Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިރާގުން \"އީކޯސިސް\" ތައާރަފްކުރުން

ދިރާގުން ހޮސްޕިޓާލިޓީ ސިނާއަތަށް ޚާއްސަކޮށްގެން "އީކޯސިސް" ތައާރަފްކޮށްފި

4 ނޮވެމްބަރު 2020 | ބުދަ 07:30

އީކޯސިސް އަކީ އުފެއްދުންތެރި މުސްތަގުބަލާ ރައްޓެހި ޕްލެޓްފޯމެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 4 ނޮވެމްބަރު 2020 | ބުދަ 07:30
ދިރާގުން ބޭނުން ވަނީ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން

ދިރާގުން ބޭނުން ވަނީ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން

ދިރާގުން ހޮސްޕިޓާލިޓީ ސިނާއަތަށް އަމާޒުކޮށްގެން، ކޮންމެހެން ބޭނުންވާ، މުހިންމު "މިޝަން ކްރިޓިކަލް" ޚިދުމަތްތައް އެއް ޕްލެޓް ފޯމަކުން ލިބޭނޭ ނިޒާމެއް "އީކޯސިސް" ގެ ނަމުގައި ތައާރަފްކޮށްފިއެވެ.

ދިރާގު އީކޯސިސް އަކީ އުފެއްދުންތެރި މުސްތަގުބަލާ ރައްޓެހި ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް ޚާއްސަކޮށްފައިވަނީ ރެސޯޓްތަކަށް އިތުރު ރައްކާތެރިކަމާއި އޮޕަރޭޝަންސް މެނޭޖްކުރަން ލުއިފަސޭހަތައް ލިބޭނެ ފަދަ ގޮތަކަށެވެ. އެގޮތުން، އީކޯސިސްގައި ހިމެނޭ ޚާއްސަކޮށްލެވޭ 5 ޚިދުމަތުގެ ތެރޭގައި؛ އަލިފާނުގެ އަސަރު ދެނެގަތުން، އޯޑިއޯ ޚިދުމަތް، ޑްރޯން ޑިޕްލޮއިމެންޓް ޚިދުމަތް، ހުއްދަނެތި ވަންނަ މީހުން ދެނެގަތުން އަދި ލޮކޭޝަން ބޭސްޑް ޚިދުމަތްތައް ހިމެނެއެވެ.

Advertisement - newsAdvertisement

"އިކޯސިސް" ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ ދިރާގުން ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ މާހިރުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ރިސަރޗްތަކާއި އެ ބޭފުޅުންގެ ލަފަޔާ އެކީގައިއެވެ.

އަލިފާނުގެ އަސަރު ދެނެގަތުން

ދިރާގު އީކޯސިސް ފަޔަރ ސަރވިސް ނުވަތަ އަލިފާނުގެ އަސަރު ދެނެގަންނަ ފަޔަރ އެލާމް މޮނިޓަރިންގ ޚިދުމަތަކީ ކަސްޓަމަރުންގެ ނެޓްވޯކާއި، ލޮކޭޝަނާ ގުޅިފައިވާ ޚިދުމަތެކެވެ. އެހެން ކަމުން، އީކޯސިސް ޚިދުމަތް ލިބޭ ކޮންމެ ތަނެއްގައި ވެސް، މި ޚިދުމަތް ލިބި ލިބި ހުންނާނެއެވެ. އަދި ފަޔަރ ސަރވިސްގެ ޑޭޝްބޯޑުން ފަސޭހަކަމާއެކު ހާދިސާއެއް ހިނގައިގެން އުޅޭ ތަން ހޯދައި، އަލިފާން ނިވުމުގެ މަސައްކަތް އަވަހާ ފެށޭނެއެވެ.

ލޮކޭޝަން ބޭސްޑް ސަރވިސަސް

ލޮކޭޝަން ބޭސްޑް ސަރވިސް މެދުވެރިކޮށް އެއްގަމާއި ކަނޑުގެ ސަރަހައްދުތައް މޮނިޓަރ ކުރެވޭނެއެވެ. ޖީޕީއެސް ޓްރެކިންގް ޑިވައިސް، މޯޝަން ސެންސަރ އަދި ސީސީޓީވީ ކެމެރާ ފަދަ ޑިވައިސްތައް މެދުވެރިކޮށް ރަށުގެ އެކި ސަރަހައްދުތައް ޓްރެކްކޮށް މޮނިޓަރަ ކޮށް ހެދޭނެއެވެ. އަދި މީގެ އިތުރުން، ލައިވް ފީޑްގެ ރިކޯޑިންގް ހަދާ، ފަހުން ބަލާލެވޭނެއެވެ.

އޯޑިއޯ ޚިދުމަތް

ދިރާގު އީކޯސިސް ހޮސްޕިޓާލިޓީ ޕްލެޓްފޯމްގައި ތަފާތު ގިނަ ބޭނުންތައް ހިފޭނެ ފަދަ ސައުންޑް ސިސްޓަމެއް ވަނީ އެކުލަވާލާފައިއެވެ. އެގޮތުން، މި ސައުންޑް ސިސްޓަމް މެދުވެރިކޮށް ޕަބްލިކް އެނައުންސްމަންޓް ހަދާ، ބެކްގްރައުންޑް މިއުޒިކް ޖަހާލާ އަދި މީގެ އިތުރުން، ގެސްޓުންނަށް އިން-ރޫމް ޑިވައިސް މެދުވެރިކޮށް ކޮޓަރީގައި ބޭނުން މިއުޒިކެއް ޖަހާލެވޭނެއެވެ.

ޑްރޯން ޑިޕްލޮއިމެންޓް ޚިދުމަތް.

ދިރާގު އީކޯސިސް ޕްލެޓްފޯމްގެ އެހެނިހެން ޚިދުމަތްތަކާ ގުޅިގެން، މި ޕްލެޓްފޯމުގައި ހިމެނޭ ޑްރޯންގެ ޚިދުމަތުން، އެއްގަމާއި ކަނޑުގެ މޮނިޓަރިންނަށް އިތުރު ފަސޭހަކަމެއް ލިބި، އެމަޖެންސީ ހާލަތްތައް ދެނެގަންނަށް ފަސޭހަވެގެން ދާނެއެވެ. ޑްރޯން ޚިދުމަތުގައި އޮޓޯމެޓިކުން ނޫނިއްޔާ އަމިލައް އަށް ފްލައިޓް ކޮންޓްރޮލް ކުރުމުގެ ނިޒާމު އެކުލެވިގެންވެއެވެ. އަދި މި ކަމުގެ ސަބަބުން މޮނިޓަރިންގެ ޕްރޮސެސް އަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ހުއްދަނެތި ވަންނަ މީހުން ދެނެގަތުން ނުވަތަ "އިންޓްރޫޑަރ ޑިޓެކްޝަން"

"ޖިއޯ ފެންސިން" ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑައެޅިފައިވާ ދިމާލެއްގައި ދަތުރުކުރާ އުނޅަދުތައް ޓްރެކްކޮށް، ހުއްދަނެތި ވަދެ ނިކުމެ އުޅޭ އުޅަނދުތައް ބަލާ، އެ ފަދަ އުޅަނދެއް ފެނިއްޖެ ނަމަ ވަގުތުން ކަމާބެހޭ ފަރާތްތަކަށް އެކަމާބެހޭ ނޮޓިފިކޭޝަން ފޮނުވައިދޭނެއެވެ.

ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ތައާރަފު ކުރި ވޫހޫ ފަދަ ސްމާޓް ސޮލިއުޝަންތަކާއި ޕަރޓްނާޝިޕް ތަކަކީ މިކަމުގެ ހެއްކެއް ކަމަށް ދިރާގުން ބުންޏެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2019

އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ހަވީރެއް ބާއްވަނީ

03 ފެބުރުއަރީ 2019
އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ހަވީރެއް ބާއްވަނީ
06 ޑިސެމްބަރު 2018

ފެންބޮޑުވެ، ލިބުނު ގެއްލުންތަކާ ގުޅިގެން ދިރާގުން 200،000 ރުފިޔާ ހަދިޔާކޮށްފި

06 ޑިސެމްބަރު 2018
ފެންބޮޑުވެ، ލިބުނު ގެއްލުންތަކާ ގުޅިގެން ދިރާގުން 200،000 ރުފިޔާ ހަދިޔާކޮށްފި
23 ނޮވެމްބަރު 2018

ދިރާގުން އޯޓިޒަމް އެސޯސިއޭޝަން ކުދިންނަށް ޕްލޭގްރައުންޑެއް ގާއިމުކޮށްދީފި

23 ނޮވެމްބަރު 2018
ދިރާގުން އޯޓިޒަމް އެސޯސިއޭޝަން ކުދިންނަށް ޕްލޭގްރައުންޑެއް ގާއިމުކޮށްދީފި
10 މެއި 2018

ދިރާގުން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ލ. ގަން ހޮސްޕިޓަލުގައި ތެލެސީމިއާ ވޯޑެއް ޤާއިމުކުރަން އެހީތެރިކަން ފޯރުކޮށްދީފި

10 މެއި 2018
ދިރާގުން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ލ. ގަން ހޮސްޕިޓަލުގައި ތެލެސީމިއާ ވޯޑެއް ޤާއިމުކުރަން އެހީތެރިކަން ފޯރުކޮށްދީފި
08 މެއި 2018

ބައިކް މޯލްޑިވްސްއާ ގުޅިގެން އިންޓަރނޭޝަނަލް ބައިކް ޓު ވޯކް ޑޭ ދިރާގުން ފާހަގަކޮށްފި

08 މެއި 2018
ބައިކް މޯލްޑިވްސްއާ ގުޅިގެން އިންޓަރނޭޝަނަލް ބައިކް ޓު ވޯކް ޑޭ ދިރާގުން ފާހަގަކޮށްފި
09 އެޕްރީލު 2018

ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށްގެން އޭޑީކޭ އެޓް ހޯމް ތައާރަފްކޮށްފި

09 އެޕްރީލު 2018
ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށްގެން އޭޑީކޭ އެޓް ހޯމް ތައާރަފްކޮށްފި
09 ނޮވެމްބަރު 2017

ދިރާގުން ބޭއްވި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި

09 ނޮވެމްބަރު 2017
ދިރާގުން ބޭއްވި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި
23 ޖޫން 2017

ދިރާގުން ވައިބަރ ސްޓިކަރ ޕެކެއް ތައާރަފުކޮށްފި

23 ޖޫން 2017
ދިރާގުން ވައިބަރ ސްޓިކަރ ޕެކެއް ތައާރަފުކޮށްފި
23 ޖޫން 2017

ދިރާގުން ކެއަރ ސޮސައިޓީއަށް ހާއްސަ ހަދިޔާތަކެއް

23 ޖޫން 2017
ދިރާގުން ކެއަރ ސޮސައިޓީއަށް ހާއްސަ ހަދިޔާތަކެއް
20 ޖޫން 2017

ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް

20 ޖޫން 2017
ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް