Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް 2021

އަންނަ އަހަރުގެ ބަޖެޓުން ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނެ!

މީގެ ކުރިން ދިމާވި އެހެން އެއްވެސް އިޤްތިސާދީ ތަދުމަޑުކަމަކާ ނުބައްދަލު ކާރިސާއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ނޮވެމްބަރު 2020 | ހޯމަ 04:07
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ޚިދުމަތްތައް ލާމަރުކަޒު ކުރުމާ ގުޅޭ މުހިއްމު ސިޔާސަތުތަކެއް ހިމެނިފައިވޭ

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ޚިދުމަތްތައް ލާމަރުކަޒު ކުރުމާ ގުޅޭ މުހިއްމު ސިޔާސަތުތަކެއް ހިމެނިފައިވޭ

2021 ވަނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުން ސަރުކާރުގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު އިއްވަވަމުން ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި މިނިސްޓަރ ވިދާޅުވީ، 2021 ވަނަ އަހަރުގެ ބަޖެޓު ރޭވިފައިވާނީ ކޮވިޑް-19 ގެ އިޤްތިސާދީ އަދި އިޖުތިމާއީ ގެއްލުންތަކުން ވީހާވެސް އަވަހަކަށް އަރައިގަނެ، "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގެ އެންމެ މުހިއްމު ސިޔާސަތުތައް ތަންފީޒުކުރުމުގެ މައްޗަށް ކަމަށެވެ.

2021 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅަނީ ކޮވިޑް-19 އާ އެކު ދުނިޔެ އާއި ރާއްޖޭގެ އިޤްތިސާދަށް ތަދުމަޑުކަމެއް އައިސްފައިވާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މިއީ މީގެ ކުރިން ދިމާވި އެހެން އެއްވެސް އިޤްތިސާދީ ތަދުމަޑުކަމަކާ ނުބައްދަލު ކާރިސާއެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ތަރައްޤީ އާއި ޚިދުމަތްތައް ލާމަރުކަޒު ކުރުމާއި، ސަރަހައްދީ ތަރައްޤީ ބާރުމިނުގައި ގެނައުމަށް އިންވެސްޓްކުރާ ތަން މި ބަޖެޓުން ފެންނާނެ ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިސާދު އަލުން އަރާސްތުކޮށް، ސިންދަފާތު ކުރުމުގެ އީޖާބީ މަސައްކަތް ހިމެނޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ކޮވިޑް-19 އާ އެކު، ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ފެންނާނެކަން ފާހަގަ ކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، މި ކަންކަމަށް ބަޖެޓުން ޖާގަ ހޯދާފައިވާނީ ދައުލަތުގެ ހިންގުމުގެ ޚަރަދުތައް ކުޑަކޮށްގެން ކަމަށެވެ. އެހެން ނަމަވެސް، ރައްޔިތުންނާ ގުޅުންހުރި، މުހިންމު ޕްރޮގްރާމްތަކާއި އިޖުތިމާޢީ ރައްކާތެރިކަން ދެމެހެއްޓުމަށް އިސްކަން ދީފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު