Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރޫޓް ފައިސާ ފޭރެން އުޅުނު މައްސަލަ

ރޫޓްގެ ފައިސާ ފޭރެން އުޅުނު މައްސަލައިގައި އިތުރު ތިން މީހުން ހައްޔަރުކޮށްފި

3 ނޮވެމްބަރު 2020 | އަންގާރަ 15:49

20 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހެއް އަދި 30 އަހަރުގެ މީހެއް ވަނީ ހައްޔަރުކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 3 ނޮވެމްބަރު 2020 | އަންގާރަ 15:49
ބޭންކް އޮފް ސިލޯން ކުރިމަތިން 4.2 މިލިއަން ރުފިޔާ ފޭރެން އުޅުނު އެ ހާދިސާގެ ވީޑިއޯގެ ބައެއް މަންޒަރުތައް

ބޭންކް އޮފް ސިލޯން ކުރިމަތިން 4.2 މިލިއަން ރުފިޔާ ފޭރެން އުޅުނު އެ ހާދިސާގެ ވީޑިއޯގެ ބައެއް މަންޒަރުތައް

ރޫޓް ފިހާރައިގެ ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ފޭރެން މަސައްކަތް ކުރި މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އަންގާރަ ދުވަހު ފުލުހުން ބުނީ ރޫޓް ފިހާރައިގެ ފައިސާ ފޭރެން މަސައްކަތް ކުރި މައްސަލާގައި 20 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހެއް އަދި 30 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މިތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށެވެ.

Advertisement - newsAdvertisement

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އިތުރު 3 މީހަކު ހައްޔަރުކޮށްފައިވާއިރު، 27 އޮކްޓޫބަރު ވީ އަންގާރަ ދުވަހުގެ ރޭ 20 އަހަރުގެ މީހެއް ހައްޔަރުކޮށްފައެވެ. އަދި 28 އޮކްޓޫބަރު ވީ ބުދަ ދުވަހު 21 އަހަރުގެ މީހެއް ވަނީ ހައްޔަރުކޮށްފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި "ރޫޓް" ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާ ކަރުދާސް ބޮޑު ފޮށިގަނޑަކަށް އަޅާއިގެން އައި ވޭން، ބޭންކް އޮފް ސިލޯން ކުރިމައްޗަށް މަޑު ކުރުމާއެކު، ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ވަނީ އެފައިސާ ފޮށިގަނޑު ފޭރެން މަސައްކަތްކޮށްފައެވެ.

ނަމަވެސް އެމީހުންނަށް އެކަން ކާމިޔާބު ނުވީ، ބޭންކް އޮފް ސިލޯންގެ ސެކިއުޓީ ބަލަހައްޓާ، އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޑެޓް (އޭއެސްއޭޕީ) ގެ ސެކިއުރިޓީގެ އޮފިޝަލްގެ ބޭންކުން ނުކުމެ، އެ ފައިސާ ފޮށިގަނޑު އެމީހުންގެ އަތުން އަތުލައިގަތުމުގެ ސަބަބުންނެވެ.

އޭއެސްއޭޕީގެ އެ ސެކިއުރިޓީ އޮފިޝަލްގެ ކުޅާދާނަކަން ފާހަގަ ކޮށް، ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކޮށްފައެވެ. އަދި ބޭންކް އޮފް ސިލޯނުންނާއި އަދި "ރޫޓް" ފިހާރައިން ވެސް އޭއެސްއޭޕީގެ އެ ސެކިއުރިޓީ އޮފިޝަލްގެ ކުޅާދާނަކަން ފާހަގަކޮށް، އޭއެސްއޭޕީގެ ވެރިންނަށް ޝުކުރު އަދާ ކޮށްފައި ވެއެވެ.

ސައިކަލުގައި ދިޔަ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ތިބީ ހެލްމެޓް އަޅައިގެންނެވެ. އަނެކަކު ހުރީ މާސްކެއް އަޅައިގެންނެވެ. ފައިސާ ފޭރެން މަސައްކަތް ކުރި އެ ވަގުތަކީ، އެ ސަރަހައްދުގެ ކާރުބާރު ބޮޑު، އަދި މީހުން ގިނަ އަދަދަކަށް ތިބި ވަގުތެއް ނަމަވެސް، ވީޑިއޯއިން ފެންނަ މަންޒަރުން، އާންމުންގެ ގިނަ ބަޔަކު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިން އިރު އަނެއްބަޔަކު އުޅުނީ، އެ ސަރަހައްދު ދޫކޮށް ދިއުމުގައެވެ.

ފޭރެން އުޅުނު މީހުން އައީ ދެ ސައިކަލްގައި "ރޫޓް" ފިހާރައިގެން ވޭނަށް ފާރަލައިގެންނެވެ. ފޭރެން އުޅުނު މީހުން ވަނީީ "ރޫޓް" ފިހާރައިގެ ވޭނުގައި އައި މީހުންގެ ލޮލަށް ބޮޑީ ސްޕްރޭ ވެސް ޖަހާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް