Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާއަށް އިމްޕޯޓް ކުރެވޭ މުދާ

ގިނަ ބާވަތްތަކެއްގެ ހިކި މަސް ލަންކާއަށް އެތެރެކުރުން މަނާކޮށްފި

ދިވެހި ސަރުކާރުން ބުނަނީ ރާއްޖެއިން ލަންކާއަށް މަސް އެކްސްޕޯޓް ކުރުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2020 | ހޮނިހިރު 17:57
ރާއްޖޭގައި ހިއްކާފައި ހުރި މަހުގެ އުފެއްދުންތަކެއް

ރާއްޖޭގައި ހިއްކާފައި ހުރި މަހުގެ އުފެއްދުންތަކެއް

ލަންކާގެ ޑިޕާޓްމެންޓް އޮފް ފިޝަރީސް އެންޑް އެކުއާޓިކް ރިސޯސެސް އިން، ހިއްކާފައި ހުރި މަހުގެ ގިނަ ބާވަތްތައް އެތެރެކުރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

އެ ޑިޕާޓްމެންޓުން ނެރުނު ބަޔާނުގައި ވަނީ ކޮވިޑާއި ގުޅިގެން މަހުގެ މާކެޓިންގ ސިސްޓަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ލަންކާގެ މަސްވެރިން ބާނާ މަސް ވެސް ހިއްކަމުންދާއިރު އެހެން ގައުމުތަކުން ހިއްކާފައި ހުރި މަސް ލަންކާއަށް އެތެރެ ކުރާނަމަ އެ ގައުމުގެ މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން އެހެން ގައުމުތަކުން އުފައްދާ ހިއްކާފައި ހުރި މަހުގެ ގިނަ ބާވަތްތައް ލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާ ކަމަށް އެ ޑިޕާޓްމެންޓުން ބުންޏެވެ.

މިކަމާއި ގުޅިގެން ދިވެހި ސަރުކާރުން ބުނެފައި ވަނީ ދިވެހި ކަނޑު މަހުގެ ބާވަތްތައް ލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާ ކަމަށް ސްރީލަންކާ ސަރުކާރުން ރާއްޖެއާއި ހިއްސާކޮށްފައި ނުވާ ކަމަށެވެ. ފޮރިން މިނިސްޓްރީން އިތުރަށް ބުނީ ލަންކާއަށް އެހެން ގައުމުތަކުން މަސް އިމްޕޯޓް ކުރުން މަނާކުރި ނަމަވެސް، ރާއްޖެއިން އެގައުމަށް މަސް އެކްސްޕޯޓް ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

މިހާރު ވެސް ލަންކާގައި ވަނީ އެ ގައުމަށް އެތެރެކުރާ މުދާ ކޮންޓްރޯލްކޮށް، މަސްވެރިންނާއި ދަނޑުވެރިންގެ ވިޔަފާރިތައް ހިމާޔަތްކުރުމަށް ފިޔަވަޅުތައް އަޅާފައެވެ. ލަންކާއަކީ ތައިލެންޑް ނަގާފައި، ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މަސް ބޭރުކުރާ އެއް ގައުމެވެ. އަދި ރާއްޖޭގެ ހިކަމަހުގެ ބާވަތްތަކަށް ލަންކާގައި އޮންނަ ޑިމާންޑު ވަރަށް ބޮޑެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު