގާމެދު ހިރާސްތަކެއް ހުރިކަން އެއީ ދެބަސްވެވޭކަމެއް ނޫންކަމަށެވެ. ނަމަވެސް މިއީ ރާއްޖެއަށް އެކަނި ދިމާވި ކަމެއް ނޫންކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މިއީ ސިޔާސަތުގައި ހުރި ގޯހެއްވެސް ނޫންކަމަށެވެ.

ކޮވިޑް-19ގެ ކުރިން 2020 ވަނައަހަރު ފާސްކުރި ބަޖެޓްގައި މެދު ރާސްތާގައި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ކުޑަކުރުމުގެ ޕްލޭން ފާހަގަކޮށްފައިވާނެކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ދަރަނި ރިކޯޑްކުރުމާއި އަދި ޓްރާންސްޕޭރަންސީގައި ފާހަގަކޮށްލެވޭ ކުރިއެރުންތައް މި ސަރުކާރުން ހޯދާފައިވާކަން ރާއްޖޭގެ އިގްތިސާދާ ބެހޭގޮތުން އެކި ފަރާތްތަކުން ނެރޭ ރިޕޯޓްތަކުގައި ފާހަގަކުރަމުންދާކަމަށެވެ. އަދި މިކަމުން، ސަރުކާރުގެ ސިޔާސަތުތައް ހުރީ ރަނގަޅު މަގުގައިކަން އެގިގެންދާކަމަށާއި ކޮވިޑް-19 އާ ގުޅިގެން އިޤްތިސާދު ނެގެހެއްޓުމަށް ކައުންޓަރސިކްލިކަލް ފިސްކަލް ސިޔާސަތެއް ގެންގުޅުމަކީވެސް އިޤްތިސާދަށް އެންމެ ފައިދާހުރި ގޮތްކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ސަރުކާރުން ދަރަނި އަދާކުރާނެކަމަށާއި ދަރަނި އަދާކުރުމަށްޓަކައި ކުރަން ޖެހޭ ޕްލޭންތައް ވަނީ ކޮށް ދަރަނި މެނޭޖްކުރެވޭނެކަމުގެ އިތުބާރުވެސް އެބައޮތްކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް