Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޙީ - މިނިސްޓަރ މާރިޔާ

މި ސަރުކާރުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ކަމެއް ނުކުރާނެ: މިނިސްޓަރ މާރިޔާ

3 ނޮވެމްބަރު 2020 | އަންގާރަ 18:30

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ މާރިޔާވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 3 ނޮވެމްބަރު 2020 | އަންގާރަ 18:30
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި މިނިސްޓަރ މާރިޔާ

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި މިނިސްޓަރ މާރިޔާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ގެއްލުންވާނެ ކަމެއް ނުކުރާނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ''ފަލަ ސުރުޚީ'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ މިނިވަންކަން ގެއްލެނީއޭ ކިޔައިގެން ދައްކަމުން އަންނަ ވާހަކަތަކަކީ އެ ފަރާތްތަކުގެ ވެރިކަމުގައި ކޮށްފައިވާ ވައްކަމާއި ހިޔާނާތުގެ ވާހަކައިގައި މަތި ޖެއްސެވުމަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

މާރިޔާ އިތުރަށް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި ރައްޔިތުންނަށް ބަނޑުހައި ހޫނުކަމާއި ކުރިމަތިލާން ނުޖެހުނީ ރައީސް ސޯލިހުގެ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި މި ސަރުކާރަށް އޮތް މަގުބޫލުކަން ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުން ކަމަށާއި، އިދިކޮޅު ފަރާތްތަކުން އުޅެނީ އެކަން ހަޖަމުނުވެގެން ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަގުބޫލުކަން ސަރުކާރަށް އިތުރުވަމުން އަންނާތީ އެކަން ގެއްލުވާލުމުގެ ބޭނުމުގައި އިދިކޮޅުން ފިތުނަފަސާދަ އުފައްދަން މަސައްކަތް ކުރަމުން އަންނަ މަންޒަރު ފެންނަކަމަށް މާރިޔާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން އިންޑިއާ ސިފައިންގެ ވާހަކަ ދައްކަމުން އަންނައިރު، އިންޑިއާ ސަރުކާރުގެ އެހީގައި ލިބުނު ހެލިކޮޕްޓަރުގެ ބޭނުން ކޮށްގެން އެތައް ބައިވަރު ދިވެހިންގެ ފުރާނަ ސަލާމަތްވެފައި ހުރި ކަމަށް ވިދާޅުވެ މާރިޔާ ވިދާޅުވީ، މި ހިދުމަތްތަކަކީ ދިވެހިން ބަލައިގަންނަ ހިދުމަތްތަކެއް ކަމަށެވެ. އަދި މި ހިދުމަތް ރައްޔިތުންނަށް ލިބޭތީ އެވާހަކަ ދައްކާ އިންޑިއާ އައުޓް އޭ އިދިކޮޅުން ގޮވާލަމުން އަންނާތީ އެކަމާއި ހިތާމަ ކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މާރިޔާ ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް