Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލް

އިފްލާސްވުމާ އިފްލާސްކުރުމާ ގުޅޭ ބިލު ދިރާސާކުރުމަށް ކޮމިޓީއަށް

އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ޖަލްސާގަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2020 | ބުދަ 08:36
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލު ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ ބުދަ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންނެވެ.

Advertisement - newsAdvertisement

އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު މި ބިލު ހުށައަޅުއްވަމުން ވިދާޅުވީ ބިލަކީ ދަރަނިވެރިޔާގެ ދަރަނި ނުދެއްކިގެން އެފަދަ ފަރާތެއް އިފްލާސްވުމާއި އިފްލާސްކުރުމުގެ ކަންކަން ބަޔާންކޮށްފައިވާ ބިލެއް ކަމަށެވެ.

މެމްބަރު ވިދާޅުވީ ދަރަނިވެރިޔާ އަރަނިވެރިންނަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ގިނަ ދުވަސްތަކެއް ވުމުން އެފަދަ ފަރާތްތަކާއި މެދު އެކަށިގެންވާ ފިޔަވަޅެއް ނޭޅޭ ކަމަށެވެ. އަދި އަރަނިވެރިންގެ ދަރަނި އަދާ ކުރުމަށް ޝަރުއީ ކޯޓަށް ހާޒިރު ނުވެ، ގައުމު ދޫކޮށް ދާއިރު ވެސް އެކަށިގެންވާ ފިޔަވަޅުތައް ނޭޅޭ ކަމަށެވެ.

އޭގެ އިތުރުން ދަރަނި ދެއްކުމުގެ ގާބިލުކަން ނެތްއިރު ވެސް ދަރަނިވެރިޔާ އިފްލާސް ކުރުމުގެ ބަދަލުގައި އެ ފަރާތްތަކުގެ މައްޗަށް އަރަނިވެރިން ފުލުފުލުގައި ފައިސާ ހޯދުމަށް ދައުވާކޮށް ހުކުމާއި އެއްގޮތަށް ފައިސާ ނުދެއްކުމުން އެ ފަދަ ފަރާތްތައް ބަންދުކޮށް ޖަލަށްލަމުންދާ ކަމަށް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ މަދަނީ އެއްބަސްވުމެއްގެ ދަށުން އަދާ ކުރަންޖެހޭ ޒިންމާއެއް އަދާ ނުކުރެވުނު ނަމަވެސް އެފަދަ މީހެއް ހައްޔަރުކޮށް، ބަންދު ކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީން ބަޔާން ކޮށްފައިވީ ނަމަވެސް ކަނޑައެޅިގެން އަސާސީ ހައްގާއި ހިލާފަށް ކޯޓުތަކުން އަމަލު ކުރަމުންދާ ކަމަށެވެ. އަދި ހަރުދަނާ އިފްލާސްކުރުމުގެ ނިޒާމެއް ތައާރަފް ވުމުން ކުރިއަރާފައިވާ އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން އަރަނިވެރިޔާ އިފްލާސްވުމުގެ މަރުހަލާތައް ކަނޑައްތުކޮށް ނިމުމުން އަނެއްކާ ވެސް ވިޔަފާރިކުރުމުގެ ފުރުސަތު ލިބިދޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު