Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓު 2021

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 81 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އޮޑިޓް އޮފީހުން 2021 ވަނަ އަހަރަށް ލަފާކޮށް 104 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށައެޅި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2020 | ބުދަ 08:55
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2021 ވަނަ އަހަރުގެ ބަޖެޓަށް 81 މިލިއަން ރުފިޔާ ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2021 ވަނަ އަހަރުގެ ބަޖެޓު ކަނޑައެޅުމުގެ މައްސަލަ ދިރާސާކޮށްފައި ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނެވެ. މާލިއްޔަތު ކޮމިޓީން މި މައްސަލަ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ވަނީ އޮޑިޓް އޮފީހަށް 81 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް ނިންމާފައެވެ. މި ރިޕޯޓު ފާސްކުރުމަށް ވޯޓުދެއްވާފައި ވަނީ ބުދަ ދުވަހުގެ ޖަލްސާގައި ބައިވެރިވި 54 މެމްބަރުންގެ ވޯޓުންނެވެ.

Advertisement - newsAdvertisement

އޮޑިޓް އޮފީހުން 2021 ވަނަ އަހަރަށް ލަފާކޮށް 104 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށައެޅިއެވެ. އެއީ ރިކަރަންޓު ހަރަަދުގެ ގޮތުފައި 56 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 48 މިލިއަން ދާނެ ކަމަށް ބަލާފައެވެ. އަދި އެ އޮފީހުގެ އިމާރާރެއް ހުޅުމާލޭގައި އެޅުމަށް 2021 ވަނަ އަހަރު ހިނގާނޭ ހަރަދުކަމުގައި ލަފާކޮށް 43 މިލިއަން ރުފިޔާ ވެސް ވަނީ ހިމަނާފައެވެ.

އެހެން ނަމަވެސް މަޖިލީހުން ވަނީ އޮޑިޓް އޮފީހުގެ 2021 ވަނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓްގެ އެކި ބައިތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އޮޑިޓް އޮފީހުން ހުށައެޅި 104 މިލިއަން ރުފިޔާގެ ތެރެއިން 23 މިލިއަން ރުފިޔާ އުނިކުރުމަށް ވަނީ ނިންމާފައެވެ.

މަޖިލީހުން ނިންމާފައި ވަނީ 2021 ވަނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓްގެ ގޮތުގައި ރިކަރަންޓް ޚަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް 56 މިލިއަން ރުފިޔާ ކަނޑައެޅުމަށެވެ. އަދި ޕީއެސްއައިޕީ ޕްރޮގްރާމްގެ ގޮތުގައި 25 މިލިއަން ރުފިޔާ ކަނޑައަޅާ، ޖުމްލަ 81 މިލިއަން ރުފިޔާ ކަނޑައެޅުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު